ޚަބަރު / އެންވަޔަރްމެންޓް މިނިސްޓްރީ

ތިިލަފުށީގެ ދުމުގެ އަސަރު މި ދުވަސްވަރު ބޮޑުވެދާނެތީ ސަމާލުވާން އެދިއްޖެ

ތިމާވެއްޓާ ބެހޭ ވަޒީރު ޝައުނާ: ތިލަފުށީގައި ކުނި އަންދާ ސަރަހައްދުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަން ފެށުމުން ދުމުގެ އަސަރު ކުރިއަށް ވުރެ ބޮޑަށް ކޮށްފާނެ ކަމަށް ވިދާޅުވި.

ކ. ތިލަފުށީގައި ކުނި އެންދުމުގެ މަސައްކަތް ހުއްޓާލައި، ކުނި މެނޭޖް ކުރާނެ ރަނގަޅު ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ފަށާފައިވާވާއިރު، މި ދުވަސްވަރު އެ ރަށުން ގިނައިން ދުން އަރައިފާނެތީ އެކަމަށް ސަމާލުވާން ސަރުކާރުން އެދިއްޖެ އެވެ.

ސިނާއީ ރަށް ތިލަފުށީގައި ކުނި އެންދުމާއި އެ ތަނުން އަރާ ދުމުގެ ސަބަބުން މާލެ އާއި މާލެ ކައިރީގެ ރަށްރަށަށް އޭގެ އަސަރު ދޭތެރެދޭތެރެއިން ކުރެ އެވެ. އެހެންވެ، ތިލަފުށީގައި ކުނި މެނޭޖް ކުރާނެ ނިޒާމެއް ގާއިމް ކުރުމަށާއި ދުން އެރުން ހުއްޓުވުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.

އެންވަޔަރްމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ތިލަފުށީގައި ކުނި އަންދާ ސަރަހައްދުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަން ފެށުމުން ދުމުގެ އަސަރު ކުރިއަށް ވުރެ ބޮޑަށް ކޮށްފާނެ ކަމަށެވެ.

ތިލަފުށީގައި ހާމައަށް ކުނި އެންދުން ހުއްޓާލުމުގެ މަސައްކަތް ސަރުކާރުން ފެށީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ގުޅިގެންނެވެ. އެ މަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުނެ އެވެ. އޭރުން ކުނި އަންދާއިރު ދުން

މީގެ އިތުރުން އެތަނުގައި ކުނި މެނޭޖް ކުރާނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އެހީގައި ވެސް ދަނީ ކުރަމުންނެވެ.

11 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުތްއާދަނު

21 August 2021

ކުރާނެކަމެއް ކޮށްފައި ، މިބުނަނީ ދުންއަރާނެޔޯ !

The name is already taken The name is available. Register?

ކިއްލި

20 August 2021

ސަމާލުވާން ކުރެވޭނެ ކަންތައް ކިޔައިދިނުން ރަންގަޅުކަންނޭގެ

The name is already taken The name is available. Register?

ތިމާވެށީގެ ރައްކާތެރިކަން

20 August 2021

ތިލަފުށި ފަޅުތެރޭ ކުނިބުނި އިންތިހާޔަށް ހުރިއިރު އެތަނުގެ ވެރިންނަށް އެނުވޭ މައްސަލަޔަކަށް، ވެރިންގެ ކިބާގައި އިޚްލާޞްތެރި ކަމެއްނެތިއްޔާ ކިހިނެއް ރާއްޖޭގެ ތިމާވެށީގެ މައްސަލަތައް ހައްލުކުރާނީ؟

The name is already taken The name is available. Register?

އަލީ10011

20 August 2021

ކްލައިމެޓް ޗޭންޖް އެންވޯއީ ކިޔާ ބޭފުޅެއް މިހާރަކަށް އައިސް އެންވަޔަރަމަންޓް މިނިސްޓަރުގެ ބައެއް ޒިންމާތައް އަދާ ކުރާތަން ފެނޭ. މީ ކިހެނެއް ވާކަމެއްތޯ. ބޭކާރު މަޤާމެއްދޯ.

The name is already taken The name is available. Register?

ކަމީލާ

20 August 2021

އިތިއުފާދީފަ ގެއަށް ދޭބަލަ! ނަޝީދުގެ ޕަޕެޓު!

The name is already taken The name is available. Register?

މިނިސްޓަރޫ

20 August 2021

އިތުރަށް މިދުވަސްވަރު ދުން އަރަންޏާ ހަމަ މިދުވަސްވަރުތަ ތިކަން ކުތަންވީ. އިރުވާ އަށް މޫސުން ބަދަލުވީމަ މާލެއަށް ދުން ނައަންނާނެ. އޭރާ ދިމާކޮށްފަ ތިކަން ކުރްންވީނު! އިތުރަށް ދުން އަރާނޭ ބުނީމަ އޭގެ މާނައަކީ ރައީސް އޮފީހުގަވެސް ނުތިބެވޭނެ. އަނެއްކާ އަނެއް ކަމަކީ އިތުރަށް ދުން އަރަން ފަށައިފިއްޔާ ދުންގަނޑު މައިތިރިވެސް ނުކުރެވޭނެ

The name is already taken The name is available. Register?

ޖ‫ަބުލާނީ

20 August 2021

އ‫ެންވަރމަންޓުގެ ބައްޕަ މިވަގުތު އުޅުއްވަނީ ޔޫކޭގައި ރަޖާ އަޅުއްވައިގެން ފިނިހަނގުރާމައިގަ

The name is already taken The name is available. Register?

ކޮރަލް

20 August 2021

އިރުވައި މޫސުމުގަ ކަން ކުރީމަ ރައް ޔިރުންނަށް ވެސް ފައިދާ ވާނެ އެވެ. ދެން ހަމަ ބަލާނުލާ ފަށަނީ އެވެ.

The name is already taken The name is available. Register?

ކޮމެންޓުކިޔާ ކުއްޖާ

20 August 2021

ސައުނާ މެން ތިހެން ގޮނޑި ހޫނުކުރަން އިދެގެން ޕާޓީ އެކްސްޓިވުސްޓުންނަށް ޕުރޮޖެކްޓުތައްދީގެން ކަންނުވެ ނަންވެލާނީ، އަނެއް އިންތިހާބު ބޯމަތިވީމަ ދިވެހިން ގުނބޯހައްދަން ފޫގަޅާފަ ނިކުންނާތި

The name is already taken The name is available. Register?

ޖާބިރު

20 August 2021

އަނެއްކާ އަނެއްލާރިގަޑު ކަޓުޖައްސާލަން މޮޅުވާހަކަ ދައްކަނީ، އެހެން ތަންތަނުން ދޭއެހީތަކުން ކަޓުޖައްސާގެން ކުއްލި މުއްސަދިކަން ހޯދުމުގަ އަވިދި ނެތި، ވެރިކަން ނިމޭއިރު ބޮޑެތި މަހުޖަނުންނަށްވެފަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454