މީހަކު އައިކެއާގެ ބްލޫލައިޓް ލެންސް އައިނު އަޅަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
26 އޯގަސްޓް 2021 - 15:55
ޓެކްނޮލޮޖީ ކުރިއަރައިގެން ދިޔަވަރަކަށް އިންސާނުން ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރާ ވަގުތު ވަނީ ވަރަށް ބޮޑަތަން އިތުރުވެފަ އެވެ. މަސައްކަތުގެ މާހައުލުގަ އާއި ގޭގައި އުޅޭ ވަގުތު އަދި ބޭރުގައި އުޅޭ ވަގުތު ވެސް ފޯނާއި ލެޕްޓޮޕާއި ޓީވީ ނުވަތަ ޓެބްލެޓް ފަދަ ތަކެތި ބޭނުން ނުކުރާ މީހަކު ނެތެވެ. މިގޮތަށް ގިނަ ވަގުތު ސްކްރީން ދޮށުގައި ތިބެން ޖެހޭއިރު، ލޮލަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ ހާއްސަ ލެންސެއް މިހާރު އައިކެއާ އިން ވަނީ ރާއްޖެއަށް ތައާރަފުކޮށްފަ އެވެ.
އައިކެއާއިން ނެރުނު "ބްލޫލައިޓް" ލެންސަކީ ހާއްސަކޮށް ނޫ އަލިން ލިބޭ ގެއްލުމުން އިންސާނާގެ ލޯ ރައްކާތެރިކޮށްދޭ ލެންސެކެވެ. ނޫ އައްޔަކީ ދުވާލު ގަޑީގައި ފެންނަ ގަދަ އައްޔެކެވެ. މިއީ އަލީގެ ބާވަތްތަކުގެ ތެރެއިން އިންސާނާގެ ލޮލަށް އެންމެ ފަސޭހައި ފެންނަ އައްޔެވެ. މި އަލީގެ ސަބަބުން ދުވާލު އިންސާނާ "އެކްޓިވް"ކޮށްދެ އެވެ. ނަމަވެސް މިހާރު ސްކްރީންތަކުގެ ސަބަބުން 24 ގަޑިއިރު މި އަލި ފެންނަން ހުރެ އެވެ.
ނޫ އަލި ހުންނަ ތަކެތި މާ ގިނައިން ބޭނުން ކުރުމުގެ ސަބަބުން ލޮލަށް ގެއްލުންވާ ކަމުގެ ވާހަކަތައް ލޮލުގެ ޑޮކްޓަރުން އަބަދު ވެސް ދައްކަ އެވެ. އެގޮތުން، މި އަލީގެ ސަބަބުން އިންސާނާ ވަރުބަލި ކުރުވައި ލޮލުން ސިކުނޑިއަށް މަންޒަރުތައް ފޮނުވަން ބޭނުންވާ ކެމިކަލްތައް އުފެއްދުން މަދުކުރާ ކަމަށް ޑޮކްޓަރުން ބުނެ އެވެ. އަދި ނިދުމުގައި ވެސް ދަތިތަކާ ކުރިމަތިވާނެ ކަމަށް ބުނެ އެވެ.
އައިކެއާގެ ބްލޫލައިޓް ލެންސް އައިނު: މި ލެންސުގައި ހުންނަ ކޯޓިންއެއްގެ ސަބަބުން ނޫ އަލި ލެންސުގައި ޖެހުމުން ރިފްލެކްޓުކޮށްދޭ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ބައެއް ހާލަތްތަކުގައި ސްކްރީން ކައިރީގައި ގިނަ ވަގުތު ހޭދަކުރުން އޮންނަނީ މަޖުބޫރުވެފަ އެވެ. މިގޮތަށް ސްކްރީން ދޮށުގައި ގިނަ ވަގުތު ހޭދަކުރާ މީހުންނަށް މި ނުރައްކާތެރި އަލިން ރައްކާތެރިކޮށްދޭން އެންމެ ރަނގަޅު ހައްލަކީ ބްލޫލައިޓް ލެންސެވެ. މި ލެންސުގައި ހުންނަ ކޯޓިންއެއްގެ ސަބަބުން ނޫ އަލި ލެންސުގައި ޖެހުމުން ރިފްލެކްޓުކޮށްދެ އެވެ.
ބްލޫލައިޓް ލެންސު ހުންނަ އައިނަކީ ފެނުމުގައި މައްސަލަ ހުންނަ މީހުންނަށް އެކަނި ހާއްސަ އައިނެއް ނޫނެވެ. ލޮލުގައި އެއްވެސް މައްސަލައެއް ނެތް ނަމަވެސް ސްކްރީން ކައިރީގައި އުޅޭއިރު މިފަދަ އައިނެއް ބޭނުން ކުރުމުން ލޮލަށް ފަސޭހަވާނެ އެވެ. އެހެންކަމުން މި އައިނު ހެއްދުމަށް ޑޮކްޓަރުގެ ކޮންސަލްޓޭޝަނެއް ވެސް ބޭނުން ނުވާނެ އެވެ.
ހުރިހާ އުމުރުފުރާއަކާ ގުޅޭ މި އައިނުތަކަކީ ދެ ޖިންސުގެ މީހުންނާ ވެސް ގުޅޭ ޑިޒައިނުތަކަށް ތައްޔާރު ކޮށްފައިވާ އައިނުތަކެކެވެ. ބްލޫލައިޓް ލެންސުގެ އައިނުތައް އައިކެއާއިން މިހާރު ލިބެން ހުންނާނެ އެވެ. އަދި އޮންލައިންކޮށް މި އައިނުތައް ބަލަން ބޭނުންވާނަމަ އެ ކުންފުނީގެ ޕޭޖު https://eyecare.mv/?s=Blue+light މެދުވެރިކޮށް ބަލައިލެވޭނެ އެވެ.
ބްލޫލައިޓް ލެންސް އައިނު: މިއީ ދެ ޖިންސުގެ މީހުންނާ ވެސް ގުޅޭ އައިނެއް-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އައިކެއާގެ ޕޭޖުން މިވަގުތު ބައެއް ޑިޒައިންތަށް ފެންނަން ހުރި ނަމަވެސް، އެއަށްވުރެ ގިނަ ރޭންޖުތަކެއްގެ އައިނު ފިހާރައިން ބަލައިލެވެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އައިކެއާ އަކީ ލޮލާ ގުޅޭ ގިނަ ކަންކަމުގައި ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ އައިނުތަކަކީ ގިނަ ދުވަހު ބޭނުން ކުރެވޭ، އަޅައިގެން އުޅެން އެހާމެ ފަސޭހަ އައިނުތަކެކެވެ. ތަފާތު އެކި ޑިޒައިންތަކާއި ބްރޭންޑުތަކުގެ އައިނުތައް އެ ކުންފުނިން ލިބެން ހުރެ އެވެ. އައިނުގެ އިތުރުން ކޮންޓެކްޓު ލެންސާއި ލޮލުގެ ޑޮކްޓަރަށް ދެއްކުން ފަދަ ހިދުމަތް ވެސް އައިކެއާއިން ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާހިމޫ
29 August 2021
ކިއުންތެރިންގެ ސަމާލުކަމަށް ލިޔެލަން! ބުލޫލައިޓުން ލޮލަށް ރައްކާތެރިކަން ލިބޭގޮތައް ހަދާފައިވާ ބުލޫލައިޓް ލެންސް ލައްވައިގެން ވިޝަން އޮޕްޓިކަލުން ނަންބަރު އައިނު ހަދަން ފަށައިފި އެލެންސް ދުނިޔޭގެ ބާޒާރަށް ނެރުނުތަނާ. އަހަރެންވެސް މިއަޅަނީ ވިޝަން އޮޕްޓިކަލުން ހެދި ބުލޫލައިޓް ބޮލޮކްކުރާ 360 ޑިގްރީއަށް ފެންނަ ޕްރޮގްރޮސިވް ލެންސްލީ އައިނެއް.
އޮނަރަބްލް އަފީފު ދީދީ
26 August 2021
ލިއުމުގެ ދެވަނަ ޕެރެޤްރާފުގައި "އައިކެއާއިން ނެރުނު" މިޖުމްކަ ބޭނުންކުރައްވާފައިވަނީ ކޮން މާނައެއްގައިތޯ؟! މިއީ ޙަޤީގަތުގައިވެސް އައިކެއަރ އިން އީޖާދުކޮށް ރާއްޖޭގެ ބާޒާރަށް ނެރުނު ލެންސެއްތޯ؟
ހިތަދޫ ހުސެން
26 August 2021
ބޭނުމެތް ނެތް ޕްރޮޑަކްޓެއް ވިއްކަން ހާދަ އިޝްތިހާރެއް އެބަ ކުރެއޭ ދޯ!
ސަލީމ
26 August 2021
އޭގެން ނަމްބަރު އައިނު ހެދޭތަ؟؟
ާަައަތީ
26 August 2021
ރަނގަޅު އެއްޗެއް