އެންޑީއޭ ބޯޑުގެ ޗެއާމަނަކަށް އައްޔަންކުރެއްވި ޝަމާއު، މަޖިލީހުގެ ކޮމިޓީއެއްގައި މީގެ ކުރިން ވާހަކަދައްކަވަނީ.-- ފައިލް ފޮޓޯ: މިހާރު
12 އޯގަސްޓް 2021 - 13:13
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބޯޑުގެ ޗެއާމަނަކަށް، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފު ހަމަޖައްސައިފި އެވެ. ނަމަވެސް، ތިން މަސް ވެގެންދިޔައިރު ވެސް އެ ތަން ހިންގުމުގައި އެންމެ އިސް ދައުރު އަދާކުރާ ސީއީއޯއެއް އަދިވެސް އައްޔަނެއް ނުކުރެ އެވެ.
އެ އެޖެންސީގެ ލީގަލް އޮފިޝަލް އަހުމަދު ހިލްމީ މިއަދު ވިދާޅުވީ، ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެތަނުގެ ޗެއާމަނަކަށް މިދިޔަ ޖޫން 28 ވަނަ ދުވަހު މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ހަމަޖައްސާފައިވާކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ.
ބޮއްސުންލައިގެން ގޮސްފައިވާ އެންޑީއޭގެ ބޯޑުގެ ޗެއާމަނަކަށް ހުންނެވި އަބްދުލް ހަމީދާ އެކު އެ ބޯޑުގެ 10 މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު ވަކިކޮށް، މީގެ ކުރިން ވަނީ އާ މެމްބަރުން އައްޔަންކޮށްފަ އެވެ. އެއީ، އެޑިއުކޭޝަން މިނިސްޓްރީ، ހޯމް މިނިސްޓްރީ، ޔޫތު މިނިސްޓްރީ، ހެލްތު މިނިސްޓްރީ އަދި ރައީސް އޮފީހެވެ.
މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން އެންޑީއޭ ބޯޑުގެ މަސައްކަތަކީ އެކި ކަންކަމުގައި ލަފަ އާއި އިރުޝާދު ދިނުމެވެ. އެ ކަންކަމަށް ރިއާޔަތްކޮށް ތަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިިވާނީ ސީއީއޯ އެވެ.
އެކަމަކު، މެއި 16، 2021 ގައި އެންޑީއޭ ސީއީއޯގެ މަގާމުން މުހައްމަދު ހަބީބު ވަކިކުރި ފަހުން އެ މަގާމު އޮތީ ހުސްކޮށެވެ. އެ ތަނަށް އޭނާ ހަމަޖެއްސީ ވެސް އޭގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޝަހީލް އިސްތިއުފާ ދެއްވިތާ ހަތަރު މަސް ފަހުންނެވެ.
ހަބީބު އިސްތިއުފާ ދެއްވިތާ ތިން މަސް ވެގެންދާއިރު ވެސް އެ މަގާމަށް ކުރިމަތިލާން އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ހިލްމީ ވިދާޅުވީ، ސީއީއޯގެ މަގާމަށް އިއުލާނުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެއެޖެންސީ މީގެ ކުރިން ހިންގީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އެކަމަކު އެންޑީއޭގެ ކަންކަން ރަނގަޅުކުރަން މީގެ ތިން މަސް ކުރިން ވަނީ އަނެއްކާ ވެސް އެ ތަން ހެލްތުގެ ދަށަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާބުހަވާ
12 August 2021
ހަވާގައި އުޅެފައި ތިބޭ މީހުން ތިމަގާމަށް ގެނައުމުން ދެން އިތުރަށް ބުނާނެ އެއްޗެއް ނެތް.
އިބުރާ
12 August 2021
ދައުލަތުގެ ތެރެއިން ރޭވިގެން އެންޑީއޭ ހަލާކު ކުރެވިގެންދަނީ. ބޯމީހުން މަދުވެއްޖެނަމަ ވިޔަފާރި ދަށަށްދާނެ. އިޓްސް އެބައުޓް ބިޒްނަސް.
ކޮރަލް
12 August 2021
އެންޑީއޭ ގެ އިސްމަގާމްތަކުގަ ހުންނަމީހުންނަށް ޑްރަގް ވިއްކާ އަދިބޯ މީހުންގެ ނުފޫޒު އޮންނަ ހާ ދުވަހަކު ހައްލެއްނެތެވެ. ހައްލު ވާނީ މިނިވަން ކަމާއި އަދި ބިރެއް ނެތި މަސައްކަތް ކޮށްގެންނެވެ.
ޝޭޚް
12 August 2021
ތިކަން ކުރެވޭނެ ވަރުގެ މީހެއް ޝަމާއު އަކީ.
ހީހީހީ
12 August 2021
އަސްލުވެސްތޯ! މިތިބީ ބަލަން.
ބިލް ކުލިންޓަން
12 August 2021
ދެން ތިތަން އުވާލާ.
ހިސްޓޯ ޑި ވަންޗޫ
12 August 2021
ޑުރަގު މީހުންނާ ހެދި މަގުމަތީގަ އުޅެވޭ ވަރެއްނޫން. މަގޭ ފިހާރަ ދޮރުމަތީ އިންނަ ސޮރެއް ބުނީ މިހާރު ޑްރަގު އެޖެންސީން ކޮންމެސް ބޭހެއް ނަގަމޯ އެހެންވީމަ މިހާރު ރަނގަޅޯ. އެހެން ބުނިއިރުވެސް އަރިއަޅާލާ، ދެލޯ ރަނގަޅަށް ނުހުޅުވޭ. އެބުނާ ބޭސް ނެގީމަ ދެލޯ ނުހުޅުވެންޏާ ކީއްކުރަން ނަގާ ބޭހެއް.
ނަސީބެއް
12 August 2021
ދެލޯ ހަމަ ހުޅުވޭ އިރަށް ދެން ފެންނާނީ ފިހާރަ ތެރެއިން. ބުނާ އެއްޗެއް ވިއްޔާ ޖެހޭނީ ދޭން. އެހެންވީމާ، ރަނގަޅުތާ ދެލޯ ނުހުޅުވޭ ކަން. ފިހާރަ ދޮރުމަތީ އެ އިންނަ ގޮތަށް އިނދެދާނެތާ!