ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
21 ޖުލައި 2021 - 15:19
އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދު މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފައިވާ ކަމަށާއި އެ ދަތުރަކީ އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި އެއީ އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ދަތުރުގައި ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވާނެ އެވެ. އޭގެ އިތުރުން އެ ގައުމުގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރުޝް ވަރުދަން ޝްރިންގްލާއާ ވެސް ބައްދަލުކުރައްވާނެ އެވެ.
އަންނަ ހުކުރު ދުވަހު އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒްގެ ސަޕްރޫ ހައުސްގައި ޝާހިދު ހާއްސަ ލެކްޗާއެއް ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި ޝާހިދުއާ އެކު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވެސް ވަޑައިގަންނަވަ އެވެ.
އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސަކު ހޮވުމަށް މިދިޔަ މަހުގެ 7 ވަނަ ދުވަހު އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި އިންތިހާބުގައި ޝާހިދު އެ މަގާމު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި އދ. ގެ މެމްބަރު 191 ގައުމުގެ ތެރެއިން 143 ގައުމެއްގެ ވޯޓާ އެކު އެވެ. މިއީ މި މަގާމަށް ދިވެއްސަކު އިންތިހާބު ކުރި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިހާބް
22 July 2021
އެމްޑީޕީ ވެރިކަމަށް ގެންނަން ވޯޓްދިން މީހުން ބާރަށް އަތްޖަހާ. ރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ގޮސްނިމިއްޖެ.
ާފަރަންޖީންނަށް ވިިއްކި ވެލި
22 July 2021
މިތިބީ އިންޑިއާ އާއެކު ލޯބިން އުޅެން
ދޮހޮއްކޮބެ
22 July 2021
މި ކުއާޓަރގެ ރިޕޯޓު ހުށައެޅުމާއި އދ. ގައި ވާހަކަ ދައްކަންވީ ސްކްރިޕްޓް ބަލާ ދެއްތޯ؟
ބަކުރީޒް
22 July 2021
މަގާމު ލިބުނީމަ އެންމެ ފުރަތަމަވެސް ދާން އެގުނީވެސް ތިތަނަށް ދޯ.. ވަރުގަދަ އިންޑިޔާއަކާއި ޖެހިފަ ތިތިބީ
އަލިބެއްޔާ2011
22 July 2021
އދ. ގެ މައިމަރުކަޒަކީ އިންޑިއާގައި ހުންނަ ރާޝްތްރަޕަތީ ބަވަން ވިޔަ.
ނައީންބެ
22 July 2021
އަނެއްކާ ކޮން އެއަރޕޯޓަކާ ބިންތަކެއްބާ ދޭން އެއްބަސްވާނީ ބޯހަލާކް
ދޮން ބަކުރު
21 July 2021
އިންޑިޔާ އައުޓް
ޙަމީ
21 July 2021
ޢިންޑިއާގަ މަޑުކުރަންވީނު. ގައިމު ކޮންމެ ފަހަރަކު ޓިކެޓަށް ދާ ވަރު ސަލާމަތްވާނެ
ތެދު
21 July 2021
އެޖެންޑާ ތައްޔާރުކުރަންދޯ. ޝާހިދޫ ދައުލަތުގެ ހަރަދުގައި އިސްރާފުނުކޮށްބަލަ. ޕަޕެޓް.
ޝިރާނީ
21 July 2021
ޝާހިދުމެން ރަނގަޅު ވާނީ ސިޔާސީ ދާއިރާ ދޫކޮއްލާފަ ރައްޖެ ދެކެ ލޯބިވާ މީހުންނަ ފުރުސަތު ދިނުން
ކާނޫ
21 July 2021
ވަރަށް ތާއީދު.