30 އޯގަސްޓް 2021 - 06:16
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް މިޝަން އިމްޕޮސިބްލްގެ މަސައްކަތުގައި އިނގިރޭސި ވިލާތުގައި އުޅެނިކޮށް އޭނާގެ ކާރެއް ވަގަށް ނަގައިފި އެވެ.
ސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި "މިޝަން އިމްޕޮސިބަލް" ސީރީޒްގެ 7 ވަނަ ފިލްމުގެ މަސައްކަތުގައި އުޅެނިކޮށް ކްރޫޒްގެ އަގުބޮޑު ބީއެމްޑަބްލިއު އެކްސް7 މަރުކާގެ ކާރު މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އެ ވަގަށް ނެގި އިރު ކާރުގެ ތެރޭގައި އަގު ބޮޑު ބައެއް ތަކެތި ވެސް ހުރި ކަމަށް ބުންޏެވެ.
ސަން އިން ބުނި ގޮތުގައި ކާރު ވަގަށް ނެގި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާ އެކު ފުލުހުންގެ މަސައްކަތުން ވަނީ ކާރު ހޯދައިފަ އެވެ.
ކްރޫޒް "މިޝަން އިމްޕޮބިސަލް 7" ގެ މަސައްކަތް އިނގިރޭސިވިލާތުގައި ކުރަމުން އަންނަނީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އެ ގައުމުގައި ފިލްމުގެ މަންޒަރުތަކެއް ނަގަމުން އަންނަ އިރު، މިދިޔަ ހަފުތާގައި އޭނާ، ބާމިންހަމްގެ ލޯޑް މޭޔަރު މުހައްމަދު އަފްޒަލާ ވެސް ބައްދަލުކޮށްފައިވެ އެވެ.
This is the moment a train was launched off a cliff top in Stoney Middleton as part of the filming for Mission Impossible 7 🚆🎥 pic.twitter.com/y7aUG3PHyt
— BBC Radio Derby (@BBCDerby) August 20, 2021
"މިޝަން އިމްޕޮސިބަލް 7" އަކީ މެއި 27، 2022 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމެކެވެ. މި ފިލްމުގެ ރޭލު މަންޒަރެއް އިނގިރޭސިވިލާތުގައި ހަދާފައިވާ ސެޓެއްގައި މިދިޔަ ހަފުތާގައި ނަގަނިކޮށް، ރޭލު ވެއްޓުމުގެ ހާދިސާއަކާ ވެސް ކުރިމަތިވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިޝަން
31 August 2021
ޓޮމް ކަހަލަ މީހެއްގެ ކާރު ވަގަށް ނެގުމަކީވެސް އިމްޕޮސިބްލް މިޝަނެއް. އަދި ފުލުހުން އެ ހޯދުމަކީ މިގައުމުގައިނަމަ ޓޯޓަލީ އިމްޕޮސިބްލް މިޝަނެއް.