މުނިފޫހިފިލުވުން / އާމިރު ޚާން

އާމިރު "ޔާދޯން ކީ ބާރާތު" ގެ ރިމޭކެއް ހަދަން އުޅުނު

"ޔާދޯން ކި ބާރާތު" އަކީ އާމިރުގެ ބޮޑުބޭނެ ނާސިރު ޑައިރެކްޓްކުރި ފިލްމެއް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން ކުޑަކުއްޖެއްގެ ގޮތުގައި މަސައްކަތްކުރި ފުރަތަމަ ފިލްމު "ޔާދޯން ކީ ބާރާތު" ގެ ރިމޭކެއް ހަދަން މަސައްކަތްކުރި ކަމަށާއި ފަހުން އެ ހިޔާލު އޭނާ ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހިންދީ ސިނަމާގައި ކަލްޓެއްގެ ދަރަޖަ ހޯދި 1973 ގެ އެ ފިލްމަކީ އާމިރުގެ ބޮޑުބޭބެ ކުރީގެ މަޝްހޫރު ޑައިރެކްޓަރު ނާސިރު ހުސައިން ހެދި ފިލްމެކެވެ. ފިލްމަކުން ގެނެސްދެވޭނެ ހުރިހާ ރަހަތަކެއް ހެޔޮވަރުކޮށްލައިގެން ފިލްމުތަކެއް ގެނެސްދިނުމުގައި ކުޅަދާނަކަން ދެއްކި ނާސިރަކީ އާމިރު ލީޑް އެކްޓަރެއްގެ ގޮތުގައި ތައާރަފުކުރި 1988 ގެ "ގަޔާމަތު ސޭ ގަޔާމަތު ތަކް" ގެ ޑައިރެކްޓަރު މަންސޫރް ޚާންގެ ބައްޕަ އެވެ.

ދަރުމެންދުރާ އާއި ޒީނަތު އަމަން މައިގަނޑު ރޯލުތައް ކުޅުނު "ޔާދޯން ކީ ބާރާތު" ގައި އާމިރު މަސައްކަތްކުރި އިރު އުމުރަކީ 8 އަހެރެވެ. އެ ފިލްމަކީ އަދިވެސް އޭގެ ލަވަތައް ވަރަށް މަޝްހޫރު ފިލްމެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ލަވަކީ ފަނޑުވުމެއް ނެތް "ޗުރާ ލިޔާ ހެ ތުމް ނޭ ޖޮ ދިލް ކޯ" އެވެ.

"ޔާދޯން ކީ ބާރާތު" އަކީ ތުއްތު އިރު ވަކިކުރެވޭ އެއްބަނޑު އެއްބަފާ ތިން ބެއިންގެ ވާހަކަ ކިޔައިދިން ވަރަށް ކާމިޔާބު އެހާމެ ރީތި ފިލްމެކެވެ. މީގައި ދަރޭގެ ކޮއްކޮއިންގެ ރޯލު ކުޅުނީ ވިޖޭ އަރޯރާ އާއި ތާރިގް ޚާނެވެ.

ޕިންކްވިލާ އިން ގެނެސްދީފައިވާ ރިޕޯޓެއްގައިވާ ގޮތުން "ޔާދޯން ކި ބާރާތު" ގެ ރިމޭކެއް ހަދަން އާމިރު އުޅުނީ އޭނާ ފިލްމު ޑައިރެކްޓްކޮށް، އޭގެ ރޯލެއް ވެސް ކުޅޭ ގޮތަށެވެ. އެގޮތުން ދަރޭގެ ރޯލު ކުޅުވުން ވިސްނީ އޭނާ އަށް ބޮޑުބޭބެ ކިޔާ އެކްޓަރު އިމްރާން ޚާން ލައްވަ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި އެ ފިލްމު ހަދަން އާމިރު އުޅުނީ އޭނާގެ ފުރަތަމަ ޑައިރެކްޝަންގެ ގޮތުގައި 2007 ގައި ގެނެސްދިން "ތާރޭ ޒަމީން ޕަރް" އަށް ފަހު އެވެ. އެގޮތުން އަހަރެއްހާ ދުވަހު "ޔާދޯން ކީ ބާރާތު" ގެ ރިމޭކްގެ ސްކްރީންޕްލޭގެ މަސައްކަތްކުރި އެވެ. އަދި އޭނާއާ އެކު އެކަމުގައި މަންސޫރު ވެސް ހިއްސާވި އެވެ.

"ޔާދޯން ކި ބާރާތު" ގެ ޕްލޮޓް އޮތީ ތިން ބެއިންނަށް ކަމަށް ވިޔަސް އާމިރުގެ ސްކްރިޕްޓް ބައްޓަންކުރީ ދެބެއިންނާއި އަންހެން ކޮއްކޮއެއްގެ މައްޗަށެވެ. އަދި އަންހެން ކޮއްކޮގެ ރޯލު ދޭން ވިސްނީ ކަންގަނާ ރަނާވަތަށެވެ.

އެގޮތުން ވަރަށް ގިނަ ދުވަހު ސްކްރިޕްޓްގެ މަސައްކަތް ކުރުމަށް ފަހު، ވަކި ހިސާބަކުން އާމިރު އޭގެ މަސައްކަތް ހުއްޓައިލީ ސްކްރިޕްޓާ ދޭތެރޭ ހިތްހަމަޖެހޭވަރު ނުވުމުންނެވެ. އަދި ފަހުން އޭނާ އަށް ވިސްނުނު ގޮތުގައި ކުރީގެ ކަލްޓް/ކްލަސިކް ފިލްމުތަކާ ކުޅުމަކީ އެ އެއްޗެހީގެ އަސްލު މަގާމު ގެއްލިދާނެ ކަމެކެވެ.

އެހެންވެ "ޔާދޯން ކި ބާރާތު" ގެ ރިމޭކް ހަދަން ގެންގުޅު ހިޔާލު އެންމެ ފަހުން އެއްކޮށް ދޫކޮށްލީ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ "ތާރޭ ޒަމީން ޕަރް" އަށް ފަހު އާމިރު އެއްވެސް ފިލްމެއް ފަހުން ޑައިރެކްޓްނުކުރާކަމެވެ. އަދި އިމްރާނަކީ ވެސް މިހާރު ބޮލީވުޑުން ގެއްލިފައިވާ އެކްޓަރެކެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454