ހުޅުމާލޭގައި އަޅާފައިވާ ފްލެޓުތައް: ހިޔާ ފްލެޓުތަކަށް ހާއްސަ ދެ ލޯނެއް ވަނީ ތައާރަފު ކޮށްފައި-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
06 ޖުލައި 2021 - 11:02
ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ބީއެމްއެލް އިން ލޯނު ސްކީމެއް ތައާރަފު ކޮށްފި އެވެ.
"ހޯމް އިމްޕްރޫވްމަންޓް"ގެ ނަމުގައި ދޫކުރާ މި ސްކީމުގެ ދަށުން، ފްލެޓް ލިބިފައިވާ މީހުންނަށް 25،000ރ. އާއި 150،000ރ. އާ ހަމައަށް ލޯނު ލިބޭނެ އެވެ. މި ލޯނުތައް ދެއްކުމަށް ފަސް އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
ބީއެމްއެލް އިން ބުނީ މި ސްކީމުގެ ދަށުން ލޯނު ދޫކުރާނީ ރަހުނަކާ ނުލައި ކުޑަ އިންޓްރެސްޓް ރޭޓެއްގައި ކަމަށެވެ. އަދި މި ލޯނަށް މަހަކު ދައްކަން ޖެހޭނީ 3،300ރ. ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ވެސް ހިޔާ ފްލެޓު ލިބުނު މީހުންނަށް ލޯނު ސްކީމެއް ތައާރަފުކުރެވުމުން އުފާ ކުރައްވާ ކަމަށެވެ. އަދި މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް އިން ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޮންޖެހުންތަކާ އެކު ވެސް މިއަދު ތައާރަފު ކުރެވުނު ފައިނޭންސިން ފުރުސަތުތަކަކީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ލިބޭނެ އުފާވެރި ޚަބަރެއް. ޝަރުތުހަމަވާ ފަރާތްތަކަށް ރަހުނަކާ ނުލައި، އިތުރު ހަރަދެއް ކުރަން ނުޖެހި، ލިބިފައިވާ ފްލެޓުގެ ބާކީ މަސައްކަތްތައް ނިންމާލަން ލޯނު މިހާރު ލިބޭނެ. މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ، ޝަރުއީ ހަމަތަކަށް ފެތޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ވެސް ލިބޭނެ،" ޓިމް ވިދާޅުވި އެވެ.
ބޭންކުން ވަނީ "ހޯމް އިމްޕްރޫމަންޓް ލޯނު ޕްލަސް"ގެ ނަމުގައި އިތުރު ލޯނެއްވެސް ތައާރަފްކޮށްފަ އެެވެ. މިއީ އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަނުގެ ފިނިޝިން މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ދޫކުރާ ލޯނެކެވެ.
މި ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރާއިރު ލޯނު ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 12 ޕަސެންޓެވެ.
މި ލޯނު ވެސް ދޫކުރާނީ ރަހުނަކާ ނުލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށސަމާލު
06 July 2021
ސަމާލުވޭ މީ ރައްޔިތުން ދަރަނި ވެރިކުރަން ހިންގާ ކަމެއް.
އަހދުންދީދީ
06 July 2021
ވާ. ޢިންޓަރެސްޓް ކުޑަކަމުން ގަޔަށް ސ ނުލެވުނީ ކިރިޔާ.
އާރީ
06 July 2021
ކޮންމެވެސް ނަމެއް ކިޔާ ރަށްއިތުން ފެލަނި ސަރުކާރުން
ކުޑަ އިންޓެރެސްޓް
06 July 2021
ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. ”ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް ރަސޫލާ صلى الله عليه وسلم ލަޢްނަތް ލެއްވިއެވެ.” އަދި ވިދާޅުވިއެވެ: ”މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ.”
ހަސަނަ
06 July 2021
ބާޒާރުމަތިން 3 ރުފިޔާއަށް ގަންނަ އާފަލް ރަށުތެރޭ ކަންމަތީ ފިހާރައަކުން 5 ރުފިޔާއަށް ވިއްކައިގެން ލިބޭ 2 ރުފިޔާވެސް ވާނީ ރިބާއަށް އެހެންވިއްޔާ.
ކޮރަލް
06 July 2021
ލޯނުގެ އަދަދު ކުޑަވީމަ އިންޓްރްސެޓް ކުޑަ ވާނެ އެވެ. ކުޑަ އިންޓްރެސްޓް އެކެވެ. އެއީ ކިހާވަރެއްކަމެއް ޖުމްލަ ދައްކަން ޖެހޭ ވަރު ނުދެއްކިއްޖެ ނަމަ ދެން ވާނެ ގޮތް ބޭންކް އިން ފުރަތަމަ ކިޔާ ދޭން ޖެހެ އެވެ. އެކަމު އެކަން ނުކުރެ އެވެ.
12% ރިބާ
06 July 2021
ތިޔަ %12 ރިބާ ނުލާ ލޯނެތް ލިބޭނީ ކޮން ދުވަހަކުންބާ
ސައުދާގަރު
06 July 2021
ވަރަށްކުޑަ އިންޓްރެސްޓް ރޭޓް އެންމެ %12 އެވެސް ނަގަނީ ބާކީ ހުންނަ އެއްޗެއްގެ ނިސްބަތުން. ނޫސްތަކުން ލިޔާ ކުދިންނަށްވެސް ނުކެރޭ ސާފުވަގޮތަށް ހުރިހހ ހާ މައުލޫމާތުތައް ލިޔެލާން.
ތެދުބަސް2021
06 July 2021
ރައްޔިތުންގެ ބޭންކުން ކޮން އިރަކުންތޯ ރިބާ ނުހިމޭނޭގޮތަށް ލޯނު ދޫކުރާނީ.... ފާޅުގަ އެތަށް ބަޔަކު ލައްވާ ބޮޑުފާފައަކަށް އަރައިގަންނަން ގޮވާލަނީ.. ގޮތް ހުސްވެފަތިބި އެތަށްބަޔަކު ނަގާނެ ކީއްކުރާނީ ޤައުމެގެ ހާލަތު މީ މިހާރު.. މި ކޮމެންޓް ޖަހާދޭނެބާ. ﷲ އަށް ބިރުވެތިވެލައްވާ.
އައްބުލޯ
06 July 2021
ތީގެ އިސްލާމިކް ވެސް ތައާރަފް ކުރި. ބަލާލަބަލަ ނިކަން
ޢިސްލާމިކްގަ ކިޔަނީ ޕްރޮފިޓް ހަމަ އެކައްޗެއް
06 July 2021
ޢައްބުލޯ. ޢިސްލާމިކް އޮތީ.ނަމެއްގައޭ. ރަމގަޅަށް ބަލާބަލަ.
ހާސަރުބެ
06 July 2021
150،000ރ ލޯނު ނަގައިގެން %12 އިންޓަރެސްޓާއެކު 5 އަހަރުތޭރޭ ދައްކާނިމޭއިރު 200،000ރ އަށްވުރެމައްޗަށްދާނެ. މިދަންޑިވަޅުގަވެސް މިބަލަނީބޮޑުފައިދާނެގޭތޯ.
8500+3500=12000 ރެންޓް ސޯޝަލްހ ހައުސިންގ އަތްފޯރާ؟
06 July 2021
ދެލައްކައެއްނޫން އިނގޭތޯ. ތިންލައްކައާ ގާތްކުރޭ.
ކޮޗެއްތަ އަތްފޯރާފަށްގަނައީ
06 July 2021
ޢެހ ހެންވީމަ ތިޔަ 2 ރޫމުގެ ތަންތަން ނިކަމެތި މީހާއަށް ސޯޝިއަލް ހައުސިންގް އޭ ކިޔާފަ މިސްރުކާރުން މިދެނީ މަ ހަކު 12000ރ އަށް. ޢަތްފޯރާ ފަށަށް ފއ ގެނެސްދީފަ، ނިކަމެތިން ކިތަންމެ ބަލިވިޔަސް ފަރުވާކުރަންވީ ރާއްޖޭނޭ ކިޔާ ވީދޭ ގޮލާ ޖެޓުގަ ޖަރުމަނުން ނިންމާފަ އިނިގިރޭސި ވިލާތުގަ.