ވިޔަފާރި / ސްޓެލްކޯ

އޭޝިއާގެ ކުންފުނިތަކުގެ ނަމޫނާ ލީޑަރަކަށް ސްޓެލްކޯގެ އެމްޑީ މުޣުނީ

ސްޓޭލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ-- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

އޭޝިއާ ބައްރުގެ ކުންފުނިތަކުގެ ތެރެއިން ރާއްޖޭގެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އަށް ނަމޫނާ ލީޑަރުގެ އެވޯޑް މިއަދު ލިބިއްޖެ އެވެ.

އޭނާ އަށް މި އެވޯޑު ލިބުނީ 19 ވަނަ އޭޝިއަން އެޗްއާރު އެވޯޑްސްގަ އެވެ.

އޭޝިއާގެ ކުންފުނިތަކުގެ ނަމޫނާ ލީޑަރުގެ އެވޯޑް މުޣުނީ އަށް ލިބުނީ ގިނަ ކުންފުނިތަކުގެ ވެރިންގެ ތެރެއިން ރޯލް މޮޑެލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެވޭތީ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި "އެގްސެމްޕްލަރީ ލީޑާ އޮފް ދަ އިޔާ" އެވޯޑު މުޣުނީ އަށް ލިބުނީ ގިނަ ސަބަބުތަކާ ހުރެ އެވެ.

ފާހަގަކޮށްލެއްވޭ ބައެއް ކަންތައްތަކުގެ ތެރޭގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސްޓެލްކޯގެ މާލީ ހާލަތު ރަނގަޅު ވުމާއި ޕީސީބީން ކުންފުނިތައް ރޭންކު ކުރާ މިންގަނޑުގެ "އޭ" ކެޓަގަރީގައި ސްޓެލްކޯ ހިމެނުމާއި ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ހިމެނޭ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

މުޣުނީ، 2018 ގެ ފަހުކޮޅު ސްޓެލްކޯއާ ހަވާލުވި ފަހުން، ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް ވަނީ ގްރީންލައިފް އިނީޝިއޭޓިވްއެއް ފަށައިފަ އެވެ. މި އިނޝިއޭޓިވްގެ ދަށުން އެ ކުންފުނިން އަންނަނީ ސޯލާ ޕެނަލް ވިއްކައި 100 ޕަސެންޓު އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދޭ ބަސް ސްޓޮޕަކާއި ފްލޯޓިން ސޯލާ ޕޮޑެއް ވެސް ހަދައިފަ އެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ނާޒުކް ހާލަތުގައި މެދުނުކެނޑި ހިދުމަތް ދިނުމަށް ކުންފުނި ހިންގުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ވުމާއި މި ހާލަތުގައި ވެސް ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި ކުންފުނީގެ ހިދުމަތްތައް އައިއެސްއޯ 9001:2015 މިންގަނޑަށް ސެޓިފައި ކުރުމަކީ ވެސް މުޣުނީ އަށް އެވޯޑު ލިބުނު ސަބަބެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމާ ގުޅިިގެން ސްޓެލްކޯ އިން އެޅި ފިޔަވަޅުތަކާއެކު އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު އެ ބައްޔަށް ޕޮޒިޓިވް ނުވުމަކީ ވެސް ކާމިޔާބެއް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

އޭޝިއަން އެޗްއާރު އެވޯޑްސްގެ "އެގްސެމްޕްލަރީ ލީޑާ އޮފް ދަ އިޔާ" ގެ އެވޯޑު މުޣުނީ އަށް ލިބިފައިވާއިރު މިދިޔަ އަހަރު "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސް" އިން ދިން "އިމާޖިން ލީޑާ އޮފް ދަ އިޔާ"ގެ އެވޯޑު ވެސް އޭނާ ހޯއްދެވި އެވެ.

11 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 30%
icon wow icon wow 10%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެކްސިސް

17 July 2021

ލޮލް

The name is already taken The name is available. Register?

ރަށުމީހުން

16 July 2021

އެންމެ މުސާރަ ބޮޑު އެމްޑީ.

The name is already taken The name is available. Register?

ފާރިހަތު ޖަލީލު

16 July 2021

ފާރިދެކޭގޮތުގައި މުޣުނީއަކީ އެންމެ ތައުލީމީ، އެންމެ ގާބިލް އަދި ރައީސް ސޯލިހުއަށާއި ރައީސް ނަޝީދަށްވެސް އެންމެ ހެޔޮ އެމްޑީ. މީގެ އިތުރުން ގާސިމް އިބްރާހިމްގެ ސިޔާސީ ކަންކަން ކުރުމަށްވެސް އެންމެ ގާބިލް އެމްޑީ.

The name is already taken The name is available. Register?

އަރުތަ

15 July 2021

ފައިސާދީފަ ގަތް އެވޯޑެއް ކަމަށް އެބައޮތް އެހެން ނޫހެއްގަ، ފެނަކަ ސައީދުއާ މުޣުނީއާ ދެމީހުންނަކީ މިފަދަ އެވޯޑުތައް އެންމެ ގިނައިން ގަންނަ ދެމީހުންކަމަށްވެސް ބުނެފަ އެބައޮތް.

The name is already taken The name is available. Register?

ހަސަން (ބކކ)

15 July 2021

އަހަރެން ދެކޭގޮތުގައި ޙަޞަން މުޣުނީއަކީ ނަމޫނާ އެމްޑީއެއް. މެލޭޝިޔާއިން ބިޒްނަސް ދާއިރާއިން ޑިގްރީ ހާޞިލް ކުރުއްވުމަށްފަހު އެމެރިކާ ސަރުކާރުގެ ފުލްބްރައިޓް ސްކޮލަރޝިޕެއްގައި އިކޮނޮމިކްސް އާއި މެނޭޖްމަންޓް ދާއިރާއިން މާސްޓަރޒް ހާސިލްކުރެއްވީ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީއެއް ކަމުގައިވާ ބްރެންޑިސްއިން. ފަހުން މާލެ ވަޑައިގެން، އެމްޑަބްލިއުއެސްސީ އާދި އެމްޓީސީސީފަދަ ކުންފުނިތަކުގައި އިސްމަގާމްތަކެއް އަދާކޮށްފައިވޭ. މަރުހަބާ މުޣުނީ. (ހަސަން-ބކކ)

The name is already taken The name is available. Register?

ނާޖިހު ބްރެކެޓް

15 July 2021

މީގެ އިތުރުން މުޣުނީއަކީ އަމިއްލަ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީ، ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުދޭ އެމްޑީއެއް. އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީ ރޮނގުން ބެލިކަމުގައި ވިޔަސް ޤައުމެއް ބޭނުންތެރި ދަރިއެއް!

The name is already taken The name is available. Register?

އަހުލާމް ޝަރީފް

16 July 2021

ނަން މަޝްހޫރު ބުރެންޑިސް އޭ ކޮންތަނެއް؟. ހާވަރޑް، ޕްރެންސްޓަން، ސްޓެމްފޯޑް، ކޮލަމްބިއާ މިހިރީ ނަން ހިނގާ މަޝްހޫރު ތަންތަނަކީ. ތިބުނާ ތަން ފުރަތަމަ 50 ގަ ކީއްކުރަން 80 ގަ ވެސް ލައްވާނުލާ.

The name is already taken The name is available. Register?

ސެލްފް ކްލެއިމްޑް އެވޯރޑް

15 July 2021

ފައިސާ ދީ އެކިއެކި ތަންތަނުން އެވޯރޑް ގަތުން ހުއްޓުވުމަށް ދައުލަތުގެ ކުނފުނިތަކުގެ އޯޑިޓް ކޮމިޓީއަށް ގޮވާލަން، މިކަންކަމަށް ޚަރަދުކުރަނީވެސް ތަނުގެ ފައިސާއިން.

The name is already taken The name is available. Register?

ޟާ124

15 July 2021

މުޅިކުންފުނި ގަޑުބަޑުކޮށްފި ކުުންފުނީގެ އެތެރޭގެ ހާލަތު ބަލައިބަލަ

The name is already taken The name is available. Register?

Mumthaz Ahmed

15 July 2021

މަހީނހީހަލާކު.

The name is already taken The name is available. Register?

އީސާ ހަލީމް

15 July 2021

ނަމޫނާ ލީޑަރަށް މަރުހަބާ. ދެން ހެނދުނު އެގާރަ ބާރައިގެން ކުރިން އޮފީހަށް ވަޑައިގަންނޭވޭނެ ކަމަށް އަދި ގަޑިއަކަށް ޖަލްސާއަކަށް ކިޔައިފިއްޔާ އެތާ ތިބޭ މީހުން ބައިގަޑި މަޑުކުރަން ނުޖެހޭނެ ކަމަށް ހީކުރަން. އެހެން ނޫނީ ތިދެއްކެވެނީ އަދި ނަމޫނާ އެއްކަމަކަށް ބެލެންނެތް. ރައްޔިތުންގެ ލާރި އެވޯރޑް ނުހޯދާ ތިމާގެ އުޅުން ރަނގަޅުވީ އޮޓަމެޓިކުން އެވޯރޑް ލިބޭނެ. ވަރަށް ސަލާމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454