ރާއްޖެ އައި ގެސްޓުންތަކަކަށް އެއާޕޯޓުގެ ރެޕުން ހިދުމަތް ދެނީ، ރާއްޖޭގެ އެއާޕޯޓްތަކުން ފުރާ ބިދޭސީންގެ އަތުުން ނަގާ ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްކުރި-.ފޮޓޯ:ނިޝާން އަލީ/މިހާރު
05 ޖުލައި 2021 - 15:35
ރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މިހާރު ނަގާ އެއާޕޯޓް ޓެކްސްގެ ބަދަލުގައި އަންނަ އަހަރުން ފެށިގެން ޑިޕާޗާ ޓެކްސް ނެގުމަށާއި އެގޮތުން ނަގާ ޓެކްސް ބިދޭސީ ފަސިންޖަރުންގެ އަތުން ބޮޑުކޮށް ނަގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްްފި އެވެ.
ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް ނެގުމާ ބެހޭ ގާނޫނަށް، ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު 2019 ވަނަ އަހަރު ހުށަހެޅުއްވި ބިލު އިގުތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ވެސް ދިރާސާކުރި އެވެ. އެގޮތުން ދިރާސާކުރުމަށް ފަހު، މިދިޔަ މަހުގެ 29 ގައި ފާސްކުރީ އިތުރު ބަދަލެއް ނުގެނެހެވެ.
އެ ރިޕޯޓްގައިވާ ގޮތުން ޓެެކްްސް ނަގަން ބިލުގައި ސަރުކާރުން ހުށަހަޅާފައިވާ އަދަދުތަކަކަށް ކޮމިޓީން ބަދަލެއް ނުގެނެ އެވެ. އޭގެ ބަދަލުގައި ގެނައި ބަދަލަކީ ޓެކްސް ނަގަން ފަށާ ތާރީހަށް ބަދަލު ގެނައުމެވެ. ބިލު ހުށަހެޅި އިރު ޓެކްސް ނަގަން ފަށަން ކަނޑައަޅާފައި އޮތީ މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެންނެވެ. ކޮމިޓީން ގެނައި ބަދަލަކީ އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ޓެކްސް ނަގަން ފަށާ ގޮތަށް ބަދަލު ކުރުމެވެ.
- އިކޮނޮމީ ކްލާސް: ދިވެހިންގެ އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރު
- ބިޒްނަސް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 60 ޑޮލަރު
- ފަސްޓް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު.
- ޕްރައިވެޓް ޖެޓް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 ޑޮލަރު.
މުޅި މަޖިލީހުގެ ކޮމިޓީގައި ރިޕޯޓާ ބެހޭ ގޮތުން ކުރިން ކުރި ބަހުސްގައި ޑިޕާޗާ ޓެކްސް މި އުސޫލުން ނެގުމާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދެއްކެވީ މަޖިލީހުގެ ތަޅުމުގައި އަދި އިގުތިސާދީ ކޮމިޓީގައި ވެސް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ވާދަވެރި އަގުތައް ނެރޭ އިރު، ރާއްޖޭން ނަގާ ޓެކްސް ބޮޑުކުރުމުން ޓޫރިޒަމަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށެވެ. ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކާ މަޝްވަރާނުކޮށްް މިފަދަ ބަދަލެއް ގެންނާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޕޯޓްގައިވާ އިސްލާހުތަކާ އެކު މަޖިލީހުން މިއަދު ބިލު ފާސްކުރީ 42 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވައި ދެ މެމްބަރަކު ތިއްބެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސްރު45
06 July 2021
ސަރުކާރަށް އެންމެ ބޮޑުކޮށް ފައިސާ ނެގެނީ މާލޭ ސަރަހައްދު ގައި ކުޜާ ވިޔަފާރި ތަކުން. މާލޭ ގަ އުޅޭ ވިޔަފާރި ވެރިން އަތުން އިނަްތިހާ އަށް ޓެކްސްނަގާފަ އޭގެން ރަށު ތެރެ ސާފުކޮށް ދިރުއުޅުމުގެ ފެންވަރު ރަގަލު ކުރެވިފައި ނެތުމުން ސަރުކާރަށް ސަޕޯރޓް ގެއްލުނީ. މުއީޒު މިތާ ވިސާއާއި ނުލައި އުޅޭމީހުން ބޭރު ކުރުމަށް ‘ގްރީން ކާރޑު’ ހަދަންވީ. ޢެނެތި ބަސަދަތުރު ކުރާމާއި ބޭރަށް ފައިސާ ނުފޮނުވޭ ގޮތް ހަދަންވީ. ޢޭރުން އެހަދަން ކޮންމެމީހަކުވެސް ރަށުން ލިޔުންހޯދާނެ.
މޯޑީ އަގަރުވާލު
05 July 2021
މިފައިސާ ގައުމަށް ކިހާވަރަކަށް ލިބޭތޯ މީރާއިން ޔަގީން ކުރޭބާ. ބައިވަރު އޭޖެންޓުންތައް ޓިކެޓް ވިއްކާއިރު ކިހާވަރަކަށްބާ ބަލަނީ.
ކިޑުނީ
05 July 2021
ބޮޑު ނުކޮށް ނެތެއްނު ފަރުޖެއްސޭކަށް. ދައުލަތް ހިންގުމުގެ ހަރަދުތައް އެހާ ބޮޑު. ދަރަނި އެހާ ބޮޑު. ނުވީތާކަށް ބޮޑެތި ޕުރޮޖެކުޓު ހިންގަން ވަކި ބަޔަކަށް ދީފަ، އެމީހުން އަތުން ޓެކުސް ނުނަގާގޮތަށް އެބަ އެއްބަސްވޭ.
އާދަނު2
05 July 2021
ތި ޓެކްސް އިންނާނީ ޓިކެޓެޓުގެ އަގުގެތެރެއަށްލެވިފައިތޯ؟!
ށިޔާމް
05 July 2021
މީ އެކްސްޓޯސަން
އޮނަރަބްލް އަފީފު ދީދީ
05 July 2021
ކީއްވެގެންތޯ ހަނިމާދޫ އަދި ގޭންއެއަރޕޯޓްގެ ތަރައްޤީއަށާއި އެތަންބޭނުންކުރާނެ ބޯޓްތަކާއި ޕެސެންޖަރުން އިތުރުކުރެވޭތޯ ގޭން އަދި ހަނިމާދޫއެއަރޕޯޓުން ތިޔަ ޓެކްސް ނުނަގާގޮތަށް މަޖިލީހުން ނުނިންމީ. # މިހާރުވެސް މާލޭ އެއަރޕޯޓްގައި 3 ބިލިޔަން ޑޮލަރުގެ ޑިވޮލޯޕްމަންޓް ޕްރޮޖެކްޓް ހިންގާއިރު ހަނިމާދޫ އަދި ގޭންއެއަރޕޯޓް އޮތީ އިރުވާހުދު ޖައްސާން ދޫކޮށްފަ. މިއީތޯ ލާމަރުކަޒު ކުރުމަކީ؟؟ މިގޮތަށް މަޖިލީހުން މިފަދަ ޤާނޫޖު ހަދައިގެން އުތުރާއި ދެކުނު ތަރައްޤީ ނުވާނެ.
ހަސަނު1
05 July 2021
ހާސް ކަނޑާލާ އިންޑިއާ ފައިޓަރ ޖެޓްތަށް ދެން ގަން އެއަރޕޯޓް ބޭނުން ކުރާން ފަށާފާނެ އިސާހިތަކު އަވަހަށް. އޭރުން ކަލޭމެން އުފާވާނެ.