ވެލާނާގެ އޮފީސް އިމާރާތް. ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ މުއްދަތު އިތުރު ތިން ދުވަހަށް އިތުރުކޮށްފި -- ފޮޓޯ: ޓުވިޓާ
29 ޖޫން 2021 - 12:51
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރު އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މުވައްޒަފުން މަސައްކަތްކުރާ މުއްދަތު އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިތުރު ކުރައްވައިފި އެވެ.
ކޮވިޑް ފެތުރުން މި ފަހުން މާ ބޮޑަށް އިތުރުވުމާ ގުޅިގެން މިދިޔަ މަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް އަލުން ބަންދުކޮށް މުވައްޒަފުން ގޭގައި މަސައްކަތްކުރާ ގޮތަށް ރައީސް ވަނީ ނިންމަވައިފަ އެވެ.
ހޮނިހިރު ދުވަހާ ހަމައަށް މުއްދަތު އިތުރުކުރީ، ސަރުކާރުގެ މުވައްޒަފުން ގޭގައި މަސައްކަތްކުރަން ދީފައިވާ މުއްދަތު މިއަދަށް ހަމަވާތީ އެވެ. މީގެ ކުރިން ވެސް ކޮވިޑްގެ އެއިރެއްގެ ހާލަތަށް ރިއާޔަތްކޮށް، ސަރުކާރުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ މުއްދަތު އައީ އިތުރު ކުރަމުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ކުރުމާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތްތަކެއް ހޮނިހިރު ދުވަހާ ހަމައަށް އޮންލައިންކޮށް ދިނުމަށް ދަންނަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ އިދާރާތަކުން އަސާސީ ހިދުމަތްތައް ދިނުމަށާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރަން މުވައްޒަފުން ހާޒިރުވާން ޖެހިއްޖެ ނަމަ އެ އިދާރާގެ އިސްވެރިއަކު ކަނޑައަޅާ ގޮތުގެ މަތިން މުވައްޒަފުން ހާޒިރުވެގެން އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްކޮށް އޮތުމަށް ފަހު، މިހާރު ވަނީ ރަނގަޅުވާން ފަށައިފަ އެވެ. އެއާއެކު އެޗްޕީއޭ އިން ކޮވިޑު ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއިތައް ދެމުންނެވެ. ނަމަވެސް މާލެ ސަރަހައްދުގެ ކާފިއު އުވާލައި ހުއްދަ ނެތި ބޭރުގައި އުޅުމާއި އާންމު އުސޫލުން ވިޔަފާރިތަކަށް އަދިވެސް ފުރުސަތު ހުޅުވައެއް ނުލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަރެއްނެތް
29 June 2021
އިބޫގެ ދައުރުނިމެންދެން މުޅިސަރުކާރު ބަންދުކޮށްލާ! ޖޯކް އޮފްދަ ސެންޗަރީ
ކަންބާ
29 June 2021
ތިއީ މިވަގުތަށްއޮތްގޮތް. ވަގުތީ ހިތްހަމަޖައްސާލުމެއް. ހޮނިހިރުގެކުރިން ޢަދަދުމައްޗަށްގޮއްސިނަމަ، އަނެއްކާކުރާނީ ބަންދު. ރީތި ކުޅިވަރެއް.
ނަގިއްޔާ
29 June 2021
ކީއްކުރާތަނެއްތަ އިކޮނޮމިކު މިނިސްޓާރީއަކީ. ނަންބަރެއް އޮވޭ ގުޅާގުޅަ ފޯނެއްނުނަގާ ބުނާ މެސެޖަކީ ކޮވިޑް ދުވަސްވަރުވީމަ އެތާ މުވައްޒަފުން އެޗްއޯސީގައި މަސައްކަތްކުރަނީއޭ. ސުވާލަނީ ފޯނުނަގާ ބޭފުޅާވެސް ހަމައެތަނަށް ދާންޖެހޭހެ. އިގުތިސާދީ މިނުތަނަވަސްކަމުގައި އަމިއްފަރާތަކުންނާ ކުފުނިތަކުން އަަހަންބޭނުުން އެތަކެއް ސުވާލެއްހުރޭ، އެކަމަކު މިއަށް ޖަވާބުލިބޭނެގިޮތެއްނެތް، މެއިލްކޮށްގެން މިތިބެނީ ޚަބަރެއްދަބަރެއް ދަމެއްވާއިރުވެސް ނުވޭ.
ބޯގަންވިލާ
29 June 2021
އިކޮނޮމިކު މިނިސްޓާރީއަކީ - އިކޮނޮމިކް މިނިސްޓްރީ ގުޅާގުޅަ - ގުޅާގުޅާ ސުވާލަނީ - ސުވާލަކީ އަމިއްފަރާތަކުންނާ - އަމިއްލަފަރާތްތަކުން ކުފުނިތަކުން - ކުންފުނިތަކުން ޖަވާބުލިބޭނެގިޮތެއްނެތް - ޖަވާބުލިބޭނެ ގޮތެއްނެތް
ޙަބީބު
29 June 2021
ޢަހުރެން ގެ ގެ ހުންނަނީ ރަށުގައި. ބޭނުމީ ރަށުގަ ހުރެގެން މާލޭ އޮފީހުގަ މަސައްކަތް ކުރަން.
އަކަސަކަ
29 June 2021
ދައުލަތުގެ ބަޖެޓްގެ ބޮޑު ބައެއް މުސާރައަށް ދޭއިރު އެންމެން ގޭގައި. ސިއްހީ ދާއިރާގައި އުޅޭ މީހުންނާއި އަމިއްލަ އޮފީސްތަކާ ޓޫރިޒަމްގައި އުޅޭ މީހުން ހަނާވަނީ...
ބަބުރަންޖީ ހާޖީ
29 June 2021
ދެން މިއަހަރު ނިމެންދެން ސަރުކާރު ޗުއްޓީއެއްނަގާ. އަމިއްލަތަންތަން ހުޅުވީމާ ހުންނާނީ ރަނގަޅަށް.
ބަބުރު ރަދީފު
29 June 2021
ވަރަށް ބަބުރުވަސް ދުވާ ކޮމެއްޓެއް!!!!