ިމިއަދު ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި ނިހާން ބައިވެރިވީ ކްރިމިނަލް ކޯޓަށް ގޮސް --
18 އޯގަސްޓް 2021 - 10:33
ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކަށް ކުރާ ހަ ދައުވާއާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ހަވާލުކޮށްފައިވާ ލިޔުންތައް ސާފުނުވުމުން މައްސަލަ މިއަދު ކުރިއަށް ނުގެންދަން ކޯޓުން ނިންމައިިފި އެވެ.
ނިހާންގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް ކުރެ އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާއެކެވެ. އެ ދައުވާތައް ކުރަނީ އޭނާ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިވެގެން ގިނަ އަދަދެއްގެ ފައިސާ އާއި ރޮލެކްސް ގަޑިއެއް ހޯއްދެވި ކަމަށް ބުނެ އެވެ. އޭނާ ކުށް ކޮށްގެން ހޯދިކަމަށް ބުނާ މުދާ ދައުލަތަށް ނަގަން އެ މައްސަލާގައި އެދިފައިވެ އެވެ.
ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް މިއަދު ކުރިއަށް ގެންދަން ތާވަލްކުރި އަޑުއެހުމުގައި ހަމަޖައްސާފައި އޮތީ ދައުލަތުން ދައުވާތައް ހުށަހަޅާށެވެ. އަޑުއެހުން ފެށުމުން ނިހާންގެ ވަކީލު ހުސްނީ މުބާރިކް ވަނީ ދައުލަތުން ދީފައިވާ ލިޔުންތައް ސާފު ނުވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، ސާފު ލިޔުންތައް ބޭނުންވާ ކަމަށެވެ. މިއީ މީގެ ކުރިން ވެސް ނިހާންގެ ފަރާތުން ފާޅުކުރި ކަންބޮޑުވުމެކެވެ.
ތިން ދުވަހުގެ ތެރޭގައި ލިޔުންތަކުގެ ހާޑް ކޮޕީ ނިހާނަށް ދޭން ގާޒީ އަލީ އާދަމް އެންގެވި އެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ހަވާލު ކުރައްވާނެ ކަމަށެވެ.
ދެ ފަރާތުން ވެސް އެއްބަސްވުމުން ގާޒީ މިއަދު ނިންމެވީ މީގެ ފަހުން ނިހާންގެ މައްސަލައިގެ އަޑުއެހުންތައް އޮންލައިންކޮށް ނުބާއްވައި ސީދާ ކޯޓަށް އެންމެން ހާޒިރުވާ ގޮތަށް ބާއްވާށެވެ.
ނިހާންގެ ލިޔުންތައް ސާފު ނުވުމުން މިއަދު އަޑުއެހުން ކުރިއަށް ނުގެންގޮސް އެހާ ހިސާބުން ނިންމާލީ އެވެ.
މިއަދުގެ އަޑުއެހުން އޮންލައިންކޮށް ބޭއްވިޔަސް ނިހާން އިންނެވީ ކޯޓަށް ހާޒިރުވެ އެވެ.
ލިޔުންތަކުގެ ސޮފްޓް ކޮޕީ ދޭން ފެށީ ކޮވިޑްގެ ސަބަބުން ޝަރީއަތްތައް އޮންލައިންކޮށް ބާއްވަން ފެށުމުންނެވެ. ނަމަވެސް މިހާރު ހާލަތު ރަނގަޅުވަމުން އަންނަކަން ގާޒީ މިއަދު ފާހަގަކުރެއްވި އެވެ.
ނިހާނަށް ދައުވާ ކުރީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިފުމާއި އަދީބު ދެއްވި ރިޝްވަތުގެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ.
ނިހާނަށް އެމްއެމްޕީއާރްސީގެ 150،000 ޑޮލަރު ލިބިފައިވާ ކަމަށާއި، އެ ފައިސާ އެހެން ފައިސާތަކާ އެއްކުރުމަށް ފަހު އޭނާ ޕްލެޓިނަމް ރެޒިޑެންސުން އެޕާޓްމެންޓެއް ބައްލަވައިގެންނެވި ކަމަށް ދައުލަތުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
13ވގ
19 August 2021
މީ އަނެތްކާކާކު ސަރިޔަތައް ގެންގޮސް މިއިނީ ތީނިހާނުތަ ނޫނީ އޭނަޔާވައްތަރު މީހެއްތަ
ޓިނު
18 August 2021
ތިއިންއެކަކަށްވެސް އެއްވެސް އެއްޗެއް ސާފެއްނުވާނެ 5 އަހަރު ތިގޮތައް ނިމޭނީ ؟
އަދުރީ
18 August 2021
މޮޅެތި ވަކީލުން ގެންގުޅޭ މީހުންނަށް ލިޔުންތައް ސާފެއްނުވާނެ.
ބައިރޯ
18 August 2021
ދެބޯގެރި ދުއްވަނީ ދުވަހަކު ކޮޅަކު ނުޖެހޭ
ބުނެލަން
18 August 2021
ކޮމެންޓް ކުރާކުދިންވެސް އަސަރުކުރަންޏާ ޕާޓީއެއް ހަދައިގެންނިކުމެ ވެރިކަންހޯދައި ދައުލަތްބަނޑުއަޅާލާ ، ފަހަރަކު ބަޔަކު ބަނޑުއަޅަންއޮތް އެއްޗެއްއެއީ... އެ ހޯދާކަށް ނޫޅޭ ބަޔަކު.
ބޮކިފުރާޅު ޢީސާ
18 August 2021
ތީ ނިހާނުތޯ ޔަގީންކުރާން ފޮރެންސިކް ޓެސްޓެއް ހަދާންޖެހޭ.
ނަޖިދު
18 August 2021
ނިހާނުތަ؟ މަހީ ކުރީ ނުބައިބައި މި ކުޅޭ އޯމްސް ޕޫރީ ކަމަށް
1234
18 August 2021
ދުވަހަކުވެސް ހިއެއްނުވޭ ތިއިން އެއްމެ ރުފިޔައެއްްވެސް ލިބިދާނެހެއްނެއް؟ ތިފައިސާ ހޯދަންކުރާ ޚަރަދުކުރުން ހުއްޓާލިއްޔާ މާރަގަޅުވާނެ ؟ ތި ޝަރިއަތެއްވެސް ނުނިމޭނެ ދުވަހަކުވެސް
އުލިގަމް އިސްޓައިލް
18 August 2021
އިސްތަށިގަނޑަށް މަގޭ ތައުރީފް، ވައިސަރީ ހީވަނީ ޕްރޮފެސަރެއްހެން
އުލިގަމު ކަސްޓޮލް
18 August 2021
ހުސް ޕުރޮފެސަރުން. އެންމެ ފުންނާބުއުސް ޕްރޮފެސަރު އަދުރިމެޓިސް އިން ފެށިގެން ...
ގައްބަރުސިންގ
18 August 2021
މިއަދު ކޯޓަށް ހާޒިރުވީ ނިހާންކަންވެސް ސާފެއްނުވޭ. އިސްތަށިގަޑުގަ ވެސް އެހެރީ ކުލަޖައްސާފަ.