އަނިލް: އޭނާ މިހާރު އަންނަނީ ހޮލީވިުޑްގެ ޑްރާމާއަކަށް ތައްޔާރުވަމުން.
24 ނޮވެމްބަރ 2016 - 06:13
ދެހާސް ނުވަ ވަނަ އަހަރު އޮސްކާ ހޯދި "ސްލަމްޑޯގް މިލިއަނާ" އިން ހުޅަނގުގައި ލިބުނު މަޝްހޫރުކަމާ އެކު، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރު އަނެއްކާ ވެސް ހޮލީވުޑްގެ ޕްރޮޖެކްޓަކަށް ތައްޔާރުވާން ފަށައިފި އެވެ.
ޑެނީ ބޮއިލް ޑައިރެކްޓް ކުރި "ސްލަމްޑޯގް މިލިއަނާ" އަށް ފަހު، އަނިލް ވަނީ ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް: ގޯސްޓް ޕްރޮޓޮކޯލް" އާއި ޓީވީ ސިލްސިލާ "24" ގައި ވެސް މަސައްކަތްކޮށްފަ އެވެ.
މި ފަހަރު އޭނާ ތައްޔާރުވަމުން އަންނަނީ އެމޭޒަން ސްޓޫޑިއޯސް އިން ޕައިލެޓް އެޕިސޯޑެއްގެ ގޮތުގައި ތައްޔާރު ކުރާ އެއް ގަޑި އިރުގެ ސައިންސް ފިކްޝަން ޑްރާމާއަކަށެވެ. މިއީ މައިކަލް ފޭބާޒް 2014 ގައި ނެރުނު މަޝްހޫރު ވާހަކަ "ދަ ބުކް އޮފް ސްޓްރޭންޖް ނިއު ތިންގްސް" އަށް ބިނާކޮށް ހަދާ ޑްރާމާއެކެވެ.
ޑްރާމާ އަށް އަނިލް، 59، ސޮއިކުރިކަން އޭނާ ކުރި ޓްވީޓެއްގެ އިތުރުން އެމޭޒަން އިން ކުރި ޓްވީޓެއްގައި ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އޭގައި އޭނާ ފެނިގެން ދާނީ ވިކްރަމް ދިނޭޝް ކިޔާ ކެރެކްޓާއަކުންނެވެ.
The next chapter begins...#StrangeNewThings! One of the most complex characters I've ever played! @AmazonVideoIN https://t.co/FARQC1D6bc
— Anil Kapoor (@AnilKapoor) November 22, 2016
އަނިލްގެ ޓްވީޓެއް.
މި ޑްރާމާގައި އަނިލް ވަރަށް މުހިއްމު ރޯލެއް ކުޅޭ އިރު، އޭގެ ލީޑް ކެރެކްޓާ ކުޅެން ހަމަޖެހިފައި ވަނީ "ގޭމް އޮފް ތްރޯންސް" އިން ވިދާލި އެކްޓަރު ރިޗަޑް މެޑެން އެވެ. މީގެ އިތުރުން "ދަ ބުކް އޮފް ސްޓްރޭންޖް ނިއު ތިންގްސް" ގެ ހާއްސަ ރޯލަކުން ހެލީ ޖޮއެލް އޮސްމަންޓް ވެސް ފެނިގެން ދާނެ އެވެ.
މީގެ ސްކްރީންޕްލޭ، ޓޮމް ހޭންކްސް ލީޑް ރޯލުން ފެނިގެން ދިޔަ އަދި ދާދި ފަހުން ރިލީޒް ކުރި "ބްރިޖް އޮފް ސްޕައިސް" ގެ ސްކްރީން ރައިޓަރު މެޓް ޗާމަން ލިޔެފައިވާ އިރު، ޑައިރެކްޓް ކުރަނީ ކެވިން މެކްޑޮނަލްޑެވެ.
އެމޭޒަން ސްޓޫޑިއޯސް އާއި ލެފްޓް ބޭންކް ޕްރޮޑަކްޝަން ގުޅިގެން ތައްޔާރުކުރާ "ދަ ބުކް އޮފް ސްޓްރޭންޖް ނިއު ތިންގްސް" ގެ ޕްރޮޑިއުސަރުންނަކީ އެންޑީ ހެރީޒާއި ލިލާ ރޯލިން އެވެ.
މި ޑްރާމާ ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް އަދި ނޭނގެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްލޫސް
16 December 2016
60 ވީ އިރު ވެސް މުސްކުޅި ނުވާ މީހެއް އަނިލް އަކީ....ރާއްޖޭގަ ވެސް ތިބޭ އެގޮތަށް މުސްކުޅި ނުވާ މީހުން.....އަނިލް ވަރަށް ސަޅި....
އަލީ
01 December 2016
ތިޔައީ މަސްހޫރު މިސްޓަރ އިންޑިއާ އެއްނު
ގެދާނޯމޮސް
24 November 2016
އަލިލް އިނގިރޭސިބަހުން ވާހަދައްކާއިރު ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ބުނާލަފްޒް ތަކަށް ފޭސްއެކްސްޕްރެސް ގެނެސްދޭލެއް މޮޅުކަން ސްލަމްޑޯގް އިންވެސް ފާހަގަ ކޮށްލެވެއެވެ.