އިސްލާމިކް ސެންޓަރުގައި ބިދޭސީންނަށް ވެކްސިން ޖަހައިދެނީ-- މިހާރު ފައިލް ފޮޓޯ/ އަހުމަދު އަވްޝަން
29 ޖުލައި 2021 - 10:10
ކޮވިޑް-19 އިން ދިފާއުވުމަށް ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުންޏާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ރާއްޖޭގައި ޖަހަން ބޭނުންވާ މީހުންނަށް އެޕޮއިންޓްމެންޓް ދޫކުރަން މިއަދު ފަށައިފި އެވެ.
އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި އެ ވެކްސިން ޖަހައިދޭން ނިންމާފައިވާއިރު، ވެކްސިން ޖަހަން ބޭނުންވާ މީހުން ޖެހޭނީ އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ނަގާށެވެ.
ޕޯޓަލްގައި އެ މީހެއްގެ މައުލޫމާތު ފުރިހަމަކުރުމަށް ފަހު، ވެކްސިން ޖަހަން ދާން ބޭނުންވާ ގަޑި އާއި ތާރީހު އިހުތިޔާރު ކުރުމުން، އެ މީހަކަށް އެޕޮއިންޓްމެންޓް ހަމަޖެހުން ކަމުގެ މެސެޖެއް ލިބޭނެ އެވެ. ޕޯޓަލް މެދުވެރިކޮށް މިގޮތަށް އެޕޮއިންމެންޓް ހެއްދުމުގައި އުނދަގޫތަކެއް އުޅޭ ނަމަ އެޗްޕީއޭގެ 1676 އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
Vaccine Appointments • HPA
Get yourself signed up for an online appointment.
ވެކްސިން އެޕޮއިންޓްމެންޓް ދޫކުރަމުން އަންނަ ޕޯޓަލް--
ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު، ގަޑިއަށް ވެކްސިން ސެންޓަރަށް ދިއުމަށް ވެސް އެޗްޕީއޭ އިން އެދެ އެވެ. އަދި ގަޑިއަށް ނުދާ މީހުންގެ އެޕޮއިންޓްމެންޓް ކެންސަލްވާނެ ކަމަށާއި އެ މީހުން ޖެހެނީ އަލުން އެހެން ދުވަހަކަށް އެޕޮއިންޓްމެންޓް ހައްދަން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑުން ދިފާއުވާން ދޭ ވެކްސިންތަކުގެ ތެރެއިން އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހަ ސެންޓަރަކުންނެވެ. އެއީ، ސޯޝަލް ސެންޓަރު، އިސްލާމިކް ސެންޓަރު، އާޓް ގެލެރީ، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލް ފިޔަވައި ބާކީ ހުރި ފަސް ސެންޓަރުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ކުރިއަށް ގެންދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
ކޮވިޑުން ދިފާއުވުމަށް ރާއްޖެއިން އެންމެ ފުރަތަމަ ޖަހަން ފެށި، ކޮވިޝީލްޑް ވެކްސިން ހުސްވާން ގާތްވުމާ އެކު އެ ވެކްސިން ޖެހުން މެދުކަނޑައިލީ މިދިޔަ މެއި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޭރު ދެވަނަ ޑޯޒް ޖަހާފައި ތިބީ މަދު ބަޔަކަށެވެ. ކޮވިޝީލްޑް ވެކްސިން ހޯދުމުގައި ދަތިވެފައިވާތީ އެޗްއީއޯސީން ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖަހާފައި ތިބި މީހުންނަށް ދެ ވަނަ ޑޯޒުގެ ގޮތުގައި އެސްޓްރަޒެނެކާ ވެކްސިން ދޭށެވެ. މި ދެ ވެކްސިނަކީ ވެސް އެއް ފޯމިއުލާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ދެ ވެކްސިނެވެ.
ރާއްޖޭގައި ފަސް ލައްކައެއްހާ މީހުން ދިރިއުޅޭއިރު، ވެކްސިން ޖެހޭ އާބާދީގެ 262،128 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. އަދި 321،523 މީހުންނަކީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ތިބި މީހުންނެވެ.
ސަރުކާރުން ނިންމާފައި ވަނީ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އަންނަ މަހު ފަށައި އެ މަހުގެ ތެރޭގައި 90 ޕަސެންޓް މީހުންނަށް ވެކްސިން ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޫކީޕީ
29 July 2021
އެއްވަނަ ޑޯޒަށް އެޕޮއންޓްމަންޓް ރިޖެކްޓް މިއަރަނީ. ވަރަށް އުޅެފިން.
ޒެނަކާ ފެނަކާ
29 July 2021
މަ ބޭނުމީ އަރަބިން އުފައްދާ ވެކްސިން ޝަހީމް އަދާލަތު ރަނގަޅު ވެކްސިނެއް ގެނެސްދީބަލަ! އަދި ރަނގަޅު އަރަބި ފޯނަކާ ސައިކަލަކާ ޓީވީއެއް އެތެރެކޮށްބަލަ އެމީހުން އުފައްދާ އެއްޗެހި މާ މޮޅުވާނެ!
ޖަމަލު
29 July 2021
ޝަހީމު އާއއި އަދާލަތާ ދުވަހަކުވެސް ތިކަހަލަ ވާހަކައެއް ނުދައްކާ. އެކަމު އަންނި ކިޔާ ޗައިނާ އެއީ ގޯހޭ އިންޑިއާ އޭ ރަނގަޅުވާނީ
ބިރުވެތިވޭސ
29 July 2021
ކަލޯ، އަރަބިންނޭ ކިޔައިގެން ކާކަށް މަލާމާތްކުރާނަމޭ ހިތާ ތިއުޅެނީ
އަސްޓުރާ ތާފީޤު
29 July 2021
އަހުރެން ބޭނުމީ ފާއިޒާ ޖަހަން
ބުރުވާލިބާގިރުގެ ސިޔާސީ ވެކްސިން
29 July 2021
ފުރަތަމަ ޑޯޒެއް އެޕޮއިންޓުމަންޓު ނުހެއްދެނީ ކީއްވެ؟ ގައިމު އައިޑީ ކާޑުގައި އޮތްގޮތަށް ނަންވެސް މިލިޔަނީ، އެޗްޕީއޭ ކުދިން ނެކަން ބުނެބަލަ
ޕީއެޗްއޭ
29 July 2021
އެސްޓްރާ ޒެނިކާ ގެ އެއްވަނަ ޑޯޒު ޖަހަން އެޕޮއިންމަންޓެއް ހަދަން އުޅެއުޅެ ވަރުބަލިވެއްޖެ، ރިޖޭކްޓުވަނީ، މިކަމަށް ޙައްލެއް ބޭން
ހުސެން5555
29 July 2021
ފުރަތަމަ ދެވަނަ ޑޯޒް ޖަހާފަ ފަހުން އެއްވަނަ ޑޯޒް ޖަހާ
އަހުމަދުއަލީ
29 July 2021
އަސްޓްރާޒެނެކާ އަކީ ޔޫރަޕު ކުންފުންޔެއް. ސިންގަޕޫރުގަ އެމީހުންގެ އޮފީހެއްހުރޭ އެކަމަކު އެއީ ވެކްސިން އުފައްދާ ތަނެއްނޫން. އަސްޓްރާޒެނެކާގެ މެނުފެކްޗަރިން ފެސިލިޓީތައް ހުންނަނީ ޔޫރަޕުގެ އެކި ގައުމުތަކުގައާ އެމެރިކާ އަދި ޗައިނާގަ. އޭގެ އިތިރުން ލައިސަންސް ހޯދައިގެން އިންޑިޔާގެ ސީރަމް އިންސްޓިޓިޔުޓުން (ކޮވިޝީލްޑް ގެ ނަމުގަ) އަދި ސައުތު ކޮރެޔާ ކުންފުންޔަކުން އުފައްދާ. ލައިސަންސް ނަގައިގެން އެކި ނަން ނަމުގަ އުފެއްދިޔަސް އެއީ ހަމަ އެކައްޗެއް.