28 ޖުލައި 2021 - 07:36
ޗައިނާގެ ފޯނު ކުންފުނި ރިއަލްމީން މެގްނެޓިކް ވަޔަލެސް ޗާޖިން ހިމެނޭ ފޯނެއް ނެރެން ތައްޔާރުވެއްޖެ އެވެ.
އެ ކުންފުނީގެ މި އުފެއްދުން ވާނީ އެންޑްރޮއިޑް ފޯނެއް މެގްނެޓިކް ވަޔަލެސް ޗާޖިންއާ އެކު ނެރޭ ފުރަތަމަ ފަހަރަށެވެ. "ރިއަލްމީ ފްލޭޝް" ގެ ނަމުގައި އުފައްދާފައިވާ ފޯނު ވަރަށް އަވަހަށް ރަސްމީކޮށް ބާޒާރަށް ނެރޭނެ އެވެ. މީގެ ވާހަކަ ރިއަލްމީން ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެކަމަކު މިއާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.
"ރިއަލްމީ ފްލޭޝް" ގައި ހިމެނޭ ވަޔަލެސް ޗާޖަރަށް ދީފައިވާ ނަމަކީ "މެގްޑާޓް" އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޔޫއެސްބީ -ޕޯޓް ވެސް ހިމެނޭ މި ޗާޖަރުގެ ކެޕާސިޓީއަކީ 15 ވޮޓެވެ.
އެޕަލް އިން މިދިޔަ އަހަރު ނެރުނު އައިފޯން 12 އަށް، މީގެ ހަފުތާއެއްހާ ދުވަސްކުރިން މެގްނެޓިކް މެގްސޭފް ބެޓެރިއެއް ނެރެފައިވެ އެވެ. އޭގެ އަގަކީ 99 ޑޮލަރު (1,526ރ.) އެވެ.
In our quest to be the pioneers of technology, we created #realmeFlash.
— realme (@realmeIndia) July 27, 2021
It's the world's first Android Phone with Magnetic Wireless Charging!
RT if you can't wait for it. #realmeTechCharging #DareToLeap pic.twitter.com/v2qNNsXkaw
ފޯނު އުފެއްދުމުގެ ވިޔަފާރި އަށް ނުކުތްތާ އަދި އެންމެ ތިން އަހަރެއްހާ ދުވަސްވީ ރިއަލްމީން އެންޑްރޮއިޑް ފޯނުގެ ޗާޖިން އަށް ބޮޑު ބަދަލެއް ގެނެސްދިނުމަކީ ޔަގީނުން ވެސް ވާދަވެރި މި ވިޔަފާރީގެ ތެރޭގައި އެ ކުންފުންޏަށް ހޯދޭ ވަރަށް ބޮޑު ކާމިޔާބިއަކަށް ވާނެ އެވެ.
ބެއިޖިންގައި ހެޑްކުއާޓަރު ހުންނަ ރިއަލްމީގެ ބާނީ އަކީ ސްލައި ލީ އެވެ. އޭނާ އަކީ ކުރިން ޗައިނާގެ އޮޕޯ ކުންފުނީގެ ވައިސް ޕްރެޒިޑެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަލީލުލް
28 July 2021
ޗައިނާ މީހުންނަށް ފޯނެއް ހަދާލުންމީ މިހާރު ލައްކަ ފަސޭހަކަމެއް. ގޭ ދޮށު ފެކްޓަރީ ހަދައިގެން އެންމެން ފޯނު ހަދަނީ. ދުވަސްކޮަޅަކުން އެއަރބަސް ވަރުގެ މަތިންދާބޯޓް 100 ޑޮލަރަށް އަލީ އެކުސްޕްރެސް އިން ލިބެން ހުންނާނެ