އާ އުސޫލުގައިވާ ގޮތުން، ކަރަންޓީނުވާކަށް ނުޖެހޭނެ އެކަމަކު ޓެސްޓްކުރަން ޖެހޭނެ. ބަލި ޖެހޭ މީހުންގެ އަދަދު އިއުލާނެއް ވެސް ނުކުރާނެ.
ާމާލޭގައި ކޮވިޑް-19 އަށް ޓެސްޓުކުރާ ޓީމެއްގެ މެންބަރުން ފޮޓޯއަކަށް ހުއްޓިލައިގެން. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު
28 ޖޫން 2021 - 13:34
ކޮވިޑް-19 އަކީ އާންމު ރޯގާތައް ފަދަ ބައްޔެއްގެ ގޮތުގައި ކަނޑައަޅައި، އެ ބައްޔާ މެދު އަމަލުކުރަމުން އައި ހާއްސަ އުސޫލުތައް ދޫކޮށްލަން، ކޮވިޑް ކޮންޓްރޯލްކުރުމުގައި އެންމެ ކާމިޔާބުކަމާ އެކު އަމަލުކުރި އެއް ގައުމު ކަމަށްވާ ސިންގަޕޫރުން ނިންމައިފި އެވެ.
ސިންގަޕޫރުން ނިންމާފައި ވަނީ އެ ގައުމުގެ 5.7 މިލިއަނުގެ އާބާދީގެ ތިން ބައިކުޅަ ދެ ބައި މީހުންނަށް ވެކްސިން ދެވުމުން މިގޮތަށް އަމަލުކުރަން ފަަށާށެވެ. މި އަމާޒު އޯގަސްޓް މަހު ހާސިލުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ކޮވިޑާ ދެކޮޅަށް ސިންގަޕޫރުން އަމަލުކުރާ އާ އުސޫލު ވަރަށް އަވަހަށް އިއުލާނުކުރަން ނިންމާފައި ވާއިރު، ސީނިއާ ވަޒީރުންތަކެއް ވިދާޅުވީ ކޮވިޑްގެ ކޭސްތައް އެއްކޮށް ނައްތާލުމަކީ އަމާޒެއްގެ ގޮތުގައި ދެން ނުބަލާނެ ކަމަށެވެ. އަދި ކަރަންޓީނުވުމާއި ކޮވިޑް ބަލި ޖެހޭ މީހުންގެ ކްލޯޒް ކޮންޓެކްޓުން ހޯދައި އައިސޮލޭޓްކުރުން ވެސް ނިމުމަކަށް ގެންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
ކޮވިޑް ފެތުރެން ފެށި ފަހުން ގައުމުތަކުން ކޮންމެ ދުވަހަކު އެ ބަލީގެ އާ ކޭސްތަކުގެ އަދަދު އިއުލާނުކުރަމުން ދިޔަ ނަމަވެސް އެކަން ވެސް ހުއްޓާލަން ސިންގަޕޫރުން ވަނީ ނިންމައިފަ އެވެ.
"ހިތާމަވެރި ޚަބަރަކީ ކޮވިޑް-19 ދުވަހަކު ވެސް ފިލައިގެން ނުދާނެކަން. އުފާވެރި ޚަބަރަކީ މި ބައްޔާ އެކީ ވެސް އުޅެވިދާނެކަން،" ސިންގަޕޫރުގެ ޓްރޭޑް މިނިސްޓަރު ގޭން ކިމް ޔޮންގް، ފައިނޭސް މިނިސްޓަރު ލޯރެންސް ވޮންގް އަދި ހެލްތު މިނިސްޓަރު އޮންގް ޔެ ކުންގް، ސްޓްރެއިޓް ޓައިމްސްގެ އެޑިޓޯރިއަލްގައި ލިޔުއްވާފައިވެ އެވެ.
އެ ބޭފުޅުން ވިދާޅުވީ ކޮވިޑް ޖައްސާ ވައިރަސް އެކި ގޮތްގޮތަށް މިއުޓޭޓްވަމުން އަހަރެމެންގެ ތެރޭގައި އަބަދަށް ވެސް އުޅޭނެ ކަމަށެވެ.
ކޮވިޑް ކޮންޓްރޯލްކުރުމުގެ ހާއްސަ ފިޔަވަޅުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް ވަޒީފާތަކަށް ދާ މީހުން ކޮވިޑަށް ޓެސްޓްކުރުމުގެ އުސޫލެއް ސިންގަޕޫރުން ގެންގުޅޭނެ އެވެ. މިނިސްޓަރުން ވިދާޅުވި ގޮތުގައި މިއީ "ނިއު ނޯމަލް" ގެ ބައެކެވެ.
އާ އުސޫލަށް އަމަލުކުރަން ފަށާއިރު ފަސޭހައިން ބައްޔަށް ޓެސްޓްކުރެވޭ ކިޓްތައް އެއާޕޯޓްތަކާއި އޮފީސްތަކާއި މޯލްތަކުގައި އަދި އާންމުކޮށް ގިނަ މީހުން ގޮސް އުޅޭ ތަންތަނުން ލިބޭ ގޮތް ހަދާނެ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު އިއުލާނުކުރުމުގެ ބަދަލުގައި އިސްކަން ދޭނީ ބަލީގެ ހާލަތަށް ކަމަށާއި ބަލި ޖެހިގެން ވަރަށް ބޮޑަށް ބަލިވަނީ ކިތަން މީހުންތޯ އާއި އައިސީޔޫ އަށް ލާންޖެހެނީ ކިތަން މީހުންތޯ އާއި ވެންޓިލޭޓަރު ގުޅަން ޖެހެނީ ކިތަން މީހުންނަށްތޯ ބަލާނެ ކަމަށް އާ އުސޫލުގައި ކަނޑައަޅާނެ އެވެ.
"މިއީ މިހާރު އިންފްލުއެންޒާ ވެސް މޮނިޓަކުރަމުން އަންނަ ގޮތް،" ވަޒީރުން ލިޔުއްވާފައިވެ އެވެ.
އެ ބޭފުޅުން ވިދާޅުވީ މިއީ ކޮވިޑުން ސިންގަޕޫރް ސަލާމަތްވެ އިންޓަނޭޝަނަލް ބޮޑެތި އިވެންޓްތައް ބޭއްވެން އޮތް މަގު ކަމަށެވެ.
ސިންގަޕޫރްގައި ކޮވިޑްގެ ފުރަތަމަ ޕީކް އައީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. އެއީ ދުވާލަކު 600 ކޭސް އެވެ. އަދި އޭގެ ފަހުން އޯގަސްޓްގައި އަނެއްކާވެސް ކުޑަކޮށް ކޭސްތައް އިތުރުވި އެވެ. އޭގެ ފަހުން ކޭސްތައް އެހާ ބޮޑަށް މައްޗަކަށް ނުދެ އެވެ. އަދި ބަލި ކޮންޓްރޯލްކޮށް ދުވާލަކު ފެންނަ ކޭސްތަކުގެ އަދަދު 20-30 ގައި ވަނީ ހިފަހައްޓައިފަ އެވެ. ކޮވިޑްގައި މަރުވި ކަމަށް ކަނޑައަޅާފައިވާ އަދަދަކީ 35 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯބިއައިޝާ
29 June 2021
ކޮބާހޭ ކޮބާހޭ ގައުމައް ގެނައި ވެންޓިލޭޓަރު.. ދޫރުގައިވާ ފަޅޯ ދަނޑެއްގައި.. ކައިކައިގެން ވަށިގަޑައް އަޅަނީ....
މާކުރިން
29 June 2021
ތިއީ މިބަލީގެ މާކުރީކޮޅު އެއާމެދު ދެކެންވީ ގޮތެއް. ކޮވިޑް އައީ އެހާ އަވަހަށް ދާކަށް ނޫން. ކޮވިޑަށް ބަލައިގެން ބަންދުވެގެން ތިބެ ކަމެއް ނުކުރެވޭނަމަ އެހެން ގޮތަކުން ހާލުގަ ޖެހި މަރުވެދާނެ. އަދި ކޮވިޑަށް ނުބަލާ ހުރިހާ ކަމަކަށް ލުއިދީގެން އާއްމުކޮށް ކުރާ ގޮތަށް ކުރާނަމަ ކޮވިޑްގައި ހާލުބޮޑުވެ މަރުވެދާނެ. ބަލިޖެހި ހާލުބޮޑުވެ މަރުވުމަކީ ބޭނުންވާ ގޮތް ނޫންނަމަވެސް ކޮވިޑާ އެންމެންނާ ދިމާވާނެކަން އެނގޭ ބައިވަރު ހެކިތައްވޭ. ދިމާވިއަސް ހެޔޮކަމަށް އުޅުންއޮތީ
އަހުމަދު55
29 June 2021
އިންޑިއާ ސްޓްރެއިން ހިޓުވީމަ ކިޔާ ލަވައެއްވެސް ބަލަން މިތިބީ
ހާސަރު
28 June 2021
ރާއްޖެއިން ގަތް 7 ލައްކަޑޯސް ވެސް ސިންގަޕޯރ މީހުންނަށް ޖެހީބާ? އެފޮނުވިނަމަ މި ރާއްޖެ މާއަވަހަށް ހުޅުވާލެވުނީސް.
އަލްޖިބްރާ
28 June 2021
ސިންގަޕޫރެއް ކަމަކު އަމިއްލަ ހަލާކުގެ ތެރެއަށް ވެއްޓިގަތީމަ ސަލާމަތް ވާނެ ގޮތެއް ނޯންނާނެ ! މާމޮޅު ބަޔަކަށް ވެގެން ތިއުޅެނީ ބޮޑިއެއްބޯން !
ޑެބީ
28 June 2021
ދެން މޮޅުމީހާ ދާންވީނު ސިންގަޕޫރު މީހުނަށް ހަދަންވީ ގޮތް ކިޔާދޭން.
ހުސެން
28 June 2021
އަލްޖިބްރާ އެއްކަމަކު ކޮމެންޓުކުރަންވާނީ ކޮންމެވެސް ފެކުޓެއްގެމައްޗަށް ބިނާކޮށް، ސިންގަޕޫރާމެދު ނުވަތަ އެމީހުންގެ ނިންމުމާމެދު ތިޔަފަދަގޮތަކަށް ބުނެވޭނެ އެއްވެސް ފުރުސަތެއްނެތް، ހުރިހާކަމެއްގައިވެސް ކާމިޔާބުގެ އެންމެކުރީސަފުގައި ސިންގަޕޫރުގުނާލެވޭ އަދި މިހާރު ކޮވިޑް19 އާބެހޭގޮތުން އެނިންމާނިންމުންތަކަކީ ދުނިޔޭގެ ހުރިހާގައުމަކުންވެސް ކޮޕީކުރާނެ ހަރުދަނާ ނިންމުންތަކެއްކަމުގައި ފެނޭ!
ޑެލްޓާ ޕްލަސްޕްލަސް
28 June 2021
އެންމެ ރަގަޅަށް ކޮންޓްރޯލްކޮށް ވެކްސިންޖަހައި އެންމެ ފަހުން މާސްކް އެޅުންވެސް ދޫކޮށްލި އިޒްރޭލަށް މިހާރު އެވާ ގޮތް އެއީ އެހެން ތަންތަނުގައިވެސް ކުރިއަށް އޮތްތަނުގަ ވެދާނެ ގޮތް އަންދާޒާކޮށްލަން މިސާލަކަށް ފުދޭނެ ކަމެއް.
ޥގގގ
29 June 2021
އިޒްރޭލަށް އެވަނީވާންވީގޮތް. މުޅިދުނިޔެ ކޮވިޑުން ސަލާމަތްވިޔަސް އިޒްރޭލްގެ ޔަހޫދީންތައް ތިބަލީގަ ނެތިކުރައްވާތޯ ދުޢާކުރަން. އެކަހަލަ އަނިޔާވެރި ޓެރަރިސްޓް ސޯކޯލްޑް ދައުލަތެއް ދުނިޔެއަކަށްމުހިއްމެއްނޫން. މާތް ﷲ އިޒްރޭލްނެތިކުރައްވާށި އާމީން!!!!
ފޫޅު އަލިބޭބެ
28 June 2021
އަސްތާ ގައްދަޑުގޭ އަލީ ލަޠީފާ ނަޒްލާ ރަގީގުގެ ސިކުނޑި ސުމަކަށް. މިހާރު އެބޭފުޅުން ވިސްނަވަމުން ގެންދަވާނީ ރައްޔިތުން ބޯ މައްޗަށް އުދާނެ އައު ވާހަކައަކަށް. އެވާހަކަ އުދައިގެން ކައްކައިގެން އެލަވަންސު ކެވޭނީ އެއިރަށްތާ.
ފޫޅުދިގު ހަންޑި
28 June 2021
ސިކުނޑި ސުމަކަށްދިޔައީކީ ނޫން. ބޭނުންގޮތް އަދިކިރިޔާއެވަނީ. މިކަމުގެ ހަގީގަތް އެމެރިކާރައީސް ޖޯބައިޑަން ސާފުކޮށްދެއްވައިފި. ތިކަންރޭވުނު ސިސްޓަމުން ބޭސްފަރުވާއާއިބެހޭ ހުރިހާދާއިރާއަކަށް ފައިދާންވާންޖެހޭ. ދުނިޔެ ކޮވިޑުގައި އަޅުވެތިކުރެވިއްޖެ. ދެންހުންނާނީ ދާއިމީގޮތަށް ލިބިލިބި. ވިކްޓިމުންނަށް ފުރަތަމަވެސް ކޮޅުގޮހޮރަށް ކާންދިނީ އެހީގެނަމުގަ ލޯނު. ލޯނުދިންމީހުނަށްވެސް ފައިދާ. ބޭސްކޮށް އުފައްދާމީހުނަށްވެސް ފައިދާ. ގެއްލުން ނިކަމެތި ރައްޔިތުންނަށް.
ތެދު
28 June 2021
މިގައުމުގައި ސިންގަޕޫރަކާ އަރާ ހަމައެއްނުކުރެވޭނެ. 1 ޑޯޒް ޖެހިމީހުން އެއުޅެނީ 2 ވަނަ ޑޯޒް ވީތަނެއް ނޭންގިގެން.
ރޭނިގެ އާދަނު
28 June 2021
ދެވަނަ ޑޯޒް ނުޖެހުނަސް، މާލޭ ސަރަހައްދުގެ %95 މީހުނަށް ޖެހިއްޖެ. އެކަން އެޗްޕީއޭ އަށްވެސް ވަރަށް ސާފުކޮށް އެގޭނެ. މިހާރުފެންނަ ކޭސްތައް މަދުވާ ސަބަބަކީވެސް އެއީ. ކޮންމެހެން އެޗްޕީއޭ އިން ކޮވިޑް ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅުތައް މޮޅުވެގެނެއްނޫން. އެއްފަހަރު ޖެހޭ މީހުންނަށް ޖެހުމުގެ ފުރުސަތުވެސް ކުޑަވަނީ. މިކަން މިހާރު "އެލަވަންސްކުޅި" އަށް ވެއްޖެ.
ޞބވވ
29 June 2021
2 ވަނަ ޑޯޒްލިބުނީ ބަންގްލަދޭޝް ބޭފުޅުންނަށް
ފަރިތަ
28 June 2021
ފުރަތަމަ ދަސްކުރަންވީ ޤާނޫނާއި ޤަވާއިދު އެއީ ކޮންމެހެން މީހުންފަހަތުންދުވެގެން ނޫންގޮތަކަށް ތަބާވެ ޢަމަލުކުރަން ޖެހޭކަން ޤަބޫލުކޮށް އެގޮތަށް އުޅެން ދަސްކުރުން، ސިންގަޕޫރާ އެއްވަރަށް ދެވޭނީ ނުވަތަ ދާްންކިޔަންވާނީ މީހުން ފުރަތަމަ ތަހުޒީބުވާންއުޅެގެން. މުޑުދާރު ގޮތްގަޑުއަމިއްޔަށްވެސް ދޫކޮށްލާގެން
ނެކްސްޓް
28 June 2021
ނިއުއިޔަރ އަދި ކައުންސިލް އިންތިހާބަށް އާދައިގެ ރޯގާއަކަށް ހަދާލީމާ ވެއްޓުނު ވަޅުގަނޑުން އަދިވެސް އަރައިނުގަނެވޭ. ސިންގަޕޯރގައި މިކަންކުރިޔަސް ރާއްޖޭގައި ނުކުރެވޭނެ. ޜައްޔިތުން އެއަށްވުރެން އުޅެނީ ބިރެއްނެތި އަދި ބަންގާޅު ބޭފުޅުންގެ ވާހަކަދައްކާކަށް ނެތިން
ކަޓޭ
28 June 2021
މިހާރު ފެންނަ ކޭސްތައް ދަށްވެގެން އުޅޭ ސަބަބަކީ އެއްފަހަރާ ގިނަ ބަޔަކަށްޖެހުން. ވެކްސިން ނުލިބުނަސް ޖެހިގެން އިމިއުންވާ މީހުން މާގިނަ.