ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "މިހާރު" އާ ވާހަކަދައްކަވަނީ. އިތުރު ސުކޫކްއެއް ވިއްކާނީ މިއަހަރު ފަހުކޮޅު
10 ޖުލައި 2021 - 15:36
ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރަން މި އަހަރުގެ ފަހުކޮޅު އިތުރު ސުކޫކެއް ނަގާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް މިދިޔަ ބުދަ ދުވަހު ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ސަރުކާރުން ފަށާފައިވާ އެއް ބިލިއަން ޑޮލަރުގެ ސުކޫކް ވިއްކުމުގެ ޕްރޮގްރާމުގެ ދަށުން އަންނަ އަހަރު ވެސް ސުކޫކެއް އިޝޫ ކުރުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެ ކަމަށެވެ.
"މި އަންނަ އަހަރު ވެސް މާކެޓަށް ދާން ބޭނުން ވެއްޖިއްޔާ އެ އެބައިން. މި އަހަރު އަޅުގަނޑުމެން މާކެޓަށް ދާނަން. އަދަދެއް އަދި ޑިސްކަސް ކޮށްފައި ކަނޑައަޅާނީ،" މިނިސްޓަރު ވިދާޅވި އެވެ.
ސުކޫކު ވިއްކައިގެން މިދިޔަ އޭޕްރީލް މަހު 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ސަރުކާރަށް ލިބިފަ އެވެ. މިއީ ފަސް އަހަރު ފަހުން އިންޓަރެސްޓާ އެކު ސަރުކާރުން އަނބުރާ ދައްކަން ޖެހޭނެ ފައިސާ އެވެ.
މި ސުކޫކް ވިއްކީ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ބޭނުންކޮށްގެން ކަމަށް ވާއިރު. ގާތްގަނޑަކަށް 387 މިލިއަން ޑޮލަރު (5.9 ބިލިއަން ރުފިޔާ) އަނބުރާ ދައްކަން ޖެހޭނެ އެވެ. ސުކޫކުން ލިބުނު 191 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޭދަކުރީ ދައުލަތުގެ ދަރަނި ދެއްކުމަށެވެ.
ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އޯވަޑްރާފްޓް ފެސިލިޓީގެ މުއްދަތު ވެސް އެއް އަހަރަށް އިތުރުކޮށްފަ އެވެ
ސަރުކާރުން ސުކޫކް އިޝޫ ކުރުމުގައި މޯގޭޖް ކުރުން ފަދަ ގޮތަކަށް ޕްރޮޕަޓީ ބޭނުންކުރި ނަމަވެސް މިއީ ކޮންވެންޝަނަލް އުސޫލުތަކުގައި އޮންނަ ގޮތަށް ކުރާ ކަމެއް ނޫނެވެ. ސުކޫކް އިޝޫ ކުރާއިރު، ދެ ފަރާތުގެ ހިއްސާ އޮންނަ ގޮތަށް އެސްޕީވީ [ކުންފުންޏެއް] އުފައްދައި އެ އެސްޕީވީގެ ނަމުގައި، ސްކޫކް ސެކިއު ކުރެވޭ ވަރުގެ ޕްރޮޕަޓީ ހުންނަން ޖެހެ އެވެ. ކުންފުނީގެ ވިޔަފާރި ފަށާނީ ސްކޫކް އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އެ ފައިސާ ހޯދުމަށެވެ. އާންމު މޯގޭޖް އުސޫލުގައި އޮންނަ ގޮތަށް، ދަރަނި ނުދެއްކުމުން މޯޖޭގް ވިއްކައެއް ނުލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހުކުލި
11 July 2021
ކޮންބަޔަކައްތަ ވިއްކަނީ އެ ޤައުމެއްގެ ނަން ބުނެބަލަ. ނުސްވެރިންވެސް ދަންކޮޅެއް ޑީޓޭލްސްކޮއް ރައްޔިތުންނަ ހާމަކޮއްދީބަލަ
ޒޯމިން ރަޝީދު
10 July 2021
މި ދަރަނި ކިހިނެތްބާއޭ ދައްކާނީ މަގޭ މހިތަށް އަރަނީ...5 އަހަރު ފަހުން ތި ފައިސާ ފައިބަނީ މަތިންބާ؟؟؟
ރޯނުއެދުރު.
10 July 2021
10.5% ގަ ގައުމެއްގެ ސޮވެރެއިން ސުކުކް އެއް ވިއްކަންޏާ ގަންނާނެ މީހުން ވާނެ. މި ސޮރު ބަލާކަށް ބޭނުމެއް ނޫން ފަހުން ދިވެހިންނަށް ޖެހޭނެ ހާލެއް. މިނިސްޓަރު ކަން ދޫކޮށްލެވޭ ވަރަށް ތައްޔާރުވެފައި ކަމަށް ބެލެވެނީ.
ޝިރާނީ
10 July 2021
ރައްޖެ މިދަނީ ވަރައް ނުރައްކާތެރި ދިމާލަކައް
ކޮރަލް
10 July 2021
މަހުން މަހަށް ސަރުކާރުގެ ހަރަދު ވަނީ ބޮޑެވެ. ކައުންސިލަރުންފަދަ ސިޔާސީ މަގާމް ތަކުގެ ބޮޑު މުސާރަ ތައް ދޭން ލޯން ނުނަގާ ނު އެވެ . ސިޔާސީ މަގާމްތައް މާގިނަ ވެއްޖެއެވެ. އަދި ކުރިމަތިލެވޭ ޝަރުތެއް ނޯން ނާތީ އޯލެވެލް ފެންވަރުގެ މީހުންވެސް ގިނަ އެވެ.
ލޮމީރު
10 July 2021
ގައުމު އެއްކޮށް ވިއްކާލާ ހެޔޮނުވާނެ
ރާއްޖެ
10 July 2021
މިއަހަރު ފަހު ކޮޅު ނާންނަނީސް އިސްތިއުފާ ދީބަލަ. ހެޔޮ ނުވާނެ.