މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޝިލްޕާ އާއި މީޒާން.

ދެހާސް ނަވާރައިގައި ރިލީޒްކުރި ސޯނަމް ކަޕޫރްގެ ފިލްމު "ދަ ޒޯޔާ ފެކްޓާ" ގެ ވާހަކަ ބިނާކުރި ހަމަ އެ ނަމުގައި ގެނެސްދިން ވާހަކައިގެ ލިޔުންތެރިޔާ އަނޫޖާ ޗޯހަންގެ އެންމެ ފަހުގެ ވާހަކަ "ކްލަބް ޔޫ ޓު ޑެތު" ގެ ރައިޓްސް ޕްރޮޑިއުސަަރު ދިނޭޝް ވިޖަން ހޯދައިފި އެވެ.

އޭނާގެ ފިލްމު ކުންފުނި މެޑޮކް ފިލްމްސް އިން އޭގެ ރައިޓްސް ހޯދައި ފިލްމެއް ހަދަން ތައްތާރީތައް ވަމުން އަންނަ އިރު މިހާރު ވަރަށް ބާރަށް ސްކްރީންޕްލޭގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުންޏެވެ. އަދި ވަރަށް އަވަހަށް ފިލްމުގެ ޑައިރެކްޓަރާއި ކާސްޓް އިއުލާންކުރާނެ ކަމަށް ބުންޏެވެ.

މެޑޮކްސް އަކީ "އިސްތިރީ" އާއި "ލުކާ ޗުއްޕީ" އާއި "އަނގްރޭޒީ މީޑިއަމް" އަދި "ރޫހީ" ފަދަ ފިލްމުތައް ގެނެސްދިން ކުންފުންޏެވެ.

އަނޫޖާގެ "ކުލަބް ޔޫ ޓު ޑެތު" އަށް ބިނާކޮށް ފިލްމެއް ހަދަން ނިންމި އިރު، އޭނާގެ 2010 ގެ "ދަ ބެޓްލް އޮފް ބިޓޯރާ" އަކީ ވެސް ސޯނަމާއި އޭނާގެ ކޮއްކޮ ރިއާ ކަޕޫރްގެ އަތުގައި ރައިޓްސް އޮތް ވާހަކައެކެވެ.

ހެންސަލްގެ އާ ފިލްމަކީ ތުރިލާއެއް

"ޝާހިދު" އާއި "އަލީގަޅް" ފަދަ ކާމިޔާބު ފިލްމިތައް ގެނެސްދިން ޑައިރެކްޓަރު ހެންސަލް މެހެތާ އާ ކާސްޓެއް ހިމަނައިގެން އެކްޝަން ތުރިލާއެއްގެ މަސައްކަތް ފަށައިފި އެވެ.

ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ޓީ ސީރީޒްގެ ބުޝަން ކުމާރާއި ޑައިރެކްޓަރު އަނޫބަވް ސިންހާ ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވާ ފިލްމެކެވެ. މީގެ ކާސްޓްގައި ހިމެނެނީ ޒަހާން ކަޕޫރާއި އަދިތިޔާ ރާވަލް އެވެ.

ހެންސަލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޝަލާންގް" އެވެ.

"ތޫފާން" ގެ ފުރަތަމަ ލަވަ ދައްކާލައިފި

މި މަހުގެ 16 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ފަރުހާން އަޚްތަރުގެ ފިލްމު "ތޫފާން" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

"އިންޑިއާ ކޭ ތޫފާން" ގެ ނަން ދީފައިވާ މި ލަވަ އަކީ ރެޕް ލަވައެކެވެ. ޑަބް ޝަރުމާގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ރެޕާ ޑެވިލް އެވެ. ލަވައިގެ ވީޑިއޯ ގެނެސްދީފައި ވަނީ "ތޫފާން" ގެ މަންޒަޒުތަކާ އެކު، ކުޅިވަރުގެ ތެރޭގައި އުޅޭ އެކިއެކި ފަންނާނުން ވެސް ހިމަނައިގެންނެވެ.

ފަރުހާން ބޮކްސިންތެޅުންތެރިއެއްގެ ރޯލުން ފެންނާނެ މި ފިލްމަކީ ރާކޭޝް އޯމްޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ތޫފާން" ގެ ކާސްޓްގައި މުރްނާލް ތާކޫރާއި ޕަރޭޝް ރާވަލް ވެސް ހިމެނެ އެވެ.

ޝިލްޕާގެ "ޗުރަ ކެ ދިލް މެރާ" ގެ އާ ލަވަ

ބަތަލާ ޝިލްޕާ ޝެޓީ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެކްޓިން އަށް އެނބުރި އައި ފިލްމު "ހަންގާމާ 2" ގެ ލަވަ "ޗުރަ ކެ ދިލް މެރާ" އާންމުކޮށްފި އެވެ.

މި މަހުގެ 23 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިިއާކުރާ ފިލްމުގެ ލަވަތަކުގެ ތެރެއިން ދައްކައިލި ފުރަތަމަ ލަވަ އަކީ ޝިލްޕާ އާއި އަކްޝޭ ކުމާރު 1994 ގައި ކުޅުނު ފިލްމު "މޭ ކިލާޅީ ތޫ އަނާޅީ" އިން މަޝްހޫރުވި "ޗުރަ ކެ ދިލް މެރާ" ގެ އާ ވާޝަނެކެވެ. މި ފަހަރު ލަވަ ގެނެސްދީފައި ވަނީ ކުރީގެ ލަވައާ މުޅިން ތަފާތުކޮށް ގިނަ ބަޔަކު ހިމެނޭ ގޮތަށް ވަރަށް ފޯރި ގަދަ ނެށުންތަކާ އެކީގަ އެވެ.

ޕްރިޔަދަރުޝަން ޑައިރެެކްޓްކުރި "ހަންގާމާ 2" ގެ ކާސްޓްގައި ޝިލްޕާއާ އެކު ޕަރޭޝް ރާވަލް، މީޒާން ޖެފްރީ އަދި ޕްރަނީތާ ސުބާޝް ހިމެނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454