10 އޯގަސްޓް 2021 - 12:39
ބިދޭސީ ލައިސަންސަށް ބިނާކޮށް، އިތުރު ޓެސްޓަކާ ނުލައި ދިވެހި ލައިސަންސް ދޫކުރުމުގެ އުސޫލު ޓްރާންސްޕޯޓް އޮތޯރިޓީން އާންމު ކޮށްފި އެވެ.
އެ އިދާރާ އިން ވަނީ 25 ގައުމެއްގެ މީހުންނަށް އެއްވެސް އިމްތިހާނަކާ ނުލައި ރާއްޖޭގައި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރަން ނިންމައިފަ އެވެ.
އެގޮތަށް ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އުސޫލު މިއަދު ގެޒެޓް ކޮށްފައިވާއިރު، ޓްރާންސްޕޯޓް އެ އުސޫލުގައިވާ ގޮތުން އެ 25 ގައުމުގެ ލައިސަންސް އޮންނަ ދިވެހިންނަށް ވެސް އިތުރު އިމްތިހާނަކާ ނުލައި ރާއްޖޭގައި ލައިސަންސް ދޫކުރާނެ އެވެ.
ލައިސަންސާ ގުޅޭ ކަންކަމަށް 250ރ. ގެ ފީއެއް ނެގުމަށް ނިންމާފައިވާއިރު، ބިދޭސީ ލައިސަންސްގެ ސައްހަކަށް ކަށަވަރު ކުރާނީ އޮންލައިންކޮށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެ އެވެ. އަދި ލައިސަންސްގެ ސައްހަކަން އޮންލައިންކޮށް ކަށަވަރު ނުކުރެވޭ ނަމަ، އެ މީހަކު ނިސްބަތްވާ ގައުމުގެ އެމްބަސީގެ ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށް އުސޫލުގައި ކަނޑައަޅާފައިފެ އެވެ.
އިމްތިހާނެއް ހެދުމެއް ނެތި ދާއިމީ ލައިސަންސް ދޫކުރަން ނިންމާފައި ވަނީ އިންޑިއާ، ސްރީ ލަންކާ، ނޭޕާލް، ޕާކިސްތާން، އަފްގާނިސްތާން، ބޫޓާން، ބުރުނާއީ، ކެމްބޯޑިއާ، އިންޑޮނީޝިއާ، ލާއޮސް، މެލޭޝިއާ، މިއަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލޭންޑް، ވިއެޓްނާމް، ޖަޕާން، އިނގިރޭސި ވިލާތް، އެމެރިކާ، ޗައިނާ، ޔޫއޭއީ، ސްވިޒަލޭންޑް، ސައޫދީ އަރަބިއްޔާ، ބެލްޖިއަމް، އަދި ޖަރުމަނުގެ ސައްހަ ލައިސަންސް އޮންނަ މީހުންނަށެވެ.
މި ގައުމުތައް ނޫން އެހެން ގައުމެއްގެ ލައިސަންސަށް ބިނާކޮށް ދިވެހި ލައިސަންސް ހެއްދޭނެ ކަމަށް ވެސް ޓްރާންސްޕޯޓުން ބުނެ އެވެ. ނަމަވެސް އެ ފަދަ ލައިސަންސެއް އޮތް މީހަކަށް ދިވެހި ލައިސަންސެއް ދޫކުރާނީ ތިޔަރީ އިމްތިހާނެއް ހެދުމުން ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
އެއްގަމު އުޅަނދުފަހަރާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވަނީ އެ މިނިސްޓްރީ ގަބޫލުކުރާ ގައުމުތަކުގެ މީހުންގެ ތެރެއިން ސައްހަ ލައިސަންސް އޮންނަ މީހުންނަށް ދާއިމީ ލައިސަންސް ދިނުމުގެ ބާރު ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީ އީ
14 January 2022
ޢަޅުގާޑު ތައިލެންޑްގައި ކިޔަވަން އުލުނުއިރި 1998 ގައި ދިވެހި ލައިސެންސް ހިފައިގެންގޮސް އިތުރު ޓެސްޓަކާ ނުލާ 1 އަހަރު ދުވަހުން އައުކުރަންޖެހޭ ގޮތަށް ތައި ލައިސަންސަށް ބަދަލު ކުރީމެވެ. ޢެފަދަ ފަސޭހަކަމެއް ތައި ރައްޔަތުންނަަަށް ދިވެހި ސަރުކާރުން މިދިނީ 25 ހަކަށް އަހަރު ފަހުންނެވެ. ބައިލެޓަރަލް ގުލުމުގައި ހުރި ހަމަހަމަ ކަން ނިކަން ވިސްނާ ބަލާށެވެ!
ތީގެ
12 August 2021
ތިގެތެރެއިން ބައެއް ގައުމު ތަކަކީ އެއްވެސް ޓެސްޓެއް ނުހަދާ ލާރިކޮޅެއް ދީގެން ލައިސަންސް ނެގޭ ގައުމުތަށް
ޓުތު
10 August 2021
ލަންކާގަ ދިވެހި ލައިސަންސް އަކަށް ނުދުއްވޭ. ޢެކަމު އެމީހުންނައް ރާއްޖޭގަ ދުއްވޭ ހެއްވާ ކަމެއް .ހަމަހަމަ ކަން ކޮބާ
ނޫސަންގު
10 August 2021
ދުވަހަކު ކަމެއް ރަނގަޅަށް ކުރެވުނު ތަނެއް ނޫން. ދިވެހިން އެންމެ ގިނައިން ދިރިއުޅެނީ ޖަޕާންގައި ވިއްޔާ. ކޮބާ އޮސްޓްރޭލިޔާ ނިއުޒީލޭޏްޑް މި ގައުމުތަކުގެ ލައިސަންސް އޮތް ދިވެހިން މަދެއް ނުވާނެ. ލާއޯސް ޭ ބޫޓާނޭ ކީކޭ ބުނާނީ.
ށަވިޔަނި
10 August 2021
ޤަޠަރު ކޮބާ؟ އަފްޣާނިސްތާނު ބަޔަކު އައިސް އުޅޭތަ؟
ސަރުދާރުު
10 August 2021
އަމާބުނީތީ ފަރަށްދާ އުސޫލުން ކަންކަން ކުރިއަކަސް ނުވާނެ. މިގޮތަށް ދިވެހިންނަށްވެސް އެގައުމު ތަކުގައި ދުއްވޭނެ ގޮތެއް ޖެހޭނެ ހަމަ ޖެހެން. މިހާރު ހުރިހާ ކަމެއްވެސް ތަރުތީބު ކުރެވެނީ ބިދޭސީންނަށް ފަސޭހަވާނެ ގޮތްގޮތަށް، ދިވެހިންނަށް ވާނެ ފަސޭހައެއްނެތް.
ސްމޭޝ
10 August 2021
ކަލޯ ސަރުދާރަށް މިވާ ނުވާ އެނގޭތަ؟ ބައިނަލް އަގުވާމީ ގާނޫނަކާއި އެއްގޮތަށް ހެދުމުން އެގާނޫގުގައި ސޮއިކޮށްފައިވާ ހުރިހާ ގައުމުތަކުން ވެސް އެގޮތަށް އަމަލުކުރަން ޖެހޭކަން އެނގޭބާ؟ މިކަމުން ފައިދަ ވަނީ ބޭރުގައި އުޅޭ ދިވެހިންނަށް- އެމީހުން ބޭނުން ތާކުން އެޕުން ނުވަތަ ފޯނުކޮށްލާފައި ވަގުތުން ކާރު ކުށްޔަށް ނަގއިގެން ދުއްވާފައި އުޅުމުގެ ދޮރުހުޅުވިގެން ދިޔައީ... ރައްޖެގައި އެފަދަ ވަސިލަތެއް އަދި ނެތް.
ކަމާލު
10 August 2021
ސްމޭޝ ކީކޭ ތިކިއަނީ މިބަދަލުންނޭ ބޭރުގަ އޫޅޭ ދިވެހިނައް މަގުފަހިވެގެން ދިއައީ ޖަރުމަނު ސުއިޒަލެންޑު ފަދަ ގައުމެއްގެ ލައިސަންސް އޮތްމީހަކައް ދިވެހިރާއްޖެ ފިއަވާ ދުނީއޭގެ ކޮންމެގައުމަކު ދުއްވުމުގެ މަގުވަރައް ފަސޭހަކަމާއެކީ ފަހިވޭ
ސަލީމު އިދުރީސް
10 August 2021
ދޮންކަލޯ ދިވެހީރާއްޖޭގަ ހިންގާ އެތައް ރައްޔިތުނައް ފައިދާހުރިކަމެއް ވަކިފަރުދަކައް އެކަމުން ފައިދާނުވާތި، ކަމާބެހޭ މުއައްސަސާގަ ކުސްތަޅާލީމަ ހުއްޓާލާގޮތައް ދިވެހި ލައިސަންސްން ބޭރުގައުތަކުގަ ނުދުއްވޭނެކަން ބުއްދިއައް ނުވިސްނެނީތޯ! މިގައުގަ ހައިވޭ ނުހުންނައިރު ލައިސަންސް ދޫކުރާ ރައްތަކަކީ ކުޑަމިނުން މަގުމަތީ ނިސާސް ނުހުންނައް ރައްކަންގެނީތޯ؟ ދިވެހި ލައިސަންސްގަ ހުޅަނގު ޔޫރަފުގެ ގަވައިދުބޮޑު ޓަނަލުތަކާ ހައިވޭތަކުގަ ދުއްވެންޏާ ކީއްކުރާ ލައިސަންސެއް!
ކޮރަލް
10 August 2021
ބިދޭސީ ލައިސަންސަށް ބިނާކޮށް، އިތުރު ޓެސްޓަކާ ނުލައި ދިވެހި ލައިސަންސް ދޫކުރުމުގެ އުސޫލު ޓްރާންސްޕޯޓް އޮތޯރިޓީން އާންމު ކޮށްފި އެވެ. ދިވެހީންނަށް ބޭރުގެ ބައެއް ގައުމުތަކުގަ ދިވެހި ލައސަންސް ގަ ދުއްވޭނެ ގޮތް ހަދާ ދެވޭތޯ ބަލާލަ ދީބަލާށެވެ.
ކަލޫބެ
10 August 2021
ކޮބާ އޮސްޓްރޭލިއާ، ނިއު ޒިލެންޑް؟