އެސްޓްރަޒެނެކާ ވެކްސިން: މިދިޔަ ހަފްތާގައި ރާއްޖެއަށް އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމެންޓެއް ވަނީ ލިބިފައި --ފޮޓޯ:އޭއެފްޕީ
27 ޖުލައި 2021 - 15:55
ތަފާތު ސަބަބުތަކާ ހުރެ ރާއްޖެއަށް ނުގެނެވި ލަސްވެފައިވާ، ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމެންޓެއް މިދިޔަ ހަފުތާގައި ރާއްޖެ އަށް ލިބިއްޖެ އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު އެކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވި ނަމަވެސް ގެނެސްފައިވާ އެސްޓްރާޒެނެކާގެ ޑޯޒްގެ އަދަދު ސާފެއް ނުވެ އެވެ.
ސަރުކާރުގެ އެހެން އިސް އޮފިޝަލަކު ވިދާޅުވީ ފަހުން ލިބިފައިވާ ކޮވިޝީލްޑްގެ 300،000 ޑޯޒްގެ ޝިޕްމެންޓް ހަދިޔާކުރީ ހެޔޮއެދޭ ފަރާތަކުން ކަމަށެވެ.
މިދިޔަ މަހުގެ ކުރީކޮޅު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ އެސްޓްރާޒެނެކާ ވެކްސިންގެ ބައި މިލިއަނެއްހާ ޑޯޒް މި މަހު ލިބޭނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން އެ ކުންފުންޏާއެކު ބައްދަލުވުންތައް ބާއްވާފައިވާނެ ކަމަށެވެ.
ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ބޭނުންވާ ވެކްސިން ރާއްޖެ ގެނައުމަށްޓަކައި އެސްޓްރާޒެނެކާ ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ މި އަހަރުގެ ކުރީކޮޅު އެވެ. މި އެއްބަސްވުމުގެ ދަށުން 700،000 ޑޯޒް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެ އަށް ވެކްސިން ގެނައުމަށްޓަކައި ސަރުކާރުން އެންމެ ފުރަތަމަ އެެއްބަސްވުމެއްގައި ސޮއިކުރީ އެސްޓްރާޒެނެކާއާ އެކު އެވެ.
އެސްޓްރާޒެނެކާ ވެކްސިންގެ ބައި މިލިއަނެއްހާ ޑޯޒް މި މަހު ލިބޭނެ ކަމަށް ރައީސް ކުރިން ވިދާޅުވި ނަމަވެސް ބާކީ 200،000 ޑޯޒް ލިބޭނެ ތާރީހެއް ވިދާޅެއް ނުވެ އެވެ.
އެސްޓްރާޒެނެކާ އާއި ކޮވިޝީލްޑް ވެކްސިންގެ ޝިޕްމެންޓެއް ރާއްޖެ އަށް ލިބިފައި ވާއިރު، މިނިވަން ދުވަހު ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިއްޔެ ވިދާޅުވީ، ވެކްސިން ޖެހޭ އުމުރުގެ އެންމެންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އަންނަ މަހު ފަށާނެ ކަމަށެވެ. އަދި އާބާދީގެ 90 ޕަސެންޓު އަންނަ މަހު ކޮވިޑް ވެކްސިން ޖަހާނެ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވިއިރު، ރާއްޖޭގެ އާބާދީގެ 50 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ.
މިދިޔަ ފެބްރުއަރީގައި ފެށި ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން އިއްޔެގެ ނިޔަލަށް 321،350 މީހުން ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، އޭގެ ތެރެއިން ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފައި ވަނީ 260،991 މީހުންކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުލިބޭ
28 July 2021
ލިބިއްޖެ! ލިބޭނެ ތާރީޚެއް ނޭގެ!
ކޮރަލް
27 July 2021
ރައްޖޭގަ އުޅޭ ދިވެހީންގެ އަދަދު 4 ލައްކަ އަށް ވުރެ މަދު ވާނެ ކަމަށް ބެލެވެއެވެ. ދެން 8 ލައްކަ ޑޯޒް އިން ހުރިހާ ދިވެހީންނަށް ވެކްސިން ޖެހޭނެ އެވެ. ދެން ބާކީ ގެންނަ ވެކްސިން ވިޔަފާރި އުސޫލުން ބިދޭސީން ނަށް ވިއްކާލަން ވީ އެވެ. އޭރުން ސަރުކާރުން ވެކްސިން ގަންނަން ކުރިހަރަދު ލިބޭނެ އެވެ.
ބޮރަލް
27 July 2021
ރޯނު އިކޮނޮމިސްޓެއް.
އަހްމަދު އަބްދުލް ޣަނީ
27 July 2021
މިއިން އެއްވެސް ވެކްސިންއެއް އަހަރުމެންގެ ފޮލޯކުރާ އަރަބި އެއްވެސް ގައުމަކުން ހަދާތަ؟ ނޫނީ ހަދަން އެއްވެސް މަސައްކަތެއް ކުރޭތަ؟ ކުރެވޭ ފެންވަރު އެބަހުރިތަ؟ ނޫނި އެނދު މައްޗައް ވެޑުވިފަ ނިދަން ތިބެނީތަ؟
ށަވިޔަނި
27 July 2021
ސިނޮވެކްއާ ގުޅިގެން ވެކްސިނެއް އުފެއްދުމުގެ މަސައްކަތް މިސުރުން ކުރަމުންދާކަމަށް އެނގިފައިވޭ. ދެންތިބިމީހުން ނިދާފަ ތިބިކަމަށްވަނީ. މިސުރު ފިޔަވައި އެހެން މީހުންގެ މަސައްކަތަކީ ވެކްސިން ހުއްދަތޯ ނޫންތޯ ބެލުން. މިކަން ވަރަށް މޮޅަށް އެބަކުރޭ.
ރަދީފްއޮފިޝިއަލް
27 July 2021
ބްރޯ.ޔޫއޭއީ އިން ކޮވިޑް ވެކްސިން އުފައްދަން ފެށިތާ ކިތަންމެ ދުވަހެއް.ސައުދީން ވެސް ދަނީ މިކަމަށް ތައްޔާރުވަމުން.މީގެ އިތުރު އެތައް ގައުމަކުން ދަނީ ރިސާޗް މަރުހަލާގެ މަސައްކަތް ކުރަމުން.ނަމަވެސް ، ނަމަވެސް ވަޅުގަ އޮންނަ ބޮކުގެ އުސޫލުން ވިސްނާ ބައެއް މީހުން (ކަލޭ ކަހަލަ މަދު ބަޔަކު) މައުލޫމާތުތައް ނޭނގި ތިހެން ކޮސްގޮވީމަ އެއީ މުޅި އިންސާނިއްޔަތަށް ކުރެވޭ ފުރައްސާރައެއް ކަމުގަ ނޫނީ ނުވާނެ.ކަލޭ ހީކުރަނީ އަރަބިން އެެއީ ބައެއް ނޫންކަމެއް ދޯ.ވ.ވެދުން
ސަލީމު އިދުރީސް
28 July 2021
އަރަބިންމިހާރުއެދެކޭ މުސްހަދި ކަމަކީހުޅަގުން ދުނިއެތަރައްގީކުރަން ކުރިއީޖާދާޢި ބުރަމަސައްކަތުން ލިބިފައޮތް މުސްހަދި ކަމެއްކަމާމެދު ވަޅުގައޮންނަ ބޮއްވެސް ސައްކުރުމުގެ ޖާގަޔެއް އޮތްކަމުގަ ނުދެކެން!މިބުނީ ބިމު އަޑީގައެއްޗެހުކަމާއި، އެބޭނުން ކުރެވޭއެޗްކަމާއި،އެނެގޭނެ ބުއްދިއެއް އަރަބިން ކިބައިގަހުރިނަމަ100އަހަރައް އެގުރިމެންޓުހަދާ ހުޅަނގުގެ ގައުމުތަކުން އެކަންކުރާނެ!ދިވެހިންވެސް ވެކުސިން ހަދަން ބޭނުންނަމަ ޔާމީނުގެސަރުކާރުން ހޯދި ތެޔޮވަޅުދައްކާށޭބުނޭ
Coronavirus
28 July 2021
އަރަބިންނަކީ އަބަދުވެސް ޖާހިލު ކަންމަތީ އުޅޭ ބަޔެއް. އެމީހުންނަ ކުރަން އެގޭ ކަމަކީ ކަތިވަޅި ހިފައިގެން މީހުންނަ ބިރުކައްކަމުން ދުވުން.
މަބުނީ
29 July 2021
އެނދުމައްޗަށް ވެއްޓިފަ އޮއްވާވެސް ބޭނުންވާ ހުރިހާ އެއްޗެއް ދެއްވައިފިނަމަ އޭގަ ކޮބާތަ މައްސަލައަކީ؟ ވެކްސިން އުފައްދާ މީހުން މަދީތަ މުޅި ދުނިޔޭގަ އެކަމުގެ ތެރެއަށް އެހެން ހުރިހާ ގައުމަކުން ވަންނަންޖެހެނީ؟ އެ އުފައްދަނީ ވިޔަފާރިއަށާ އެކީ. އެ ވިއްކޭނެ ގޮތެއް ނޯންނާނެ ދުނިޔޭގެ އެންމެން ވެކްސިން އުފައްދަން ފަށައިފިނަމަ. އެނދުގަ ވެޑުވިފަ ތިއްބާ ހުރިހާ އެއްޗެއް ލިބޭނީ ނަސީބުވެރިންނަށް. ދެން އެކަމާ ކޮން ހަސަދައެއް؟
ބިލް ކުލިންޓަން
27 July 2021
ވެކްސިންތައް އަންނަލެއް ގިނަކަމުން މަމިހުރީ ވާނުވާގާ.