އުސްފަސްގަނޑު ސަރަހައްދަށް ވެލި އަޅަނީ --- ފޮޓޯ: މާލެ ސިޓީ ކައުންސިލް
27 ޖުލައި 2021 - 11:10
މާލޭގެ ހެދިގޮނޑުދޮށާއި ރަސްފަންނު ސަރަހައްދު، މޫސުމަށް އަންނަ ބަދަލުތަކާއެކު، ވަރަށް ބޮޑަށް ގިރަމުންދާތީ، އެ ދެ ތަން ހިމާޔަތްކުރަން މާލޭ ސިޓީ ކައުންސިލުން ވެލި އަޅަން ފަށައިފި އެވެ.
ކައުންސިލުން މިއަދު ބުނީ، ހެންވޭރު އާޓިފިޝަލް ބީޗާއި މާފަންނު ރަސްފަންނު ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް ފެށީ، މޫސުމީ ބަދަލާއެކު، އެ ދެ ސަރަހައްދު ވަރަށް ބޮޑަށް ގިރާފައިވާކަން ފާހަގަ ކުރެވިފައި ވާތީ ކަމަށެވެ. މިއީ ކޮންމެ އަހަރަކު ވަކި ދުވަސްވަރެއްގައި ކުރުމަތިވާ ކަމަކަށް ވިޔަސް، މި ފަހަރު ވަރަށް ބޮޑަށް ގިރާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ ފަރާތުން ވަނީ އުސްފަސްގަނޑު ސަރަހައްދަށް ވެސް ވެލި އެޅުމުގެ މަސައްކަތް ފަށައިފަ އެވެ. އެ ސަރަހަށްދަށް ވެލި އަޅަނީ އެ ތަނުގައި ހެދިފައިވާ އަޑިގުޑަންތައް ފިލުވުމަށެވެ.
އުސްފަސްގަނޑު ސަރަހައްދަކީ ގިނަ ބަޔަކު ކަސްރަތު ކުރުމަށާއި ގުޑިއެރުވުން ފަދަ މުނިފޫހިފިލުވުމުގެ ކަންކަމަށް ބޭނުންކުރާ ތަނަކަށް ވާތީ އަޑިގުޑަންތަކުން ލިބޭ އުނދަގޫތަކަށް ހައްލެއް ހޯދުމަކީ ވެލިއެޅުމުގެ ބޭނުމެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މި ތިން ސަރަހައްދަށް ގާތްގަނޑަކަށް 400 ޓަނުގެ ވެލި އަޅަން ޖެހޭ ކަމަށް ލަފާ ކުރެވޭއިރު އެ މަސައްކަތަށް ހަތަރު ވަރަކަށް ދުވަސް ހޭދަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައިކް
28 July 2021
އީއައިއޭގެ މައްސަލައެއް..
ފަނި މާލެ
27 July 2021
ކ.އަތޮޅު މާލެ އަކީ ދިވެހި ދައުލަތުގެ ޙަޒާނާގައި އަޅާފައިވާ ކަތުރު ފަންޏެއް.
އަހަންމަދާ
28 July 2021
ބައެއް ބޭފުޅުން 500 ރުފިޔާއަށް ވޯޓުވިއްކައިގެން ހޮވާފަ ތިބޭ މެންބަރުން މާލެއަށް ފައިސާ އަޅަނީ އަމިއްލަ އެދުން ބޮޑުކަމުން، ދެން ވާހަކަ ނުދައްކަ ތިއްބެވިއްޔާ ރަގަޅުވާނީ.
ހޮޅިމުއިއްޒު
27 July 2021
ކޮއްމެދުވަހަކު މާލޭ ސިޓީ ބަލަހައްޓާ ބަޔަކު ޔުނިފޯމް ލައިގެން ކާނުތައް ސާފްކުރުން، ގަސްތަކަށް ފެންދިނުން މާރުކޭޓް ސަރަހައްދު ބެލެހެއްޓުން، މަގުމަތީ ބޮކިތައް ބަދަލުކުރުން ފަދަ އާދައިގެ މަސައްކަތް ގަވާއިދުން ކޮއްމެދުވަހަކު ކުރާތަން ފެނުމުން އަހަރަންގެ ހިތުގެ ގަދަރު މުއިއްޒުއަށް އެބައިތުރުވޭ
ހިތަދޫ ހުސެން
27 July 2021
މުއިޒް ހޭވި ހަޑި މުއިޒް ދޯ މިސާފް ކުރަން ޖެހުނީ! ހަހަހަ!
އޮނަރަބްލް އަފީފު ދީދީ
27 July 2021
ދައުލަތުގެ ޙަޒާނާ ތިގޮތަށް ކަނޑަށް އެޅުމުގެ ބަދަލުގައި މާލެއާއި ޙުޅުމާލޭގައި އޮތް ރީތި ބީޗް ތައް މާލޭ މީހުން ބޭނުންކުރާންވީ ނޫންތޯ. # އަދި މާލެ ރައްޖާތެރި ކުރުމުގެ ގޮތުން މާލެއިން ތަޅާލާ އިމާރާތް ތަކުގެ ގާކުނޑި އަޅާ ތަނެއްގެ ގޮތަށް އާޓިފިޝަލް ބީޗާއި ތިޔަ ރަސްފަންޏު ހަދާލާ. އޭރުން ދުވަސްކޮޅަކުން ފަރުބަދަ ފަދަ ވެލިފުނިތަކެއް ވިނަ ފަޅާފައި ހުންނަ މަންޒަރު ރީތިވާނެ.
ނަސޭހަތެއް
28 July 2021
މާލެއަށް ކަންކުރަންވީ ގޮތް ކަނޑައެޅުން އަހަރުމެންނަށް ދޫކޮށްލައްވާފައި ލިބުނު މޮޅައިގެން ތިއްބެވުން ބުއްދިވެރި.
އާމިނަތު.
27 July 2021
ތިގޮތަށް ތިފައިސާ ކޮޅެއް މެދެއް ނެތްގޮތަށް ޙަރަދު ކުރުމުގެ ބަދަލުގައި ތިތަން ހިއްކާފައި ވިނަ އިންދާފައި ރީތިކޮށް ބާއްވަބަލަ.
އުވާލާ.
27 July 2021
ތިތަންތަން ބީޗްގެ ގޮތުގައި ބާއްވާނެ ކަމެއްނެތް. ބީޗަށް ދާން ބޭނުން ބަޔަކު ވިލިގިއްޔަށް ނުވަތަ ހުޅުމާލެއަށް ދިޔައިމަ ވީއެއްނު. ފަސްއަޅާ ހިއްކާފައި ގަސް އިންދާ ޕާކަކަށް ހަދާބަލަ.
އިޙްސާސް
27 July 2021
ތިޔަތަންތަން ނުގިރާ ގޮތެއް ނެހެދެ ދެއްތޯ. ރަސްފަންނު ތޮށިގަނޑު އެއްކޮށް ބައްދާ މަސްބާނަން ތިބެވޭ ގޮތަށް. މާސަޅިވާނެ.
އޮނަރަބްލް އަފީފު ދީދީ
27 July 2021
ދައުލަތަކުން ރައްޔިތުނާއިމެދު މިވަރަށް ތަފާތު ކުރުން ގެންގުޅޭ ޤައުމެއް ދިވެހިރާއްޖެ ފިޔަވާ ދުނިޔެގައި އޮންނާނެ ކަމަކަށް ޤަބޫލުނުކުރެވޭ. # ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެތައް ހާސްބަޔަކަށް ސާފުބޯފެނާއި ނަރުދަމާފަދަ އަސާސީ ހިދުމަތްނުދީ ކ.އަތޮޅު މާލޭގައި މިފަދަ އިސްރާފުގެ އެތައްމިލިޔަން ރުފިޔާގެ ޙަރަދު އެބަކުރޭ. # ތިޔަ ރަސްފަންނަކާއި އާޓިފިޝަލް ބީޗް ސަރަޙައްދަށް ވެލިއަޅާ ހިއްކާފައި ގަސްއިންދާ. ވިލިގިލި ހުޅުމާލޭގައި މާލޭމީހުން އެރޭނެ ބީޗް އެބައޮތް.
ކުލް
27 July 2021
ރަސްފަންނު މުއިއްޒުޒަމްވަނީ ދޯ؟