21 އޯގަސްޓް 2021 - 07:34
ޑިޒްނީ ޕްލަސް އިން ދާދި ފަހުން ސްޓްރީމްކުރި، އެކްޓަރު ޓޮމް ހިޑެލްޓަންސްގެ މަގުބޫލު ސީރީޒް "ލޯކީ" ގެ ދެވަނަ ސީޒަނެއް ހަދާނެކަން ކަށަވަރުކޮށް ދީފި އެވެ.
މާވެލް އާއި ޑިޒްނީގެ ކުރިއަށް އޮތް ސުޕަހީރޯ ފިލްމު "ޝަންގް-ޗީ އެންޑް ދަ ލެޖެންޑް އޮފް ދަ ޓެން ރިންގްސް" ގެ ޕްރޮމޯޝަނަަލް އިންޓެއްގެ ތެރޭގައި މާވެލް ސްޓޫޑިއޯސްގެ ރައީސް ކެވިން ފޭޖް ބުނީ ހިޑެލްސްޓަން ކުޅުނު ކެރެކްޓާއާ އެކު އެނބުރި އަލުން އަންނާނެ ކަމަށެވެ.
އެކަމަކު ދެވަނަ ސީޒަން ޑައިރެޓްނުކުރާނެކަން ކޭޓް ހެރޮން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ކެވިން ބުނީ "ލޯކީ 2" އަށް ޑައިރެކްޓަރަކު ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި މީގެ ތައްޔާރީތައް ވެސް މާ ލަސްތަކެއް ފަށާނެ ކަމަށެވެ.
ކޮލައިޑާ ބުނި ގޮތުގައި ސީރީޒްގެ ދެވަނަ ސީޒަންގެ ތައްޔާރީތަކުގެ ބޮޑު ބައި ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރު ކަމަށާއި އޭގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ 2023 ގައި ކަމަށެވެ. އެހެންވެ "ލޯކީ" ގެ ދެވަނަ ސީޒަނަށް އަދި ދިގު އިންތިޒާރެއް ކުރަން ޖެހޭނެ އެވެ.
ޑިޒްނީ ޕްލަސް އިން ހަ އެޕިސޯޑަށް ގެނެސްދިން ސީރީޒް ސްޓްރިންކުރީ ޖޫން 9 އިން ޖުލައި 14 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy