ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް: ވޯޓު އަލުން ގުނަން އުޅޭތީ ފާޑު ވިދާޅުުވި. --ފޮޓޯ:އޭއެފްޕީ
27 ނޮވެމްބަރ 2016 - 09:50
ނިއު ޔޯކް (ނޮވެމްބަރު 27) - އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ވޯޓު ހެކްކޮށްފައިވާ ކަމަށް ތުުހުމަތުކޮށް ތިން ސްޓޭޓެއްގެ ވޯޓު އަލުން ގުނަން އުޅޭތީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ފާޑު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ ހިލަރީ ކްލިންޓަން ވަނީ މާކުރިން ބަލި ގަބޫލްކޮށްފައި ކަމަށާއި އިންތިޚާބުގެ ހުރިހާ ކަމެއް ނިމިފައިވާ އިރު ވޯޓު އަލުން ގުނަން އުޅުމަކީ ހީލަތްތެރި ރޭވުމެއް ކަމަށެވެ.
ވޯޓުގެ އެއް ޕަސެންޓް ވެސް ނުލިބޭ ގްރީން ޕާޓީގެ ކެންޑިޑޭޓް ޖިލް ސްޓެއިން އިސްވެ ހުންނަވާ ވޯޓު ގުނަން އުޅުމުގެ ހަމައެކަނި ބޭނުމަކީ ފަންޑް ރެއިޒް ކުރުން ކަމަށް ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ. އަދި އެކަމުގައި ނާކާމިޔާބުވި ޑިމޮކްރެޓިކުން ވެސް ބައިވެރިވެފައިވާ ކަމަށް ޓްރަމްޕް ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ވޯޓުގައި މައްސަލަ އުޅޭ ކަމަށް ތުހުމަތުކޮށްފައިވާ ވިސްކޮންސިންގެ ވޯޓު ގުނުމަށް ސްޓެއިން މިހާރު ވެސް ވަނީ ފަސް މިލިއަން ޑޮލަރު ހަމަކޮށްފަ އެވެ. އެ ސިޓީގެ ވޯޓު މި ހަފުތާގައި ގުނަން ފަށާނެ ކަމަށް ލަފާކުރެވ އެވެ.
ގްރީން ޕާޓީގެ ކެންޑިޑޭޓް ޖިލް ސްޓެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ޓްރަމްޕް ވިދާޅުވެފައި ވަނީ އިންތިޚާބު ވަނީ ނިމިފައި ކަމަށާއި ރައްޔިތުންގެ ބަސް އިއްވައިފި ކަމަށެވެ. އަދި ހިލަރީ ކްލިންޓަން އަމިއްލަ އަށް އޭނާ އަށް ގުޅުއްވާ ބަލި ގަބޫލްކޮށް، ނަތީޖާ ވެސް ގަބޫލްކޮށްފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ އަށް ގޮންޖެހުމުގެ ބަދަލުގައި އެ ނަތީޖާ އަށް އިހްތިރާމް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ވިސްކޮންސިންގެ ވޯޓު އަލުން ގުނުމަށް ހުށަހެޅުމުގެ ސުންގަޑި ވަނީ ހުކުރު ދުވަހަށް ހަމަވެފަ އެވެ. ޕެންސިލްވޭނިއާގެ ސުންގަޑިއަކީ ހޯމަ އެވެ. އަދި މިޝިގަންގެ ވޯޓު އަލުން ގުނަން ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ ބުދަ ދުވަހު އެވެ. ވިސްކޮންސިންގެ ވޯޓު އަލުން ގުނުމުގައި ބައިވެރިވާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީން ވެސް ވަނީ ބުނެފަ އެވެ.
ވިސްކޮންސިންގެ 10 އިލެކްޓޯރަލް ވޯޓު އެކަނި ލިބުނު ނަމަވެސް ޓްރަމްޕުގެ މައްޗަށް ހިލަރީ ކްލިންޓަނަށް ކުރި ނުހޯއްދެވޭނެ އެވެ. ނަމަވެސް މިޝިގަންގެ 16 އިލެކްޓޯރަލް ވޯޓާއި ޕެންސިލްވޭނިއާގެ 20 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފި ނަމަ ޑިމޮކްރެޓިކް ކެންޑިޑޭޓް ކޮޅަށް ނަތީޖާ ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވި ޓްރަމްޕާއި ހިލަރީ. --ފޮޓޯ:އޭއެފްޕީ
ވޯޓުގައި އޮޅުންތަކެއް ކުރި ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ ވޯޓު އަލުން ގުނުމަށް ލަފާދީފައި ވަނީ ކޮމްޕިއުޓާ ސައެންސްވެރިންނެވެ. ސައެންސްވެރިން ލަފާކޮށްފައިވާ ގޮތުގައި މި ތިން ސްޓޭޓުގެ އިލެކްޓްރޯނިކް ވޯޓު ހެކްކޮށްފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ސަބަބަކީ ވޯޓު ކަރުދާސް ބޭނުންކޮށްގެން ހިލަރީ އަށް ލާފައިވާ ވޯޓާއި އީ-ވޯޓިންގައި ބޮޑު ފަރަގެއް އުޅޭތީ އެވެ.
ރިޔާސީ އިންތިޚާބުގައި ގިނަ ބަޔަކު ވޯޓުލީ ހިލަރީ އަށް ކަމަށް ވިޔަސް ޓްރަމްޕް ހޮވިވަޑައިގެންނެވީ އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ. ޓްރަމްޕަށް 290 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވި އިރު ހިލަރީ އަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ވޯޓެވެ. މިޝިގަންގެ ނަތީޖާ މުޅިން ނުނިމޭތީ އެ ސްޓޭޓުގެ 16 އިލެކްޓޯރަލް ވޯޓު ލިބޭ ފަރާތެއް އަދި ކަނޑަނާޅަ އެވެ. އިންތިޚާބުގެ ބޭއްވިތާ ދެ ހަފުތާ ފަހުން އަދިވެސް ބައެއް ވޯޓު ގުނަމުންދާ އިރު ހިލަރީ ވަނީ ޓްރަމްޕަށް ވުރެ އިތުރަށް ދެ މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. މިހާތަނަށް 64.2 މިލިއަން ވޯޓު ވަނީ ހިލަރީ އަށް ލިބިވަޑައިގެންފައިވެ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 62.2 މިލިއަން ވޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަން ހުސެން
28 November 2016
މިތަނުގަ ކޮމެންޓު ކޮށްފަ މިހިރަ ފާތުން ކަހަލަ ބޮލައް ބަރު ވެއްޓިފަ ތިބި މީހުން މިގައުމުގަ ގިނަވެގެން މިގައުމުވެސް ހަލާކުމިވަނީ. ނޫސްތަކުގަ ޚަބަރު ގެނެސްދިނުމާ ކޮމެންޓްކުރުމަކީ ވަކި ހިސާބަކަށް ލިމިޓް ކުރެވިފަ އޮންނަ ކަމެއް ނޫންކަމާ ކޮމެންޓު ލިޔަނީ ޚަބަރު ނިސްބަތްވާ ބަޔަކަށް އިއްވުން ނޫންކަންވެސް ނޭގޭ މީހުން އަނގަ ބާނާތީ ދެރައީ.
ފާތުން
27 November 2016
ކަލޭމެން ލިޔެފަ ހުރި ހުރިހާ ކޮމެންޓް ތައް ޓުރަންޕް އާއި ހިލަރީ ކިޔައިފި މިހާރު ވަރައް ޝުކުރުވެސް ދެންނެވި' ލޮލް
ހިލަރިިިިިިިިިިިިިިިިިިިިިިިިިިިިި
27 November 2016
ހިލަރި އެމެރިކަަ ގެ ރައިސް
ގާސިމް
27 November 2016
ޜާޢްޖޭގައި ނަގާ އީ ވޯޓެއް ދެން އަމުދުން ގަބޫލެއް ނުކުރާނަން.
ފުއާދު ތައުފީޤް
27 November 2016
ދާއިމީ ނަތީޖާ އެންގުމުން ނޫނީ ހޮވުނު ކެންޑިޑޭޓެއް ނޭނގޭނެ!
ހިލަރީ
27 November 2016
ކޮން އިލެކްޓޯރަލް ވޯޓެއްތަ ! ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބެއްގައި ރައްޔިތުންގެ ގިނަ ވޯޓް ލިބޭ ފަރާތެއް އިސްކުރަންވާނީ !
ރކ
27 November 2016
އެހެންވީމަ ރާއްޖޭގައިވެސް އަންނި އާއި ހަވާލުކުރޭ
އައްޔަ
27 November 2016
އީ ވޯޓިންގައި މަކަރު ނުހެދޭނެއޭ އެބަބުނޭ ރާއްޖޭގެ މޮޅެތި ސައެންސްވެރިން
ވަޒަންބެ
27 November 2016
ރާއްޖޭގެ ސައިންސްވެރިން އެމެރިކާއަށް ގެންދަން ޖެހޭ ވޯތުގުނަން
ޓްރަމްޕް
27 November 2016
ވޯޓު ގުނުމާ ދެކޮޅުހެދުމުން އެނެގެނީ ކޮންމެވެސްކަހަލަ ކަންތަކެއް ހިނގަފައިވާކަން ޓްރަމްޕް ވެސް ގަބޫލުކުރާކަމެވެ.
މިކުއްޖާ
27 November 2016
ސީރިއަސްލީ... ކޯފާ ވެއްޖެޔޭ
Abdul Latheef
27 November 2016
ދިވެހިކިޔަވަނދޭބަލަ
މަންސޫރު
28 November 2016
ލަތީފު ދިވެއްސަށް ވަރަށް މޮޅުކަން ކޮމެންޓުން ދައްކުވައިދީފި.
ޝޭމްޝޭމް
27 November 2016
އޭއި ޓްރަމްޕް. ރައްޔިތުންގެ ބަސް އިއްވީ ހިލަރީ ކްލިންޓަން އަށް އެމެރިކާގެ ރައީސް ކަން ދޭން އެވެ. ތަމެންނަށް އަދި ތިޔާ އުޅެވެނީ ކުޑާ ކޮށް މިސްއަންޑަރސްޓޭންޑް ވެގެންނެވެ. ދެން އެހެން ނޫނަސް އެމެރިކަން ޕޮލިޓިކްސް އަކީ އެއީ ދުނިޔޭގައި އޮތް އެންމެ ކަރަޕްޓެޑް ޕޮލިޓިކަލް ސިސްޓަމް އެވެ. ރައްޔިތުންގެ ތާއީދު ނެތި ރިޔާސީ ނިޒާމް އިން ވެރިކަން ކުރާ ހަމަ އެކަނި ގައުމަކީ އެއީ ޔޫއެެސްއޭ އެވެ. ޝޭމް އޮން ޔޫ ގައިޒް. ތިޔާ ވައްތަރީ ރަންރީނދޫ ޓްވިޓަރޭ މެން ތައްޔާރު ކުރި ފޭކް އޮފް ދަ ފޭކް ސްޓީލިންގް ޕެރެޑައިސް އާއި އެވެ.
މަކަރުމޭން
27 November 2016
އެހެން ވެއޖެނަމަ ސްޓީލިންގް ޕެރެޑައިސް ތީ އަލްޖަޒީރާގެ އުފެއްދުމެއް ނޫނެއް ނޫން ދޯ. ތިހިރީ ދެން ތިޔާ ރަންރީނދުލޭމެން ގެ މަކަރުވެރިކަން ދޯ.
އޭއި
27 November 2016
ބަލަ ކަލޭ އުޅުނު އެމެރިކާގައި އިންތިހާބު ބޭއްވި ދުވަހުގެ ފަހު ދުވަހު ޓްރަމްްޕާއި ދެކޮޅަށް މުޒާހަރާ އެމެރިކާގެ ބޮޑެތި ސްޓޭޓްތަކުގައި ކުރިޔަށް ދާތީ ތަމެންގެ ޓްރަމްޕް ބޭބެއަށް ރާއްޖޭގައި މިއިންދަ ޚުދުމުހުތާރު ވެރިމީހާ މިސާލަކަށް ނަގަން ނަސޭހަތް ދޭން.. ތީ ތަމެން ޕިންކީ މަންކީމެންގެ ވައްތަރޭ.. ހަމަ މޫސުން ބަދަލުވާހެން ތަމެންގެ ރާގު ބަދަލުވޭ އެބަ..
މައިތިރިވޭ
27 November 2016
"އޭއި" ތަމެން މަޑުން ތިބޭތި އިނގޭ އަނގަ ނުތަޅާ. ޑިފަމޭޝަން ޖައްސާލެވިދާނެ އިނގޭ. އެއިރަށް މާ ތާހިރެއް ނުވާނެ ދޯ.