ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފައިލް ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
28 ޖުލައި 2021 - 21:33
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލަ ހައްލުކުރުމަށްޓަކައި އެތަނުގެ ވަށާފާރު އުސްކުރުމުގެ އަމަލީ މަސައްކަތް މާދަމާ ފަށާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒްންސް (ސީޕީ) އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ޖަލުގެ ވަށާފާރު އުސްކުރުމުގެ މަސައްކަތް މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ސީޕީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
"މި މަސައްކަތް ނިމުމުން ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލަ އަށް ހައްލެ ލިބިގެންދާނެ،" ސީޕީ ވިދާޅުވި އެވެ.
ސިއްރުން ޖަލަށް މަނާ ތަކެތި ވައްދާ މައްސަލަ ބޮޑުވެފައި ވާއިރު، ރޭ ވެސް ވަނީ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.
ސިޕީ ވިދާޅުވީ ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށްޓަކައި ޕޮޓުކޮށްފައިވާ މަސްތުވާތަކެތި ހޯދާފައިވާ ކަމަށާއި އަދި މިހާރު އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޖަލުގައި ގެންގުޅުން މަނާ ތަކެތި އެކި ގޮތްގޮތަށް އެތެރެ ކުރާތީ، އެ ތަކެތި ހޯދުމަށް މިފަހުން ވެސް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައިފަ އެވެ. މާފުށީ ޖަލުގައި ހިންގި އެ އޮޕަރޭޝަންގައި 40 އަށް ވުރެ ގިނަ ފޯނާއި އިތުރު ތަކެތި ވަނީ އަތުލައިގެންފަ އެވެ. ޖަލުގައި ފުލުހުން ހިންގާ އެކި އޮޕަރޭޝަންތަކުގައި އެންމެ ގިނައިން އަތުލައި ގަންނަނީ ވެސް ފޯނެވެ.
ޖަލުގައި ގައިދީން ފޯނު ބޭނުންކުރުން ހުއްޓުވުމަށް ނެޓްވޯކް ޖޭމަރު ހަރުކުރުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އެކަމަށް އަންނަ އަހަރު ހައްލެއް ލިބޭނެ ކަމަށް ސީޕީ ވަނީ ކުރިން ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަނާ.
01 August 2021
މޮޔަކަމާ.. އުސް ފާރު މަތިން ޑްރޯން މެދުވެރިކޮށް ވެސް ވައްދާނެ. ނޫނީ އަަޑިން ބިންގަރާސް ހަދައިގެން ވެސް ވައްދާނެ... ޖަލު ބަލަހަައްޓަން ތިބި މީހުންގެ ބޮލު ތެރޭ އޮތީ ޕީނަޓެއް.
ޝެރީން
29 July 2021
ރީތި ފިރިހެނެއް
އުސްފާރު
29 July 2021
ފާރުތައް ހުސްކުރަންދާ ޚަރަދަށްވުރެ ކުޑަ ޚަރަދަކުން ސެކިއުރިޓީ ވަރުގަދަކުރެވިދާނެ. ޖަލުގެ ވަށައިގެން ކެމެރާ ހަރުކޮށް 24 ގަޑިއިރު ސެކިއުރީ ބެލެހެއްޓުމުން ޖަލުތެރެއަށް އެއްޗެހި އުކިގެން ނުވާނެ. ފާރު ކިތަންމެ ވަރަކަށް އުސްކުރިޔަސް ސެކިއުރިޓީ ނުބަލަހައްޓާނަމަ ޑްރޯންފަދަ ތަކެތި ބޭނުންކޮށްގެންވެސް ޖަލުތެރެއަށް ތަކެތި އެތެރެކުރެވިދާނެ. ވީއިރު ކަންކަންކުރާއިރު ޒަމާނާއި އެއްގޮތަށް އެކަންކަން ކުރުމަކީ މުހިއްމުކަމެއް.
ރަދީފްއޮފިޝިއަލް
29 July 2021
މިފަދަ ސިމްޕަލް ކަންކަން 2021 ވަނަ އަހަރު އައިއިރުވެސް ހައްލުނުވެ ބޮޑެތި ހެޑްލައިން ހެދޭ ގައުމެއް އެޓްލަސްގަ ނޯންނާނެ.ވ.ވެދުން
އަފުރާސިޔާބު
29 July 2021
މިކަލަ މޮޔައިން ތަންތަނަށް ލައިގެން ކޮންކަމެއް ރަނގަޅުކުރެވޭނީ. މަތިން އެއްޗެހި ނޫކޭވަރަށް ފާރުތައް އުސްކުރެވިދާނެތަ؟ ކަލޯ ތިޔަޔަށްވުރެ މާރަނގަޅުވާނެ މަތި ބައްދާލައިފިއްޔާ އެކީއެކަށް. އެއިރުން ވާރޭ ތިއްކަށްކަށްވެސް ޖަލުގެ ހަތަރުފާރުތެރެއަށް މަތިން ނާދެވޭނެ ކަން ޔަގީންވީނުން.
ށަސު
29 July 2021
ޖަލު ސަރަހަދަށަ އާއްމުންނަށް ވަދެވޭތަ؟
ފަށަން
29 July 2021
800 ސިމްކާރޑް އެކަކުނަމުގަ ނެގޭ އެހެންގައުމެއް މި އުޑުދަށުގަވޭބާ. އެންމެންރާވައިގެން ހިންގާ ޖަރީމާތަކެއް.
ޕޮޓުކޮށްފައި
29 July 2021
[”ޖަލަށް ވެއްދުމަށްޓަކައި ޕޮޓުކޮށްފައިވާ މަސްތުވާތަކެތި“] މި ބުނަނީ ކީކޭ؟ ފަހުމެއް ނޫން. ކިހިނެތް ޑުރަގު ވެއްދީ؟ ވަޓް އިޒް ޕޮޓުކޮށްފައި؟؟
އިޔެ1
29 July 2021
ކަންޒަގު ކޮނެފައި ފެންއަޅާ ބަލަ.
އޮނަރަބްލް އަފީފު ދީދީ
29 July 2021
ޖަލުގެ ފާރު އުސްކުރުމުގެ ބަދަލުގައި ތިޔަ ޖަލުތައް މީހުން ދިރިއުޅޭ ރަށްތަކާއި ދުރުގައި އެކަހެރިކޮށް އޮތް ފަޅުބޮޑު ރަށެއްގައި ހަދާބަލަ. # އަދި މުޅިރަށުގެ ވަށައިގެން Electric Fence ޖަހާ މޮބައިލް ފޯން ޖޭމަރ ހަރުކޮށް މުޅިރަށް (ޖަލު) ބެލެހެއްޓޭނެ ކެމަރާ ސިސްޓަމް ހަރުކޮށް އެތަނުގައި ތިބޭ އޮފިސަރުންގެ އިތުރުން މާލެ ނުވަތަ އެހެން ރަށަކުން އެތަން މޮނިޓަރ ކުރެވޭގޮތް ހަދާންވީ ނޫންތޯ؟ އަދި ޖަލުމީހުން ލައްވާ މަސައްކަތް ކުރުވާފައި އެމީހުނަށް އޭގެ އަގު ދީބަލަ.
ކުޗީ
29 July 2021
ނަހަދާނެ ... މިހާރު ފައިދާލިބޭ ބަޔަކަށް މާފައިދާ ބޮޑު.
ރަދީފްއޮފިޝިއަލް
29 July 2021
ވަރަށް ރަނގަޅު ހިޔާލެއް.މިފަހަރުގެ ހިޔާލުގަ ''އައްޑޫ'' ނުހިމެނުން އެއީ އަޖައިބެއް.