މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖުގައި ދުއްވާ ބަހެއް ބްރިޖުމަތީ މަޑުކޮށްލައިގެން. ބަހުގެ ހިދުމަތް ދިނުން އެމްޕީއެލް އިން އެމްޓީސީސީއާ ހަވާލުކުރަނީ.،---ފޮޓޯ: ހުސައިން ވަހީދު/މިހާރު
30 ޖޫން 2021 - 11:33
އެމްޕީއެލް އިން މާލެ ސަރަހައްދުގައި ހިންގާ ބަހުގެ ހިދުމަތް މިދިޔަ ތިން އަހަރުގެ ތެރޭ 4 މިލިއަން މީހުން ހޯދައިފި އެވެ.
އެމްޕީއެލް އިން ބުނީ މިދިޔަ ތިން އަހަރު ތެރޭ ދަތުރުތަކަށް ފީ ދައްކައިގެން ތިން މިލިއަން މީހުން ދަތުރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ސްކޫލު ކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގޮތުގައި ފަސް ލައްކަ މީހުން ދަތުރުކުރި އެވެ. ބަހުގެ ހިދުމަތް މާލެ އާއި ހުޅުމާލެ އާއި އެއާޕޯޓާއި މާލެ އާއި ހުޅުމާލެއާ ދެމެދުގައި ވެސް ބަހުގެ ހިދުމަތްދެ އެވެ.
އެމްޕީއެލްއަށް މިދިޔަ ތިން އަހަރުން ބަހުގެ ހިދުމަތުން 34 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބަހުގެ ހިދުމަތް ދިނުމަށް 84 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެމްޕީއެލް އިން ކޮންމެ ދުވަހަކު ބަހުގެ ހިދުމަތް ދިނުމަށް ފަހު ހުރިހާ ބަސްތަކެއް ދޮވެ، މެއިންޓެނެންސް ޗެކްކުރެ އެވެ.
އެމްޕީއެލްގައި 22 ބަސް އޮތް އިރު 90 އަށް ވުރެ ގިނަ މުވައްޒަފުން ބަހުގެ ހިދުމަތް ދިނުމުގައި އުޅެ އެވެ. މާދަމާއިން ފެށިގެން އެމްޕީއެލްގެ ބަސް ހިދުމަތްދޭ ޑިޕާޓްމަންޓް އުވާލައި ބަހުގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކުރާނެ އެވެ.
އެމްޓީސީސީއާ ބަހުގެ ހިދުމަތް ހަވާލުކުރި ނަމަވެސް ކުރިއަށް އޮތް ދެ މަސް ދުވަހު ބަހުގެ ހިދުމަތް އެއްކޮށް ބަދަލުކުރާނީ ދެ މަސް ދުވަހުގެ ތެރޭގަ އެވެ. މާލެ އާއި ހުޅުމާލެއާ ދެމެދު އެމްޕީއެލް އިން ދެމުން އަންނަ ބަސް ދަތުރުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމީ 2019 ވަނަ އަހަރު އެވެ.
ބަސް ދަތުރުގެ ހިދުމަތް ދިނުން އެމްޓީސީސީއާ ހަވާލުކުރަން އޭރު ނިންމީ މާލެ ސަހަރައްދުގެ އާއްމު ދަތުރުފަތުރު އެއްފުރާޅެއްގެ ދަށަށް ގެންނަން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
30 June 2021
ހަތަރު މިލިޔަން ޕަސެންޖަރުން ދަތުރު ކުރިއިރު އޭގެ ތެރެއިން ގާތްގަޑަކަށް %15 އަކީ ސްކޫލު ކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ކަމަށް އޮތް އޮތުމަކީ ރަނގަޅު ވާހަކައެއްތޯ؟ ނުވަތަ ހިލޭ އޮންނަ މިފާސް ނާޖާއިޒު ގޮތުގައި ބަޔަކު ބޭނުންކުރާތީ މިގޮތަށް ރިކޯޑް ކުރެވިފައި ވަނީތޯ. # މީހަކުނެތި ފުލުފުލުގައި ހުސްބަސް ދުވާތަން ފެނުމަކީ ވަރަށް އާންމުކަމެއް. މިކަން އިސްލާޙްކޮށް ޙަރަދު ކުޑަކުރެވެން ހުރިގޮތް ތައްވެސް ބަލާންޖެހޭ.