ކަޕިލް.
21 އޯގަސްޓް 2021 - 07:12
އިންޑިއަން އައިޑޮލްގައި ވާދަކުރަން މަސައްކަތްކުރި ކަމަށް އެ ގައުމުގެ މިހާރު އެންމެ މަގުބޫލު ކޮމީޑިއަން ކަޕިލް ޝަރުމާ ބުނެފި އެވެ.
ފަސްޓް ޕޯސްޓަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އިންޑިއަން އައިޑޮލްގެ ޖަޖުންގެ ކުރިމަތީގައި އޮޑިޝަން ހެދުމުގެ ފުރުސަތު ވެސް ނުލިބި، ޝޯ އަށް ރަޖިސްޓްރީވުމަށް ފަހު ވަކިވާން ޖެހުމަކީ އެންމެ ހިތްދަތި އެއް ތަޖުރިބާ ކަމަށެވެ.
ސޯނީން ގެނެސްދޭ އައިޑޮލް އަކީ އިންޑިއާގެ ހުރިހާ ހިސާބުތަކަށް ވެސް ހުޅުވާލައި، ޝޯގައި ބައިވެރިވާން ރަޖިސްޓްރީކުރާ އެތައް ހާސް މީހުންގެ ތެރެއިން ހޮވައިލެވޭ ބަޔަކު އޮޑިޝަނާ ހަމައަށް ގޮސްގެން، އަދި އޭގެ ފަހުން ވެސް ތިއޭޓަ ރައުންޑުން ފުރޭނިގެން ޝޯގެ ރަސްމީ ބައިވެރިޔަކަށްވެވޭ ޝޯއެކެވެ.
There's nothing like a brother's love for his sister! Watch how Kapil expresses his love for Neha with a very special message on the #IndianIdol Kapil Sharma Special episode, this Saturday at 8 PM. @KapilSharmaK9 @iAmNehaKakkar @VishalDadlani @ManishPaul03 @javedali4u pic.twitter.com/QrcqV4ZdSy
— sonytv (@SonyTV) November 29, 2018
"ޖަޖުންގެ ކުރިމަތީގައި އޮޑިޝަން ހެދުމުގެ ކުރިން ލަވަކިޔަން ލިބުނު ފުރުސަތުގައި އަހަރެންގެ ހުށަހެޅުން ކަމުނުގޮސްގެން އޮޑިޝަންގެ ފުރުސަތު ގެއްލުނީ." ކަޕިލް ބުންޏެވެ.
އޭނާ ބުނީ ޝޯ އަށް ރަޖިސްޓްރީކުރީ ސީދާ ފުރަތަމަ މަރުހަލާ ކަޑައްތުކޮށް، ޝޯގައި ވާދަކުރަން ފުރުސަތުލިބޭނެކަމުގެ އުންމީދާ ވެސް އެކީގައި ކަމަށެވެ. އެކަމަކު އެންމެ ފުރަތަމަ މަރުހަލާގައި ފެއިލްވުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށް ބުންޏެވެ.
"ހަގީގަތުގައި އޮޑިޝަނާ ހަމައަށް ދިއުމަކީ ވެސް ފަސޭހަކަމެއް ނޫން،" ކަޕިލް، 40، ބުންޏެވެ.
ސޮނީގެ "އިންޑިއަން އައިޑޮލް" ވާދަކުރުމުގެ ނަސީބު ނުލިބުނަސް ކަޕިލް އަކީ މިހާރު އެ ޗެނެލްގައި އަމިއްލަ ނަމުގައި ޝޯއެއް ގެނެސްދިނުމުގެ ޝަރަފު ހޯދި މީހެކެވެ. އެއީ އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ޝޯތަކުގެ ތެރޭގައި ހިމެނޭ "ދަ ކަޕިލް ޝަރުމާ ޝޯ" އެވެ.
އެ ޝޯ އިން އޭނާ ވަނީ އިންޑިއާގެ ފިލްމީ ތަރިއަކަށް ވެސް ނުލިބޭވަރުގެ ބޮޑު މަޝްހޫރިކަމަކާއި މަގުބޫލުކަމެއް ހޯދައިފަ އެވެ. އަދި ކަޕިލް އަކީ މި ވަގުތު އިންޑިއާގެ އެންމެ ކާމިޔާބު ކޮމީޑިއަނެވެ. އޭނާގެ ޝޯ މި އަހަރުގެ ފެބްރުއަރީގައި ވަގުތީ ގޮތުން މެދުކަނޑާލައިލުމަށް ފަހު، މާދަމާ ރޭ އަލުން ގެނެސްދޭން ފަށާނެ އެވެ.
"އިންޑިއަން އައިޑޮލް" ގެ ބައިވެރިއެއްގެ ގޮތުގައި ލަވަ ކިޔުމުގެ ހުނަރު ދައްކައި ނުލެވުނަސް ކަޕިލް މީގެ ކުރިން 2018 ގައި "އިންޑިއަން އައިޑޮލް 10" އާއި "އިންޑިއަން އައިޑޮލް ޖޫނިއާ" ސީޒަން ދޭއްގައި 2015 ގައި ލަވަ ކިޔުމުގެ ހުނަރު ދައްކާފައިވެ އެވެ. އަދި އޭނާގެ "ދަ ކަޕިލް ޝަރުމާ ޝޯ" އާއި އެވޯޑް ޝޯތަކުގައި ވެސް ލަވަ ކިޔުމުގެ ހުނަރު ވަރަށް ބޮޑަށް ދައްކާފައިވެ އެވެ. ވަރަށް ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ކަޕިލްގެ އަޑު ވަރަށް ރީއްޗެވެ. ހާއްސަކޮށް އިހުގެ ހިންދީ ލަވަތައް އޭނާ ކިޔާލެއް ވަރަށް ވެސް ފުރިހަމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy