ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހަކު، ފްލެޓް ބަލާލަން ގޮސް އެތަނުގެ ބެލްކަންޏަށް ނުކުމެލައިގެން ހުއްޓާ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
13 ޖުލައި 2021 - 12:20
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ބޮޑު ބައެެއް ހިއްކައިގެން ހިންގި "ހިޔާ" މަޝްރޫއުގެ ފްލެޓް ލިބުނު ފަހުން މަރުވި މީހުންނާއި ވަރިވެފައިވާ މީހުންނަށް، އެ މީހުންގެ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދާނީ އެކަމާ ގުޅޭ އުސޫލެއް ޕްލޭނިން މިނިސްޓްރީން އެކުލަވައިލުމުން ކަމަށް އެޗްޑީސީން ރޭ ބުނެފި އެވެ.
ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަމާ ގުޅިގެން އާންމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ކްލަބްހައުސްގައި ބޭއްވި ސެޝަންގައި އާންމުންގެ ބައެއް މީހުން ވަނީ ފްލެޓް ލިބުނު ބައެއް މީހުން މިހާރު މަރުވެފައިވާތީ ދެން އަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ.
"ފްލެޓް ލިބުނީ އަޅުގަނޑުގެ މަންމަ އަށް. ފްލެޓް ލިބުނު އިރު މަންމަ ދުނިޔޭގައި ހުރި ނަމަވެސް މިހާރު މަންމަ ނިޔާވެފައިވާތީ ދެން ކިނެއްތޯ ކުރިއަށް ދާނީ. އަޅުގަނޑުމެންނަށް އަންގާފައި އޮތީ އެޗްޑީސީން ސިޓީއެއް ލާން މަންމަ ނެތް ހާލަތެއްގައި ދެން ފްލެޓް ލިބޭނީ ކާކަށްކަން،" ސުުވަލު ކުރި މީހަކު ބުންޏެވެ.
އޭގެ ޖަވާބުގައި އެޗްޑީސީގެ އޮފިޝަލުން ވިދާޅުވީ، ސޮއިކުރަން މިހާރު ހަމަޖެހިފައިވާ ޓަވަރުތަކުން ފްލެޓް ލިބުނު ބައެއް މީހުންގެ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސައިލާނެ ކަމަށެވެ. އޭގެ ތެރޭގައި ފްލެޓް ލިބުނު ފަހުން މަރުވި މީހުން ވެސް ހިމެނެ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ފްލެޓް ލިބުނު ފަހުން މަރުވި މީހުންގެ ފްލެޓާ މެދު އަމަލުކުރާނީ ޕްލޭނިން މިނިސްޓްރީން ވަކި އުސޫލެއް އާންމުކުރުމުން އެ އުސޫލާ އެއްގޮތަށެވެ.
ފްލެޓް ލިބުނު ފަހުން ވަރިވި މީހުނަށް ވެސް ކުރިމަތިވެފައިވަނީ ހަމަ އެފަދަ ގޮތެކެވެ.
ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމަށް ޕޯޓަލް އަށް ފޯމު ހުށަހަޅާއިރު، އޭނާ ހުށަހަޅަން ޖެހޭނީ ކޮން ފޯމެއްތޯ ސާފުކުރުމަށް ރޭ މީހަކު ސުވާލުކުރި އެވެ. އެއީ މިހާރު ވަރިވެފައިވާތީ ދެމަފިރިންގެ ފޯމު ހުށަހެޅެން ނެތުމުންނެވެ.
އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ ފޯމު ފުރިހަމަވާނީ ހުރިހާ މައުލޫމާތެއް ފުރައި ހުށަހެޅުމުން ކަމަށާއި އެގޮތަށް ފޯމު ފުރިހަމަ ނުކޮށް ހުށަހެޅި ނަމަވެސް ފޯމު ބާތިލުވާނެ ކަމަށެވެ. އެހެންވެ، ވަރިވެފައިވާ މީހުންނާއި މަރުވެފައިވާ މީހުނާ މެދު އަމަލުކުރާނެ އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވާނީ މިނިސްޓްރީގެ ލަފަޔަކަށް އެދިފައި އެކަމުގައި. ލަފާ ލިބުމާއެކު ކުރިއަށް ގެންދާނެ ގޮތް އާންމުކޮށް ތާވަލު ކުރާނެ، އެ މީހުންގެ ސޮއިކުރުމުގެ ކަންތައް އޮތްގޮތް،" އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ހިޔާ ފްލެޓު ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަން ފަށާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު ފްލެޓް ލިބުނު ފަހުން މަރުވި މީހުންނާއި ވަރިވެފައިވާ މީހުނާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ކަނޑައެޅޭނީ ކިހާ ދުވަހެއްގެ ތެރޭގައި ކަމެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސޫލު މައްޗަށް އުސޫލު
14 July 2021
ދެން ފްލެޓް ލިބުން ދެމީހަކު އިނދެފިއްޔާ ޔޯ؟ ދެ މީހުންނަށް ދެ ފްލެޓް ދެއްތޯ؟
ޯނުޫ
14 July 2021
ރަށް ރަށުގައި ދިރިއުޅޭ މީ ހުންނަށްވެސް އެބަ ހުރި ފްލެޓްދީފައި. މާލޭގައި އުމުރު ދުވަ ހު ކުއްޔަށް އުޅުނު މީ ހުންނަށް ފްލެޓް ނުލިބި ރަށްރަށުގައި ވަޒީފާ އަދާކުރަމުންދާ މީ ހުންނަށް ފްލެޓް ލިބުނު ގޮތެއް ބުނެދީބަލަ.
ދެރާ
19 July 2021
ތަފާތު ކެޓަގަރީތައް ހަދާފައި އޮތުމުން، ބައެއް ކެޓަގަރީގައި މާލޭގައި ދިރިއުޅުން ޝަރުޠަކަށް ނުވާތީ. މިސާލަކަށް ރަށްރަށުގައި ދިރިއުޅޭ އެކަނިވެރި މައިންނާއި ބަފައިން
ޙހހހހ
13 July 2021
އެކިސަބަބުތަކާ ހެދި ނުދެވިހުރި ފްލެޓްތައް ބަހާލާ ނުލިބިތިބި މީހުންގެ ތެރއިން މަތިން ޕޮއިންޓް ލިބުނުމީހުންނަށް
އޮނަރަބްލް އަފީފު ދީދީ
13 July 2021
ދައުލަތުގެ މުޅި ޙަޒާނާ ކ.އަތޮޅު މާލޭގައި ކުލީ އަޅުން ގެންގުޅުމަށް ކޮތަރުކޮށި ހެދުމަށް ހުސްކޮށް ނުލާ ބިން ބޭނުންކަމަށް ދައުވާކުރާ މާލޭ މީހާއަށްވެސް ބިން ލިބޭގޮތަށް ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ. ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާ ހުރިހާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، ފަރެސްމާތޮޑާ އަދި އައްޑޫ ހިއްކެންއޮތްއެންމެބޮޑަށްހިއްކާ 30 އަހަރުން ނޫނީ ރެޖިސްޓްރީ ބަދަލު ނުކުރެވޭގޮތަށް ބިން ދޫކުރޭ.
ބޯގޯސް އަފީފް ކުރަފިކަތިލައިގެން ހޯދި ދީދީ
13 July 2021
ރާއްޖޭގައި ވަރުގަދަ އިގުތިސާދެއް އުފެއްދޭނީ އަދިވެސް މާލެސަރަހައްދު ނުވަތަ އެހެން ސަރަހައްދަކަށް ވިޔަސް މީހުން ގިނަކޮށްގެން. ގުޅިފަޅާއި މާލެ ވިގިލި ހުޅުމާލެ އެއްފަސް ކުރަނީ އެބޭނުމުގައި. އައްޑުއަށް ނިސްބަތްވާ ވިޔަފާރިތައް މާލެޔަށް ހިޖުރަކުރީ މިހަގީގަތް ގަބޫލުކޮށްގެން. ކަލޭ މިހާރު އައްޑޫގައި ހުރިއްޔާ އަވަހަށް ކޮތަރުކޮއްޓެއް ހޯދައިގެން ނަމަވެސް މާލެ ބަދަލުވޭ. ނޫނީ ކުއްޔޭ މާލެއޭ ކިޔަކިޔައި އަމިއްލައަށް މީހާ ނަފްސާނީވާން ތިތާގައިހުރޭ.
ފެންފުށީ އަހަންމަދު
13 July 2021
ހެއްވާ ބައެއް މިސަ ރުކާ ރަކީ. ދެމަފި ރިންގެ ނަމުގައި ފްލެޓް ރަޖިސްޓަ ރީ ކު ރަނީ ދިވެހިންނަކީ ވަ ރިކު ރުމުގެ ދުނިޔޭގެ ރެކޯޑްއޮންނަ ބައެއްކަން އެނގިތިބެގެން. މާދަމާ ދެމީހުން ވަ ރިވެގެން ފްލެޓާއި ހިފަންވީ. ނޫނީ ދެމީހުން ދެމީހުންނާ އިދެގެން ދެކޮޓަ ރީގައި އުޅެ އަރައިރުން ވާންވީ.