ކުރީގެ މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ މެމްބަރު މަލީހް ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު، އޭނާގެ ފޯމު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ އަބްދުއްރަހީމްއާ ހަވާލު ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް
19 ޖުލައި 2021 - 21:51
ކުރީގެ ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެމްބަރަކު އިދިކޮޅު ޕީޕީއެމާ މިރޭ ގުޅިވަޑައިގެންފި އެވެ.
މަލީހުގެ އިތުރުން އެ ޕާޓީއާ ގުޅިވަޑައިގަތީ ތުލުސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެވެ. އެ ތިން ބޭފުޅުން ޕީޕީއެމާ ގުޅިވަޑައިގަތީ އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މިރޭ ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު، އޭނާގެ ފޯމު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ އަބްދުއްރަހީމްއާ ހަވާލު ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް
ކޮމިއުނިކޭޝަން މިނިސްޓަރަކަށް މަލީހް ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން އޭނާ ވަނީ މަގާމުން ދުރުކޮށްފަ އެވެ. މަގާމުން ދުރުކުރުމުން މިހާރު އޭނާ ގެންދަވަނީ ސަރުކާރާއި އެމްޑީޕީއަށް ފާޑު ވިދާޅުވަމުންނެވެ.
މިއީ މަލީހާއި ވައްޑެ ޕީޕީއެމާ ގުޅިވަޑައިގެންނެވި ދެވަނަ ފަހަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅު ވެސް މަލީހް ޕީޕީއެމްގެ މެމްބަރަކަށް ހުންނެވި އެވެ.
ޖުމްހޫރީ ޕާޓީގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިރޭ ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު، އޭނާގެ ފޯމު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ އަބްދުއްރަހީމްއާ ހަވާލު ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް
ޕީޕީއެމްގެ މެމްބަރަކަށް ވައްޑެ ހުންނެވުމަށް ފަހު 2017 ގައި އޭނާ އެ ޕާޓީން ވަކިވީ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށްފަހު އެވެ. އޭނާ ޕީޕީއެމުން ވަކިވުމުން އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން އޭރު ނިންމި އެވެ. އަދި ގޮނޑި ގެއްލިފައި ވަނިކޮށް މަޖިލީހަށް ވަން ކަމަށް ބުނެ އޭނާ ހައްޔަރުކޮށް، ދައުވާ ވެސް ކުރި އެވެ. އެކަމަކު ފަހުން އެ ދައުވާތައް ވަނީ އަނބުރާ ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
21 July 2021
ކޮރަޕްސަނުން ފުރިފަ ތިބި ބައިގަނޑެއް ތީ އެނގިއްޖެ! މި މަލީހަކީވެސް މަވަރު މީހަކު ނެތިގެން ތެޅި އަރުވާ މީހެއް! ހައްދަވައިގެން އެއްޗެއް އެނގޭ ވެސް މީހެއް ނޫން!
8888
21 July 2021
ޕީޕީ އަށް ވެރިކަން ލިބޭއިރަށް މިނިސްޓަރުކަން ނުވަތަ މަޖިލީހުގެ މެންބަރުކަން ނުދީފިއްޔާ ބޮޑާހާކަމުން ދުވަން ފަށާނެ. ހެޔޮނުވާނެ ތިވަރުގެ ހަޔާތްކުޑަ ބަޔަކު ބަލައިގަންނަން. މަށަށް ތިއަށްވުރެ ރަނގަޅު އައްނިވެސް
ޝޯމޭން
20 July 2021
ނާޒިމުއާއި ރިޔާޒުއާ ބުންޏަސް ރަނގަޅުވާހަކައެއް ވާނީ ހަމަ ރަނގަޅު ވާހަކައަކަށް. ހައްތަހާވެސް ކަލްޓުއުސޫލުން އެކެއްގެ އާއިލާވަށައިގެން އެނބުރޭ ޕާޓީތައް. މައުމޫނު ވެރިކަމުން އޭރު ބޭލީވެސް އެގޮތް ކަމުނުގޮސްގެން. ހަރުދަނާ އިންތިހާބީ އުސޫލުތަކެއްގެ ތެރެއިން ރަނގަޅުމީހުން ނުކުތުމަށް އޮތް ދޮރުތައް ހުރިހާ ޕާޓީއެއްގަ ބަންދުވެފަ. އާއްމު މެމްބަރުންތައް ވިސްނައިގެން މިކަން މިހާރު އެއްކޮށް ނިމުމަކަށް ގެންނަންވެއްޖެ. މިހާރު އެމް.އެން.ޕީ ވަރެއް ހަމަ ނެތް.
މަކުޑި
20 July 2021
މަލީހު އަނެއްކާ ދެން އުފެދޭ ސަރުކާރުން މިނިސްޓަރުކަން ކަށަވަރުކުރީ ނޫނޭ ބޯބޮޑު ކޮންމެ ސަރުކާރަކުން މިނިސްޓަރުކަން އެބަ ކަށަވަރު ކުރޭ
ނަޖްވާ
21 July 2021
ކޮންމެ ކޮންމެ ފަހަރަކު އެހެން ވައި ކުޑަޔަކު ފުއްމާލެވޭނެއެކޭ ހިތެއް ނުބުނޭ!
ޑައިތީ
20 July 2021
ޢެއްބަޔެއް މިއުޅެނީ، ކުލަ ބަދަލުވަނީ.
ޗަންޕީ ގެ ލޮޓާ ގަނޑު
20 July 2021
ރިޕީޓަރުން@ ދެން ފަހެ މި ބައި މީހުން ގެ އެޖެންޑާ ގެ ތެރޭގައި އެންމެ ގިނައިން ސޮއި ކުރަމުން ގެންދާނީ ގޫ ޕާޓީ އަށް!
Happy 12
20 July 2021
ޢެެެެެެއްކަލާ ރައީސް ނާޝިދުވެގެން ރީދޫ ވެގެން ޕްރައިމަރީން ފެއިލް ވެގެން ބާކީވި ރުުކުމާ...? ދެންުހުރީ މިނިސްޓަރުކަން ހޯދަން ދުވާ މީހެއް.. އަބަދު ކުަލަބަދަލުކުޜާ ބޯވައެއް??
ޓީމް އަމީން
20 July 2021
ޕީޕީއެމްގަ ހަޤީޤަތުގަވެސް ނެތީ ޤާބިލުމީހުން. އަލަށް ގުޅުނު މި ޤާބިލްޓީމު ކުރިއަށްނެރެ ރަޢީސް ޔާމީން ވެރިކަމަށް ގެންނަން ކުރާމަސައްކަތް އެންމެ މަތީ ގިޔަރަށް ލާންވީ. އިންޝާﷲ ކާމިޔާބުވާނެ!
ބުރެއިން ސައިންޓިސްޓު
20 July 2021
އިންސާނުންނައް މިހެންވަނީ މާޒީގަ އެމީހުނައް ދިމާވެފަހުރި ކަންތައްތަކެއްގެ ސަބަބުން ސިކުނޑީގެ ވަކިހިސާބެއްގަ އުފެދޭ ދިޔަވަރެއްގެ ސަބަބުން އުފެދޭ ރާޅުބާނީގެ ސަބަބުން ސިކުނޑީގެ އެހެން ބައިތަކަކުން ވަކިހިސާބަކައް ފޮނުވާލާ ސިގްނަލްތަކެއް އެ ދާންވާހިސާބަަަަައް ނުގޮސް އެކަތި އަނެކެއްޗާ މުޑިއެރުމުގެ ސަބަބުން އެދިމާވާ ކަންތައްތަކެއްގެ ސަބަބުން އެކަންތައްތައް ދިމާވާ އިންސާނުނައް އެމީހުންގެ ސިކުނޑިން ދައްކާލާ ހިޔާލީ އަވާމެންދުރެއްގެ ސަބަބުން. (ނުނިމޭ)
އައި
20 July 2021
މަލީހަކީ ވަޒީރު ކަން ހޯދަށް ދުވާ ފެއިލްވެފަ ހުރި މީހެއް