ޅައިމަގު--
25 އޯގަސްޓް 2021 - 11:20
ށ. ޅައިމަގުގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކުރި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ ކުއްޖާ ރަހީނުކުރި މައްސަލައާ ގުޅިގެން އިއްޔެ އެ ރަށުން ހައްޔަރުކުރީ އުމުރުން 26 އަހަރުގެ ދެ ފިރިހެނަކާއި 31 އަހަރުގެ މީހަކު ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްޖާ ރަހީނުކޮށް، އަނިޔާކުރި މައްސަލައިގެ ތުހުމަތު ބަލަން ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް ވެސް އިއްޔެ ޅައިމަގަށް ގޮސްފައިވެ އެވެ. އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
އެއީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ އެކަމާ ގުޅޭ ތަފުސީލު ކައުންސިލަކުން ވެސް ނުދެ އެވެ. ކުއްޖާ ރަހީނުކުރީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy