އިބްރާހިމް ދީދީ.-- ފައިލް ފޮޓޯ: މިހާރު
09 ޖުލައި 2021 - 23:59
ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް އެއްވެސް ސިއްރެއް ހިފެހެއްޓިފައި ނުވާ ކަމަށް ވިދާޅުވެ، ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ދީދީ މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައިގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހެދި އިންކުއަރީ އަށް ފަހު އިއްޔެ ވަނީ 242 ސޮފްހާގެ ރިޕޯޓު އާއްމުކޮށްފަ އެވެ.
އެ ބޮޑު ރިޕޯޓު އާއްމުކުރީ ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތައް ސިއްރުކޮށްފަ އެވެ. އެކަމަކު ކަޅު ކުލަ ޖައްސައި އެ މައުލޫމާތުތައް ފޮރުވާފައި ހުއްޓަސް އެކަން ކޮށްފައި ހުރީ މައުލޫމާތުތައް ބެލޭ ގޮތަށެވެ. އެހެންވެ، ސިއްރުކުރި ބައިތައް ބައެއް މީހުންނަށް ފެނުމުގެ ފުރުސަތު އޮތެވެ. އެކަން އެނގުމާ އެކު މަޖިލީހުން ވަނީ ވެބްސައިޓުން ރިޕޯޓް ނަގައި ބަދަލުކޮށްފަ އެވެ.
ސިއްރުކޮށްފައި ހުރި މައުލޫމާތުގައި ނަޝީދަށް ސެކިއުރިޓީ ދިނުމާ ގުޅުން ހުރި އެތައް މައުލޫމާތަކާއި ހައި ސެކިއުރިޓީ މީހުންނަށް ސެކިއުރިޓީ ދިނުމާއި ޖާސޫސީ މައުލޫމާތު އެއްކުރުމާއި އެ މައުލޫމާތު ބޭނުންކުރާ ގޮތް ފަދަ އެތައް މައުލޫމާތެއް ހިމެނެ އެވެ.
އެކަމާ ގުޅިގެން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ކުރީގެ މުގައްރިރު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުންނަށް އިވިވަޑައިގަންނަވަނީ އެމެރިކާ ފަދަ ގައުމުތަކުގައި ޑިފެންސް އަދި ސެކިއުރިޓީއާ ގުޅޭ ކޮމިޓީ އޮންނަ ކަމެވެ. ނަމަވެސް، ސިފައިންނާއި ފުލުހުންނަށް މަޖިލީހަށް މައުލޫމާތު ނުދެވޭނެ ސަބަބަކީ އެ މައުލޫމާތުތައް ލީކުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާތަނަށް އެއްވެސް ސިއްރެއް މަޖިލީހުން ނުހިފެއްޓޭ،" މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ޓެގްކުރައްވައި ދީދީ ވިދާޅުވި އެވެ.
Majlis ge baeh member innah adu Ivenee US fadha thanthaage Defence & Securtiy aai behey committee onnakan . @mndf @PoliceMv in @mvpeoplesmajlis ah mauloomaath nudheveyne sababe kee mi ee https://t.co/XXEqzrFZiG mi haa thanah evves Sirreh majlis in nuhifehettey @AdduShareef
— Ibrahim M Didi (@ibrahimmdidi) July 9, 2021
އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުން ހަރުދަނާކޮށް އެކަން ކުރި ނަމަ ތެޅިފޮޅިގެން ފުލުހުންގެ ތަހުގީގު ނުނިމެނީސް ކޮމިޓީން އެއްވެސް މައުލޫމާތެއް ބޭރު ނުކުރީސް ކަމަށެވެ.
Majlis @mvpeoplesmajlis in harudhanaa koh mikan kuri nama thelhi folhiganefa, @PoliceMv in thahqeeq nunimenees 241 in evves mauloomaath eh beyru nukurees @AleeVoice @HuShameem
— Ibrahim M Didi (@ibrahimmdidi) July 9, 2021
ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މިދިޔަ މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ތަހުގީގުގެ ބޮޑު ބައެއް ނިންމައި ވަރަށް އަވަހަށް ދައުވާކުރަން ފޮނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މައްސަލައާ ސީދާ ގުޅުންހުރި އަށް މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު ހާމަކޮށްފައި ވެ އެވެ.
ދީދީގެ ޓްވީޓަށް ރައްދު ދެއްވައި ޝަރީފު ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުންގެ ޒިންމާދާރުކަން ކުޑަކަމަކީ ދިމާލަށް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
އިންކުއަރީ ރިޕޯޓުގައިވާ ގޮތުން ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލާފައިވަނީ އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބި އަދި އޭގެ ކުރިން ވެސް ނަޝީދަށް އެފަދަ އެތައް އިންޒާރެއް އައުމަށް ފަހުގަ އެވެ. ހަމަލާ ދިނުމަށް މެދުވެރިވި ސަބަބުތަކުގައި އެކި ފަރާތްތަކުގެ އިހުމާލު އޮތްކަން ވެސް ރިޕޯޓްގައި ވަނީ ހާމަކޮށްފަ އެވެ.
ހަމަލާ ދިނުމަށް މެދުވެރިވި ސަބަބުތަކާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެއީ ހަމަލާއާ ގުޅޭ މުހިންމު މައުލޫމާތެއް މަޖިލިސް މެންބަރަކު މާރިޔާ އަށް ދެއްވުމަށް ފަހު ވެސް އެ މައުލުމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރި މައްސަލައިގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޤާބިލް
11 July 2021
އެމެރިކާ ފަދަ ގައުމުތަކުގަ މަޖިލީހުގަ ތިބޭނީ އެޤައުމުގެ ބޮޑެތި ޔުނިވަރސިޓީތަކުން ކިޔަވާފަތިބި ޒިންމާދާރު ވަޒީފާތަކުގައުޅެ ތަޖުރިބާހޯދަފަތިބި ޤަބިލް މީހުން. އެމީހުން ކިތަންމެ ޕާޓީ ވާދަވެރިއަސް އެތަން އޭންގަލަކުން ވިސްނައި ޤައުމީ ސަލާމަތަށް އިސްކަންދޭ. އެންމެ އަޑުގަދަ މީހާ މަގުބޫލް މީހަކަށް ވެދާނެ އެހެންސް ގާބިލްކާއި ވިސްނުންތޫނު ކަމަކީ އިލްމާއި ތަޖުރިބާ ހުރެގެން ލިބޭއެއްޗެެއް.
ސަރުކާނު
11 July 2021
ތިޔަމަޖިލީހަކީ ޤައުމަށް އޮތް ނުރައްކަލެއް. ޤައުމުގެ އަގުތަށް ދުއްވާލައިފި. އަމިއްލަޚިޔާލު ފާޅުކުރެޥޭވަރަށްވުރެ ގިނަމެމެބަރުންގެ ތައުލީމީ އަޚްލާގީފެންވަރުދަށް. މާރުކޭޓުގޮޅިއަކަށްވުރެ ހާލަތުދަށް. ރައްޔިތުންގެ ޓެކްސްފައިސާއިން ފައިސާޚަރަދުކޮށްގެން ޤައުމު އިނދަޖައްސަމުން އެދަނީ.
ދީމާހު
11 July 2021
މިހާރު ތިޔަ އޮތް މަޖިލިހަކީ ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކުރާ ތަނަކަށްވުރެ ވަކި މީހެއްގެ ސިޔާސީ ހަޔާތް ބަރުބާދުވަމުންދާތީ މަރުފަލިޖަހާ ތަނަކާ ވައްތަރީ
ކޮރަލް
10 July 2021
ގާނޫނު ހަދާ މަޖްލީހުގަ ހުރި ގިނަ މީހުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލާލީމަ ހަގީގަތް ހާމަ ވާނެ އެވެ. ވޯޓް ދޭންވީ ހަމަ އެކަނި ޕާޓީ އަކަށް ނޫނެވެ. ގާބިލް ތައުލީމީ މިހާ އަށެވެ.
ބަކުރުބޭ
10 July 2021
މަޖިލީހަށް ސިއްރު ނުހިފެހެއްޓުމަކީ ކަންބޮޑުވާ ކަމެއް. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެގެން ހޯދާ ބަލަންޖެހޭ ކަންކަން ބަލަން ޖެހޭނެ. އެކަމަކު އާންމު ކުރެވޭ މައުލޫމާތުތަކާއި ގުޅިގެން ގައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަކަށްވެސް ވިސްނަން ޖެހޭނެ. ލީކުވަނީ މިވަރު ނޭގޭ މީހުން ހޮވިފައި ތިބީމަ
ހަސަނު
10 July 2021
އެޒާތު ކަންކަމަށް ބަލާއިރު އެންމެ ދޯދިއާ މުއައްސަސާ މަޖުލިހަކީ. ސިއްރެއްބުނަން ހެޔޮނުވާވަރު ތަނެއް މަޖުލިހަކީ
އިސްތިއުފާ
10 July 2021
މަޖްލީހުގެ ރައީސް ނަޝީދު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ހުލާސާ ހިސާބު
10 July 2021
މިކަމުން މިއެގެނީ އެމްޑީޕީގެ އެއްވެސްކަހަލަ ހަރުދަނާ ސިފައެއްނެތްކަމާއި އެމްޑީޕީގެ ގިނަ މީހުންނަކީ ގައުމިއްޔަތެއް، ވަތަނިއްޔަތެއް ނެތް އަދި ގޮތެއް ފޮތެއްވެސްނެތް އޮޔާދާ ކުނިގަންޑެއްފަދަ ބައިގަންޑެއްކަން .
މޫމިން
10 July 2021
މި ކުރަނީ ކިހާވަރެއްގެ މުހިންމު ކަމެއްކަން ނޭނގޭ ބަޔަކު މިފަދަ ބޮޑު ތަހުޤީގެއް ހިންގަން އުޅުނީމަ ވާ ގޮތް މި ފެންނަނީ. ރައްޔިތުންގެ މަޖިލިސް ނޫން އެހެން ހުރިހާ ތަނެއް ޖަވާބުދާރީ ކުރުވަން އިރުއިރުކޮޅަކާ ކޮންމެވެސް މުވައްސަސާއަކުން އުޅޭނެ. މަޖިލިސް ޖަވާބުދާރީ ނުކުރެވޭތީ ފީކަޅާ މީހުން މަޖިލީހަށް ހޮވެނީވެސް. ބަރާބަރަށް މުސާރަ ލިބޭ، ކެއުން ލިބޭ، އެކަމަކު ޒިންމާއެއް ނެތް ބައެއް މީ
ފެންވަރާއި އިތުބާރު
10 July 2021
މިކަމުން މިއެގެނީ އެއްވެސްކަހަލަ ބަރުދަނަކާއި ތަނާއި އެކަށިގެންނުވާ ބައެއްކަން މަޖްލީހަށް ވަދެގަނެގެން ތިއުޅެނީ.
އުމަރުބެ
11 July 2021
މަޖިލީހުން އެފެންނަނީ ދިވެހިންގެ ހާލަތު. އެއެއްޗަކުން ނުކުންނާނީ އެއެއްޗެއްގަ ހުރި ދިޔައެއް. މަޖިލީހުގަ އެތިބީ މިހާރު ރާއްޖޭން ހޮވާލެވިފަތިބި އެންމެ ރަގަޅުމީހުން. އެއަށްވުރެ ރަގަޅު ބަޔަކު ތިބިނަމަ ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަންކެރުނީސް. ވަކި ޕާރޓީއެއް ކިޔާނެކަމެއްނެތް.