ދުނިޔެ / އީރާން-އިޒްރޭލް

ތެޔޮ ޓޭންކަރަށް ހަމަލާ ދިނީ، އީރާނުގެ ޑްރޯނަކުން: އެމެރިކާ

އިޒްރޭލުގެ ތެޔޮ ޓޭންކަރަށް ދިން ހަމަލާގައި ބޭނުންކުރި ޑްރޯން ޖެހުނު ތަނުގައި ބޮޑު ބާގަނޑެއް ހެދިފައި. އޭއެފްޕީ

08 އޯގަސްޓް 2021 - 09:58

3 comments

މިދިޔަ މަހުގެ ފަހުކޮޅު އަރަބި ކަނޑުގެ ތެރެއިން ދަތުރުކުރަނިކޮށް، އިޒްރޭލު މަހުޖަނެއްގެ ތެޔޮ ޓޭންކަރަކަށް ހަމަލާ ދިނީ، އީރާނުގައި އުފައްދާފައިވާ ޑްރޯން މަތިންދާބޯޓަކުން ކަމަށް، އެމެރިކާގެ މިލިޓަރީ ސެންޓްރަލް ކޮމާންޑުން ބުނެފި އެވެ.

މާކާ ސްޓްރީޓް ކިޔާ ބިޔަ ތެޔޮ ޓޭންކަރަށް ދިން ހަމަލާގައި އެ ބޯޓުގެ ދެ ފަޅުވެރިއަކު މަރުވި އެވެ. އެއީ، ތެޔޮ ޓޭންކަރުގެ ސަލާމަތީ ކަންތައް ބަލަހައްޓާ އިނގިރޭސި ވިލާތުގެ މީހަކާއި، ޓޭންކަރުގެ މާސްޓަރުގެ މަގާމުގައި ހުރި ރޫމޭނިޔާގެ މީހެކެވެ. ތެޔޮ ޓޭންކަރަށް ހަމަލާ ދިނީ އީރާނުގައި އުފައްދާފައިވާ ޑްރޯނަކުން ކަމަށް އެމެރިކާ އިން ބުނުމާ އެކު، އދ. މަޖިލީހުންނާއި ޖީ-7ގެ ގައުމުތަކުން ވަނީ، އީރާން ކުށްވެރިކޮށްފަ އެވެ.

އެމެރިކާގެ މިލިޓަރީ ސެންޓްރަލް ކޮމާންޑުން އިއްޔެ ބުނި ގޮތުގައި މާކާ ސްޓްރީޓް އަށް ދިން ޑްރޯން ހަމަލާއާ ގުޅިގެން، އެ ކޮމާންޑުގެ އަސްކަރީ ތަޖުރިބާކާރު ވަނީ އެ ތެޔޮ ޓޭންކަރަށް ޒިޔާރަތްކޮށް، ހަމަލާ އަމާޒުވި ތަން ތަހުގީގުކޮށްފަ އެވެ. އަދި ފެންނަން ހުރި ހެކިތަކުން ޔަގީންވާ ގޮތުގައި، ހަމަލާ ދިނުމުގައި ބޭނުންކުރި ޑްރޯނަކީ އީރާނުގައި އުފައްދާފައިވާ ޑްރޯނެއް ކަމަށް ވެސް އެ ކޮމާންޑުން ބުންޏެވެ.

ޑްރޯން ހަމަލާ އަމާޒުވި އިޒްރޭލުގެ ތެޔޮ ޓޭންކަރު. --އޭއެފްޕީ

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ރޮނަލްޑް ރޭގަންގެ ތަޖުރިބާކާރުންގެ ޓީމަކުން، ތެޔޮ ޓޭންކަރަށް ގޮސް ކުރި ތަހުގީގުތަކަށް ފަހު ބުނެފައިވަނީ، ޖުލައި 29 ވަނަ ދުވަހު ވެސް ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން އެ ތެޔޮ ޓޭންކަރަށް ހަމަލާ ދިނުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތްކުރި ކަމަށެވެ. ތެޔޮ ޓޭންކަރަށް ހަމަލާ ދިނީ ޖުލައި 30 ވަނަ ދުވަހު އެމިރޭޓްސްގެ އައްސޭރިފަށާ ކައިރިން ދަތުރު ކުރަނިކޮށެވެ.

ތެޔޮ ޓޭންކަރަށް ހަމަލާ ދިނީ، ޑްރޯން މަތިންދާބޯޓުގައި ގޮވާތަކެތި ހަރުކޮށްގެން ދުއްވާފައި ގެންގޮސް، ތެޔޮ ޓޭންކަރުގައި ޖައްސައިގެންނެވެ. މި ހަމަލާގައި ޑްރޯން ގޮސް ތެޔޮ ޓޭންކަރުގައި ޖެހި ގޮވި ތަނުގައި ދެ މީޓަރު ފުޅާ ބާގަނޑެއް ހެދުނެވެ. އަދި އެ ސަރަހައްދުން ތެޔޮ ޓޭންކަރުގެ އެތެރެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ތެޔޮ ޓޭންކަރަށް ހަމަލާ ދިނުމުގައި ބޭނުންކުރި ޑްރޯންގެ ފިޔަގަނޑުގެ ބަޔަކާއި، އެތެރޭގެ ބައެއް ބައިތައް، ތެޔޮ ޓޭންކަރުން ފެނުނެވެ. އެ ތަކެއްޗަކީ، މީގެ ކުރިން އީރާނުން ބޭނުންކޮށްފައިވާ ޑްރޯންތަކުގެ އެފަދަ ބައިތަކާ ދާދި އެއްގޮތް ބައިތަކެއް ކަމަށް އެމީހުން ބުނެ އެވެ.

މީގެ އިތުރުން، އީރާނުގެ އައްސޭރިން ފެށިގެން، ހަމަލާދިން ވަގުތު ތެޔޮ ޓޭންކަރު އޮތް ދުރުމިނަށް ބަލާއިރު، އެއީ އީރާނުން އުފައްދައިގެން ގެންގުޅޭ ޑްރޯން މަތިންދާބޯޓުތަކުގެ އެއްކޮޅު ދަތުރު ކުރެވޭ ދުރުމިން ކަމަށް ވެސް އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުން ބުނެ އެވެ.

ނަމަވެސް، އީރާނުން ބުނާ ގޮތުގައި އިޒްރޭލުގެ މަހުޖަނެއްގެ ތެޔޮ ޓޭންކަރަށް ދިން ހަމަލާއާ އެ ގައުމާ އެއްވެސް ގުޅުމެއް ނެތެވެ.

އިޒްރޭލުގެ ތެޔޮ ޓޭންކަރަށް ދިން ހަމަލާގައި ބޭނުންކުރި ޑްރޯންގެ ބައެއް ބައިތައް. އޭއެފްޕީ

އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި، އެމީހުންނަށް ތެޔޮ ޓޭންކަރުން ފެނުނު ހެކިތައް މިހާރު ވާނީ އިޒްރޭލާއި އިނގިރޭސި ވިލާތާ ހިއްސާ ކޮށްފަ އެވެ. އަދި އެ ދެ ގައުމުން ވެސް، އެމެރިކާގެ ތަހުގީގީ ހޯދުންތަކަށް ތާއީދުކުރާ ކަމަށް ވެސް އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުން ބުނެ އެވެ.

މި ހާދިސާއާ ގުޅޭ ގޮތުން، ޖީ-7ގެ ގައުމުތަކުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އީރާންގެ މިހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް ހިންގި ޖަރީމާއެކެވެ. އަދި މިހަމަލާއާ ގުޅޭ ހުރިހާ ހެކިތަކަކުން ސާބިތުވަނީ މިއީ އީރާނާ ގުޅިފައިވާ ހަމަލާއެއް ކަމާއި، މިހަމަލާގެ ޒިންމާއިން އީރާނަށް ބަރީއަ ނުވެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މި މައްސަލައިގައި އދ.ގެ ސަލާމަތީ މަޖިލީހުގައި މިދިޔަ ހުކުރު ދުވަހު ވަނީ ސިއްރު ބައްދަލުވުމެއް ބާއްވައިފަ އެވެ. އޭގެ އިތުރުން މާދަމާ ވެސް މި މައްސަލައިގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް އޮންނާނެ އެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފް ހުސެން

09 August 2021

އިރާގައް އަރާ އެތަން ސުންނާފަތި ކުރީވެސް ހެކިހުރެގެން، ނިމުންއިރު އިމްރާން އަތުގަހުރި ނޫސްވެރިޔާ ރިލްވާން އާއި ބެހޭ ހެއްކެކޭ ކިޔާފަދެއްކި ހުސްގަނޑު ތަކެކޭ ތަފާތެއްނެތް. މުނާފިގުން

The name is already taken The name is available. Register?

ފަގުޑި

08 August 2021

މިވެރިންނަށް އޯކޭ އިރާްންގެ މީހުން މެރިޔަސް

The name is already taken The name is available. Register?

ނިކަން ދައްކަބަލަ

08 August 2021

އެހެނޭކިޔާފައި ކޮންކަމެއްތަ ކޮށްލެވޭނީ؟؟ ލާހިކެއްނޫން އީރާންގެ ފަސްގަނޑައް ހަމަލާދޭން ކެ ރޭކަށް... ފަލަސްތީން ރައްޔިތުން ނިދާފައި ތިބޭއިރު އެޕާޓްމެންޓުތަކަށް ބޮންއަޅާއިރު..ކަމެއްވީހެންވެސް ހިއެއްނުވޭ...އެކަމަކު ތި ބޯޓައް ތި ހަމަލާ އަރުވާފައި އުތުރުން އެބައެނގޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454