ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ހިދުމަތް ދިން ތިން ގެސްޓުހައުސް އެއް ވަނީ ބާތިލުކޮށްފައި --ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
17 ޖުލައި 2021 - 17:51
ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ގަވައިދާ ހިލާފަށް ހިދުމަތް ދެމުން ދިޔަ ތިން ގެސްޓް ހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ބާތިލުކޮށްފި އެވެ.
ހުޅުމާލޭގައި ހިންގާ އެ ތިން ގެސްޓް ހައުސްގެ ހުއްދަ ބާތިލުކުރި ކަމަށް އެ މިނިސްޓްރީން މިއަދު ބުނި ނަމަވެސް ނަންތައް އާންމެއް ނުކުރެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަސްއަދު ރިޒާ "މިހާރު" އަށް ވިދާޅުވީ އެ ތަންތަނުގެ ހުއްދަ ބާތިލު ކުރީ އެ މިނިސްޓްރީ އަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ރޭ ހިންގި އޮޕްރޭޝަނަކަށް ފަހު ކަމަށެވެ. އަދި ހުއްދަ ބާތިލު ކުރީ ވަގުތީ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަސްއަދު ވިދާޅުވީ، ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ވުމުން ދީފައިވާ ބޮޑެތި ލުއިތަކާއެކު، މި ވަގުތު އެންމެ މުހިންމީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށާއި އެކަމާ ގުޅިގެން އެޗްޕީއޭ އިން ހަދާފައިވާ ގައިޑްލައިނާ ހިލާފުވާ ކޮންމެ ގެސްޓް ހައުސްއަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
"އޮޅުވާލައިގެން ސައުތު އޭޝިއާ ޓޫރިސްޓުންނަށް ހިދުމަތް ދޭ ކަމަށް އަޅުގަނޑުމެންނަށް ރިޕޯޓުތައް ލިބުމުން އެ ތަންތަނަށް ގޮސް އިންސްޕެކްޓް ކުރިއިރު އެބަތިބި ސައުތު އޭޝިއާ ޓޫރިސްޓުން. އެހެންވެ މިހާރު ވާނީ އެ ތިން ތަނުގެ ނަން އިމިގްރޭޝަނުގެ ލިސްޓުން ވެސް ނަގާލާފައި،" އަސްއަދު ވިދާޅުވި އެވެ.
Following the ongoing inspection for compliance of accommodating tourists arriving from South Asia and adherence to Covid protocols Ministry has decided to suspend operating licence of 3 Guest Houses and have cautioned 3 Guesthouse Operators in the Greater Male' Area.
— Ministry of Tourism (@MoTmv) July 17, 2021
ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓެއް--
ހުއްދަ ބާތިލުކުރި ތިން ގެސްޓް ހައުސްގައި ތިބި ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މީހުންގެ ސްޓޭ، ރިސޯޓުތަކަށް ބަދަލު ކުރުމުގެ ފުރުސަތު ދީފަ އެވެ. ސްޓޭ ބަދަލު ނުކުރާ ނަމަ އެ ޓޫރިސްޓުން އެނބުރި ދާން ޖެހޭނެ އެވެ.
ހުޅުމާލޭގެ ތިން ގެސްޓް ހައުސެއްގެ ހުއްދަ ބާތިލު ކޮށްފައިވާއިރު، އިތުރު ތިން ގެސްޓް ހައުސްއަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިންޒާރު ދީފަ އެވެ. އެއީ މާލޭގެ ދެ ތަނަކާއި ހުޅުމާލޭގެ ތަނެކެވެ. މީގެ ތެރޭގައި ދެކުނު އޭޝިއާ އިން ވޯކް ވިސާގައި އަންނަ މީހުން ކަރަންޓީން ވާން ހަމަޖައްސާފައިވާ ގެސްޓު ހައުސް އެއްވެސް ހިމެނެ އެވެ.
ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ވިސާ ދޫކުރުން މެދުކަނޑާލުމަށް ފަހު އަލުން އެ ސަރަހައްދުގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެޗްޕީއޭގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި މަހުގެ ނިޔަލަށް ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ގެސްޓް ހައުސްތަކުގައި ނުތިބެވޭނެ އެވެ.
ހޮޓަލެއްގައި ބުކިން ހަދާފައިވާ ކަމަށް ދައްކައިގެން ރާއްޖެ އެތެރެވާން އުޅެނިކޮށް އިއްޔެ ވަނީ 248 ބިދޭސީއަކު ވެސް އަތުލައިގެންފަ އެވެ. އޭގެ ތެރެއިން 168 މީހުންނަކީ އިންޑިއާގެ ރައްޔިތުން ކަމަށް ވާއިރު، އެ މީހުން އައީ މެދުއިރުމަތީގެ ގައުމުތަކަށް މަސައްކަތު ދިއުމުގެ ކުރިން ރާއްޖޭގައި ކަރަންޓީނުވާން ކަމަށް ވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
18 July 2021
ގެސްޓް ހައުސްގެ ނަމެއްނެތެވެ. ބަންދު ކުރިއަސް ހިދުމަތް ދީފާނެ އެވެ.
އަލި
17 July 2021
ހުރިހާ ރައްޔިތުންގެ މަސްލަހަތާ ގުޅޭ މިފަދަ ގަވައިދުތަކާއި ޚިލާފު ކަންތައްކުރާ ފަރާތްތަކަށް ޖެހޭނީ ހަމަ ހަރުކަށި ފިޔަވަޅު އަޅަން.
ބާތިލް އަހުމަދު
17 July 2021
ހުއްދަ ބާތިލް ކުރަންވީ ދާއިމީކޮށް. ގެސްޓްހައުސްގެ ވެރި ފަރާތައް ދުވަހކުވެސް ހުއްދަ ނުލިބޭގޮތަށް. ޢިމާރާތުގަ އަހަރެއްހާދުވަހު ގެސްޓްހައުސް ނުހިންގޭގޮތަށް. ގެސްޓުން ޖެހޭ އިމިގްރޭޝަން އަށް ދޮގުމައުލޫމާތު ދީފާވާތީ ޖޫތިމަނާކުރަން. ޢަދި އެމީހިންގެ މައުލޫމަތު އާންމު ކުރަންޖޫހޭ.
ޖިހަން
17 July 2021
ނަން ހާމަ ކުރޭ
ފެންނަނީއޭ
17 July 2021
ފެއިލްވެފައިވާ ސަރުކާރު ތަކުން ފެންނާނެ އަލާމާތް ތައް މިހާރު ތިޔާ ފެނިގެންދަނީ...
މަފް
17 July 2021
ނޫނޭ ހަރުކަށިކޮށް ފިޔަވަޅުތައް އަޅަންޖެހޭނަމަ، އެކަމަށް ފަސްނުޖެހޭނެކަން ފެނުނީ.
ކުދުބެއްޔާ
17 July 2021
ހުއްދަ ބާތިލް ކުރި ގެސްޓް ހައުސްތައް ނޭގޭނަމަ ދެން ކިހިނެއް އެގޭނީ އެތަންތަން އެ ހިންގަނީ ހުއްދަނެތިކަން. އާއްމުރައްޔިތުމީހާގެ ރައްކާތެރިކަމަށްޓަކާ ތިތަންތަން ރައްޔިތުމީހާއަށްވެސް އެގުން މުހިއްމު.
މޯޑް
17 July 2021
ރަގަޅަށް ތި ހެދީ
ރަދުން
17 July 2021
ވަގުންގެ ނަން ހާމަ ނުކުރަންޖެހޭ ސަބަބަކީ ކޮބާ.
ފަގީރުމީހާ
17 July 2021
ރާއްޖޭގަ ވިއްޔާ ނޫނީނޯވޭ ރައްޔިތުން ހަލާލުގޮތުގައި ބުރަމަސައްކަތް ކޮއްގެން ހޯދާ ފައިސާ ވަކިބަޔަކު ބޭނުންވާގޮތައް ކޮންޓުރޯލް ކުރާތަނެއް. ބީއެމްއެލް އޭކިޔާފަ މުއްސަދިންނާ ފަގީރުންގެ މެދުގައި ޑިސްކުރިމިނޭޓް ކުރަނީ، މުއްސަދިން ބިޒްނަސް އެކައުންޓު ހުޅުވައިގެން އަންލިމިޓެޑް ކޮން ރާއްޖެއާއި ރާއްޖޭން ބޭރުން ޑޮލަރުގެ މުައާމަލާތްތައް ހިންގާކަމީ އެންމެން ދަންނަ ބޮޑު ސިއްރެއް، އެހެން ގެންނަ މުދާ ބޮޑުއަގުގަ އެެއްކަލަ ނިކަމެތި ފަގީރުމީހާ އަށް މިވިއްކަނީ.
އާދަނު2
17 July 2021
މިހާރު ރަގަޅުއެއްޗެއް ވިސްނޭނެ ކަމަށް ހީކުރަން... ފޭކު ވައުޗަރު ހަދައިގެން އެތެރެ ކޮށްފަ ވެއްދީ އެހެންތާކަށް.