ޚަބަރު / ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ޔާމީންގެ އާ މެނިފެސްޓޯ އެކުލަވައިލަން އިދިކޮޅުން ރަށްރަށަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެ މެނިފެސްޓޯ އާ ގުޅޭ މަސައްކަތްތަކެއް ކުރުމާއި އެމަނިކުފާނުގެ ޕާޓީ އަށް ތާއީދު ހޯދަން ޕީޕީއެމް/ޕީއެންސީން އަތޮޅުތަކަށް ދަތުރުތަކެއް ކުރަން ނިންމައިފި އެވެ.

އިދިކޮޅު ދެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވީ "މަވެސް ޕީޕީއެމް" ގެ ނަމުގައި އެ ޕާޓީން ރަށްރަށަށް ދަތުރު ކުރުމުގެ ހަރަކާތެއް ފަށަން ނިންމާފައިވާ ކަމަށެވެ. އަދި ފުރަތަމަ ދަތުރަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހަފްތާއެއް ވަންދެން ޕީޕީއެމް/ޕީއެންސީގެ މެންބަރު ހއ. އަތޮޅުގައި ހަރަކާތްތެރިވާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.

މި ދަތުރުތަކުގެ މައިގަނޑު ބޭނުމަކީ 2023 ގެ ރިޔާސީ އިންތިހާބަށް ޔާމީންގެ މެނިފެސްޓޯ އެކުލަވައިލުމަށް ޕީޕީއެމްގެ ޕޮލިސީ ޑިޕާޓްމަންޓުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުން ކަމަށާއި އެ މެނިފެސްޓޯ އެކުލަވައިލުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ބޭނުންވާ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.

"ޕޮލިސީ ޑިޕާޓްމަންޓުން އެކުލަވާލައިފައިވާ ޕޭޕަރަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ބޭނުންވޭ. ރައީސް ޔާމީން 2023 މެނިފެސްޓޯ އަށް އަޅުގަނޑުމެން ހުށަހަޅަން ބޭނުންވާ ކަންތައްތަކާ ބެހޭ ގޮތުން ރައްޔިތުންނަށް ވެސް މައުލޫމާތު ދޭނަން،" ސުޖާއު ވިދާޅުވި އެވެ.

އެ ދަތުރުތަކުގެ ތެރެއިން ޕީޕީއެމް/ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމާއި ކައުންސިލްތަކާ އެކު މަޝްވަރާކޮށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން ފަށާފައިވާ ގައުމު ސަލާމަތް ކުރުމުގެ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ އާ މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ އިރު ޕީޕީއެމް/ޕީއެންސީގެ ކައުންސިލުން ވަނީ 2023 ވަނަ އަހަަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާނެ ކެނޑިޑޭޓަކީ އެމަނިކުފާނު ކަމަށް ފާސް ކޮށްފަ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީން އިންތިހާބުގެ ކުރިން މިނިވަންވެ، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އިދިކޮޅު ފަރާތްތަކުން ދެ އެވެ. އެއީ އެމަނިކުފާނުގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއް ކަމަށާއި ސުޕްރީމް ކޯޓުގެ މަރުހަލާއިން މިނިވަން ވެވަޑައިގަންނަވާނެ ކަމަށް އުންްމީދު ކުރައްވާ ކަމަށް ވެސް އެ ޕާޓީގެ ލީޑާޝިޕުން ބުނެ އެވެ.

21 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަބީބު.

05 August 2021

ރައްޔިތުންނޭ ކިޔައިގެން ނޫޅެބަލަ ހިޔާފުލެޓުތައްވެސް ދެކެފިން ސޮއެވެސް ކޮއްފިން ނަމަވެސް އެއީ އިންސާނުން ނައްދީފަވާ އަނިޔާއެއް ކުޑަކުޑަ 4 ލިފްޓް އެތައްސަތޭކަ މީހުން އަރާފައިބަން ބަލިމީހަކު ބެޑައްލައިގެންވެސް ނުބޭލޭވަރުގެ އެއީތޯ ރައްޔިތުންގެ ސައިޒަކީ ޕީޕީއެމްގެ ވެރިންނައް ހަމަ އެއީ އަލަތު ކައިވެނި ކުރާ މީހުންނައް ރަނގަޅުތަނެއް ދެވައްތަރު ދެކުދިން ތިބި މީހުންނައް ކަމަކުނުދޭ

The name is already taken The name is available. Register?

ޙަބީބު.

05 August 2021

ހއ ގަ އެކަނިބާ މީހުންތިބީ ސުޖާއު މޮޔަނުވެބަލަ ތިޔަދަތުރު ފަށަންވީ ހދ އަތޮޅުން ސ އަތޮޅައް ސުޖާއުދާއިރާ އެންމެފަހުން ތިޔައީ އަމިއްލަ ރަށުގެ އެދުމައިގެން އުޅޭވައްތަރު ނޫންތޯ ތިޔަޔަގީން ކޮއްދެނީ

The name is already taken The name is available. Register?

އަފިރިން

05 August 2021

މެނިފެސްޓޯ = ދަޢުލަތުން ވައްކަން ކުރުމަށް ޕުރޮޖެކްޓު ހިންގުން. އަދި އެއީ ތަރައްޤީއޭކިޔަ ރައްޔިތުން ލޮލުގަ އަނދުންއެޅުވުން.

The name is already taken The name is available. Register?

Happy 123

04 August 2021

މެނިފެސްޓޯ ހަދަން އެންމެން ޖަލަށްދޭބަލަ??

The name is already taken The name is available. Register?

ބައިރޯ

04 August 2021

މެނި ފެސްޓޯ ހަދަން އެގޭނެތަ؟

The name is already taken The name is available. Register?

ހަސަނު1

04 August 2021

މެނިފެސްޓޯ ހަދަންތޯ ނޫނީ ޝޮޕިންގ ލިސްޓު އެކުލަވާލަންތޯ؟

The name is already taken The name is available. Register?

ނާފީ

05 August 2021

މެނިފެސްޓޯ ވެރިކަންލިބިއްޖެނަމަ ވެރިކަމުގެ އިސްކޮށް އުޅުއްވާ ކޮންމެ މީހަކަށް 7 ބުރީގެ ގެއެއް ރައްޔިތުން ނަށް އޮތީ ގުލާމުކުރުން ނާއިބު ރައީސް އައް އަނިއްކާ 4 ފުލެޓް 3 މަސްދޯނި 15 ގަނޑު ޓިނު ޕާޓީ ކުދިންނަށް ނުހައްގު ފުލެޓް މަސަލާން

The name is already taken The name is available. Register?

އެކަލޯ

04 August 2021

މީގެ ތިންއަހަރު ކުރިން އަޑުއެހިން ކުށްވެރިންނަށް ވެރިކަމަށް ކުރިމަތިނުލެވޭނެ ވާހަކަ އަނެތްކާ އެކަން ބަދަލުވީތޯ. ޕީޕީއެމްގެ މައިގަޑު މައްސަލައަކީ އެމީހުން އިއްޔެ ބުނާ އެއްޗަކާ މިއަދު ބުނާ އެއްޗެހި ދިމާނުވުން. އަޅުގަނޑުމެން ކުޑައިރު ކިޔަވާއިދިން ފޮތްތަކުގައިވާ ގޮތުންނަމަ އެއީ މުނާފިގުންގެ ސިފައެއް.

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

04 August 2021

މިމީހުންގެ ލަދުކޮބާ؟

The name is already taken The name is available. Register?

އަލިކަލޯ

04 August 2021

މެނިފެސްޓޯ ހަދަން ހަނދަށް ދޭ.

The name is already taken The name is available. Register?

މ‫ުޙުއްމާ

04 August 2021

ތ‫ި މެނިފެސްޓޯ އޮންނާނީ އެއްމެ ގިނައިން ލާރި ކެވޭނެގޮތަކަށް. ޔާމީނު އައުޓް. އުމުރު ޖަލުގަ ހޭދަކުރުން ދިވެހި ރައްޔިތުނއނަށް އެންމެ މޮޅުގޮތަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454