ވިޔަފާރި / ހުޅުމާލެ ހައުސިން

ހިޔާ ފްލެޓަށް ސަރުކާރުން އިތުރަށް 3.2 ބިލިއަން ރުފިޔާ ދައްކަން ޖެހޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މިއަދުގެ މީޑިއާ ބްރީފިންގައި.---ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ މަޝްރޫއުގެ ފްލެޓެއްގެ އަގަށް މިހާރު ގެނެސްފައިވާ ބަދަލުތަކާ އެކު ވެސް ސަރުކާރުގެ ބަޖެޓުން ލޯނު ދެއްކުމަށް އިތުރަށް 3.2 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބޭއްވި މީޑިއާ ބްރީފިންގައި އެ މަނިކުފާނު ވިދާޅުވީ، ހިޔާ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ޔާމީންގެ ސަރުކާރުން ކޮމާޝަލް ރޭޓެއްގައި ލޯނެއް ނަގައިގެން ކަމަށެވެ. ސަރުކާރުން އޭރު ލޯނު ނަގާފައިވަނީ އަށް ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި 20 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އޭރު ސަރުކާރުން އަގު ކުރިއިރު ފްލެޓެއްގެ އަގު ހުރީ 1.2 މިލިއަން ރުފިޔާ އަށް ކަމަށާއި 20 އަހަރުން އެ އަދަދު ދައްކާ ނަމަ މަހު ކުލީގެ ގޮތުގައި 10،400ރ. އަރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ އެއީ ބޮޑު އަދަދެއް ކަން. ސޯޝަލް ހައުސިން އެ އަށް ވުރެ އަގު ހެޔޮކޮށް، އަތް ފޯރާ ފަށުގައި ހުންނަން ޖެހޭނެ ކަން. އެހެން ކަމުން އަލުން އެ ރިވިއުކޮށް، އަގު ކުޑަކުރުމަށްޓަކައި އަގަށް ބަދަލު ގެނެސްފައި ވާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، ބިމުގެ އަގާއި މެނޭޖްމެންޓް ފީތައް ކަނޑައިލުމަށް ފަހު، ފްލެޓެއްގެ އަގު އެއް މިލިއަން ރުފިޔާ އަށް ވަނީ ކުޑަކޮށްފަ އެވެ. ފްލެޓް އަޅަން ނެގި ލޯނުގެ އިންޓްރެސްޓް 6.7 ޕަސެންޓަށް ކުޑަކޮށް ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު 25 އަހަރަށް އިތުރު ކުރި ކުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ގެންނަ ބަދަލުތަކަށް ވުރެ އިތުރަށް އަގު ކުޑަ ކުރާ ނަމަ ދައުލަތަށް ވަރަށް ބޮޑު ތަކްލީފެއް ކުރިމަތިވާނެ ކަމަށެވެ

އަދި ވިދާޅުވީ، މިއަށް ވުރެ އިތުރަށް އަގު ކުޑަ ކުރެވޭނެ ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް މި ސަރުކާރުން ހަދާ ފްލެޓްތަކުގެ އަގު މި އަށް ވުރެ ކުޑަ ކުރެވޭނެ ކަމަށެވެ.

ހިޔާ ފްލެޓްގެ ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮންމެ މަހަކު 7،500ރ. އެވެ. އަންނަ މަހުގެ 15 އިން ފެށިގެން ފްލެޓްތައް ލިބުުނު މީހުންނަށް އެ ހޮުސިތަން ލިބޭނެ އެވެ. އަދި މަރާމާތުގެ މަސައްކަތް ކުރަން ތިން މަހުގެ މުއްދަތެއް ސަރުކާރުން ވަނީ ދީފަ އެވެ.

46 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 10%
icon angry icon angry 86%
icon wow icon wow 5%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

120687

26 December 2021

7000 ފުލެޓުން 2000 ކުޑަކޮށްދޭން ސަރުކާރުން ހޭދަކުރަންޖެހެނީ މަހަކަށް، 14 މިލިޔަން، އަހަރަކަށް 168 މިލިޔަން. އެއްވެސް ބޭނުމެއް ނެތް އިތުރު ސިޔާސީ މަގާމުތަކަށް އުފައްދަން 2022 އަށް އެކަނިވެސް އިތުރު 300 މިލިޔަން ރުފިޔާ ބަޖެޓު ކުރި. އެއީ މިބުނި 168 މިލިޔަނުގެ ގާތްގަނޑަކަށް ދެގުނައަށް ވުރެ ތަންކޮޅެއް ކުޑަ އަދަދެއް. އެހެންވީމާ 2000 ކުޑަކޮށްދިނުން މިއީ ކުރެވިދާނެ ޚަރަދެއް. ވ ސާފު މައްސަލައެއް

The name is already taken The name is available. Register?

އަޖައިބުހީވޭ

30 June 2021

ތި ހު ރިހާ ބަހަނާއެއް ނުދައްކާ ދެން ތި ތަންތަން ދޭންވެއްޖެނުން.. އާންމު ނިކަމެތި ރައްޔިތުން މިއުޅެނީ އަނގަޔާ އަތާއި ދިމާ ނުވެގެން.. ތިތަން ލިބޭނެ ދުވަހެއްގެ އިންތިޒާ ރުގައި. ފު ރިހަމަ ނުކޮށް ހު ރި ތަނެއް އަމިއްލައަށް ނިންމަން މި ޖެހެނީ، އެކަމުވެސް ސަ ރުކާ ރުން މިބަލަނީ އާންމު ރައްޔިތުމީހާ ފެލަ އިގެން ކެވޭތޯ ??

The name is already taken The name is available. Register?

ބޮލީގެއިއްޒަތް

30 June 2021

އަދިވެސް ނުވޭތަ މިފުލެޓުތަކާ ހަސްޕަތާލާ ބުރިޖކާ އޭތިމީތިން ކޮށްފައޮތް އިސްރާފުގެ ރަނގަޅު އޯޑިޓުރިޕޯޓެއް ނެރެފަ އަހަރުންނަށް މިވީގޮތް ކިޔާދޭކަށް ނުވޭތަ؟ ބޮޑެތި ތުހުމަތުތައް ކޮށްގެން ތިބެނީނު. ޕީޕީ އޯޑިޓާ ވެސް މިހާރު ހިނގައްޖެނު؟ މިހާރު އަނެއްކާ އާ އޯޑިޓާޖެނެރަލަކުވެސް ތިއޮއްގެން އައީނު؟

The name is already taken The name is available. Register?

ފެންސިރު

30 June 2021

މިކަން ކުރި މީހުންނަށް އަދަބެއް ނެތް ދޯ؟ އަހަރުން ނަމުގަ ބޭނުންހާ ގޮތްގޮތަށް ބޮޑެތި ލޯނު ނަގައިގެން އެއުޅެނީ އެމީހުންގެ މެހެފިލްތަކުގަ. ކިހާ ބޮޑު ....!

The name is already taken The name is available. Register?

ރައްފުށުކަތީބް

30 June 2021

ބަލަ ރައްޔިތުންނެއް ނުބުނެޔޭ ފުލެޓް ދޭށެކޭ އެކިޔަނީ ރައްފުށުގަދޭހެން ބިންކޮޅެްދޭށޭ ފުލެޓް އަޅައިގެން ރުފިޔާހޯދަންވީމަ ވާގޮއްތީ ސަރުކާރުތަކުން ރިސޯޓް ހިންގަބަލަ އަތޮލުތަކުގަ ރައްތައް ތަރައްގީވެ ތަނަވަސްކަންމަތީގަ އުޅެވޭތޯ ފުލެޓް އަޅައިގެން ރައްޔިތުމީހާކުރާ މަސައްކަތުން ހޯދާ މަދު ފައިސާކޮޅު ނާތުލާ އޭރުންގެއްލުންވެގެން ދެކޮޅު ނުޖެހިގެން އުޅޭކައް ނުޖެހޭނެ

The name is already taken The name is available. Register?

ބޯހަރުބޭ

30 June 2021

މިހާރު މިދިމާވަނީ މީހަކު ޕޯޑިއަމެއްގައި ބުނެފަ އެބވޭ ނުފޯރާފޮތިން ފޫގަޅާވާހަކަ ސުވާލަކީ ހަމަ ޖެހޭތޯއޭ ބޯހިޔާވަހިކަމުގެ ނަމުގަ ރިޔަލް ސުޓޭޓް ބިޒިނަސަ ސަރުކާރުތަކުން ރައްޔިތުންނައް ކުރަން މިޔައްވުރެ މާތަދުޒަމާންތަކުގަވެސް ދިވެހިންނަކީ އަމިއްލަޔައް އަކިރިނަގައިގެން އުވަދަވައިގެން ގެދޮރު އަޅައިގެން ފާގަތި ދިރިއުޅުމެއް އުޅެމުން އައިބަޔެއް މާތްﷲ ތަނަވަސް ކަން ދެއްވިދުވަހު މިބަލަނީ ރައްޔިތުމީހާ އަޅުވެތިކުރަން އެޗްޑީސީ ރިސޯޓްތަރައްގީގޮއްގެން ރުފިޔާހދނ

The name is already taken The name is available. Register?

ބަރުބާދު

30 June 2021

ހިޔާ ފްލެޓްތަކައް އިތުރައް 3.2 ބިލިއަން ދައްކަންޖެހުނީ މިސަރުކާރުން އެތަނުން ފްލެޓްތަކެއް މަދުކޮއް ޕާޓީބޮޑުން ބޭނުންވާގޮތައް ފިހާރަތަކެއް ހެދުމުގެސަބަބުން. އޭގެސަބަބުން ފްލެޓްތައްވެސް މަދުވީ. މިސަރުކާރުން ކަމެއްނުވާއިރު ޔާމީނު ކޮއްފަދިޔަ މަސައްކަތުންވެސް ކަޓުނަގަނީ!!!!.

The name is already taken The name is available. Register?

ފެއިލް

30 June 2021

ބަލަ 7000 މީހުން އުޅޭ ސަރަހައްދެއްގަ ކަންމަތީ ފިހާރަގަނޑެއް މިންވަރުވެސް ނެތީމަ އެއީ ގޮތެއްތަ؟ ޕާނެއް ގަނެލަންވިޔަސް ދާންވީ ދޯ ސައިކަލަށް އަރައިގެން ބާޒާރަށް! ޔާމީނާ މުއިއްޒު ކަމެއް ކޮށްފިޔާ ކަލޭމެނަށް ވަރިހަމަ ކޮންމެ ކަމެއްވިޔަސް.

The name is already taken The name is available. Register?

ދޮންބެއަލީ

30 June 2021

ލޯނަށްލިބުނީ 2 އަހަރު ގުރޭސް ޕީރިއަޑް އެކަމު މިސަރުކާރުން 3 އަހަރު ވީއިރުވެސް ހަވާލެއް ނުކުރެވުނު .. ލޯނުން ކުރާ މަސައްކަތްހިސާބު ކުރާނީ ހޭދަވާ ވަގުތަށް ބަލައިގެން އެހެން ވީމަ ބޮޑު މިވަނީ އެހެންވެ ސުލޯވީމަ ލިބޭގެއްލުން ބޮޑުވަނީ މާލީ ޕްްރޮޖެކްޓް ތަކުގައި މީ ބޭސިކް އިކޮނޮމީ ..

The name is already taken The name is available. Register?

އަޑު

29 June 2021

ކުރީގެ ސަރުކާރަށް ކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މި ސަރުކާރުގެނައީ މި ކަންކަން ރަގަޅުކުރަން. ރައީސަށްވެސް ގަބޫލު ކުރެވޭ ކުލި ބޮޑުކަމަށް ވީމާ، ރައީސްގެ ޒިންމާއެއް އަގުތިރިކުރުންއެއީ. ސަބްސިޑީއެއް ދީގެން ނަމަވެސް ކުލިތައް ތިރިކޮށްލަ ދޭންޖެހެއެވެ. ރައްޔިތުންނަށް ތަކުލީފަކަށް ނުވާގޮތަށް ކަންކަން ނިންމުމަކީ ރައީސް ކުރަށްވަންޖެހޭނެ ކަމެއްކަމަށް ފެނެ އެވެ.

The name is already taken The name is available. Register?

ހަސް

30 June 2021

މަގޭ ޓެކްސް ފައިސާއިން ސަބްސިޑީ ދީގެން ނުވާނެ ތިކަމަކަށް. މަށަކަށް އަދިވެސް ފުލެޓެއް ނުލިބެ އެކަމު މަޖެހޭތަ އެހެން މީހުންގެ ފުލެޓަށް ބޮޑުކޮށް ފައިސާ ދައްކަން؟ ތިޔަ ސަބްސިޑީއެއް ދޭންޖެހޭނީ ޔާމީނާ އަދުރޭ.

The name is already taken The name is available. Register?

ޙަންނަ

29 June 2021

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި 3 ކޮޓަރީގެ އެޕާޓްމަންޓެއް 6000 ރުފިޔާއަށް ދޭނަމޭ ބުނެ ، ވީ ވަޢުދު ހަދާން އެބަހުރިތަ؟މިހާރު ތިންބައިކުޅަ އެއްބައި ނުނިމިހުރި 2 ކޮޓަރީގެ "ކޮތަރުކޮށްޓެއް" ތިޔަދެނީ 1000+7500 ރުފިޔާއަށް. ވަޢުދާ ޚިލާފުވާ މީހުންނަށް ކިޔާނަން އެނގޭތަ؟

The name is already taken The name is available. Register?

ރޯޒަސް

30 June 2021

6000 ރުފިޔާއަށް ދެނީ އެމީހުން އަގު ކޮންޓްރޯލް ކޮށްގެން އަޅާ ފްލެޓްތަކަށް. ވައްކަން ކޮށްގެން އަގު ބޮޑުވެފައި ހުރި ފްލެޓްތަކަށް ހެދޭނެ ގޮތެއް ނޯންނާނެ. "ކޮންމެވެސް މީހެއްގެ" އެކައުންޓުގައި އެބަހުރި ތި 100 މިލިއަން،. އެނަގައި ބާހާލީމައި 6000 ރުފިޔާއަށް ތިރިވާނެ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454