28 އޯގަސްޓް 2021 - 06:11
ފައިސާގެ މުއާލަމާތެއްގެ ގޮތުގައި ރަސްމީކޮށް ކްރިޓްޕޯކަރަންސީ ބޭނުން ކުރެވޭ ގޮތަށް ހަދަން ކިއުބާ އިން ވެސް ނިންމައިފި އެވެ.
ޑިޖިޓަލް ފައިސާ ރަސްމީ ފައިސާއަކަށް ހަދަން ނިންމި ފުރަތަމަ ގައުމަކީ އަލް ސަލްވެޑޯ އެވެ. މީގެ ދެ މަސް ކުރިން އެގޮތަށް ނިންމާފައި ވާއިރު، އަންނަ މަހުގެ ތެރޭގައި އެ ގައުމުގައި ކްރިޕްޓޯކަރަންސީ ރަސްމީގެ ފައިސާގެއެއްގެ ގޮތުގައި ބޭނުން ކުރަން ފަށާނެ އެެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ކިއުބާގައި ޑޮލަރުގެ މުއާމަލާތްތައް މަނާކުރުމުން ފައިސާގެ މުއާމަލާތްތަކަށް ޑޮލަރުގެ ތާށިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވެ އެވެ. މިކަމާ ހެދި މާސްޓަކާޑާއި ވެސްޓަން ޔުނިއަން މަނީ ޓްރާންސްފާގެ ހިދުމަތް ވެސް ކިއުބާގައި އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.
Cuba will recognize and regulate crypto for payments on the island https://t.co/XY5vnVHzvj
— Bloomberg Markets (@markets) August 27, 2021
އެެހެންވެ ސަރުކާރުން މިހާރު ނިންމާފައި ވަނީ ކްރިޕްޓޯކަރަންސީ ރަސްމީކޮށް އިގުތިސާދުގެ ތެރޭގައި ބޭނުން ކުރެވޭ ގޮތް ހެދުމަށެވެވެ. މިކަން ބުރާސްފަތި ދުވަހު ސަރުކާރުން ގެޒެޓްގައި އާންމުކުރި ގަރާރެއްގައި އިއުލާންކޮށްފައިވެ އެވެ.
ކިއުބާގެ މަރުކަޒީ ބޭންކް، ސެންޓްރަލް ބޭންކް އޮފް ކިއުބާ އިން ބުނީ ކްރިޕްޓޯކަރަންސީ ރަސްމީ ފައިސާއެއްގެ ގޮތުގައި ބޭނުން ކުރަން ނިންމީ "އިގުތިސާދީ ކުރިއެރުންތަކަށްޓަކައި" ކަމަށެވެ.
ނަމަވެސް ބިޓްކޮއިންގެ އިތުރުން ކްރިޕްޓޯކަރަންސީގެ ގޮތުގައި ބޭނުންކުރާ އެހެން ޑިޖިޓަލް ފައިސާތައް ބޭނުންކުރަން ފަށާނެ އިރެއް އަދި ހާމައެއްނުކުރެ އެވެ. މަރުކަޒީ ބުނީ ބޭންކުން އެކަމާ ބެހޭ އުސޫލުތައް އެކުލަވާލައި ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ. މީގެ ތެރޭގައި ކްރިޕްޓޯކަރަންސީއާ ގުޅުން ހުރި ހިދުމަތްދޭ ފަރާތްތަކަށް ލައިސަންސްދޫކުރުން ކޮންޓްރޯލްކުރާނެ ގޮތުގެ އުސޫލުތައް ވެސް ހިމެނޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކްއިކްގަން މުރުގަން
28 August 2021
އަސްލުވެސް ޑޮލަރަށް ބަރޯސާވުން ކުޑަކުރަން ފެނޭ ވަރަށް އަވަހަށް.