ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވެސް ނެތް: ސީރިއަސް މައްސަަލައެއް!

މަޖިލީހުގެ ކަންތައްތައް ނިންމުމާއި އެންގުންތައް އެންގުން ފަދަ މަސަައްކަތްތައް ކުރާނީ ވާޗުއަލްކޮށް.

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖްލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ.

30 އޯގަސްޓް 2021 - 07:17

22 comments

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރަަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު ފަރުވާ އަށް ވަޑައިގެން އެމަނިކުފާނު އަދިވެސް ހުންނެވީ ރާއްޖޭން ބޭރުގަ އެވެ. ބޮމުގެ ހަމަލާ އަށް ފަހު އޭޑީކޭއިން ފަރުވާ ފަރުވާ ކުރެއްވުމަށް ފަހު އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ޖަރުމަންވިލާތަށެވެ. އެތަނުގައި ފަރުވާ ހޯއްދެވުމަށް ފަހު މިހާރު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ރައީސްގެ ޒިންމާތައް އަދާ ނުކުރެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ޒިންމާތަކާ ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސެވެ. ނަަޝީދަށް ބޮމުގެ ހަމަލާ ދިން ފަހުން އެމަނިކުފާނުގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވަނީ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

އެނގިފައިވާ ގޮތުގައި ކޮންމެހެން ކުރައްވަން ޖެހިވަޑައިގެންނެވި ދަތުރެއްގައި އީވާ މިހާރު ވަޑައިގެން ހުންނެވީ ރާއްޖޭން ބޭރުގަ އެވެ. މަޖިލީހުން އެކަން ކަށަވަރުކޮށް ނުދިނަސް، އީވާ މި ވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް ރޭ ވިދާޅުވި ގޮތުގައި މިއަދު ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސްގެ އެހެން ޒިންމާތައް ނައިބު ރައީސް އީވާ އަދާކުރައްވަމުން ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ކަންތައްތައް ނިންމެވުމާއި އެންގުންތައް އެންގުން ފަދަ މަސަައްކަތްތައް އޭނާ ކުރައްވާނީ ވާޗުއަލް ކޮށެެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި، މާލެ ލޮކްޑައުން ކުރުމުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ވެސް ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ އެވެ. އެ ހާލަތުގައި ދައުލަތުގެ އެހެން އިދާރާތަކުން ވެސް އެގޮތަށް މަސައްކަތް ކުރިއަށް ގެންދިޔަ އެވެ.

ޑިޖިޓަލް ސިގްނެޗާ ބޭނުންކުރައްވައިގެން ލިޔެކިއުންތަކުގައި ސޮއިކުރައްވައި، މަޖިލީހުގެ ރިޔާސަތުގެ ޒިންމާތައް އީވާ އަދާ ކުރައްވާ ގޮތަށް އޮތް ނަމަވެސް ބައެއް މެމްބަރުން ވިދާޅުވީ މިއީ ވަރަށް ދަތިި އުނދަގޫ ހާލަތެއް ކަމަށެވެ. ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ މަޖިލީހުގެ ރައީސް ރާއްޖޭގައި ވަޑައިގެން ނެތް ހާލަތެއްގައި ނައިބު ރައީސް ވެސް ބޭރަށް ވަޑައިގަންނަވަން ޖެހުމަކީ އޭގެ ސަބަބުން މައްސަލަތައް ކުރިމަތިވާނެ ކަމެެއް ކަމަށެވެ.

"މަޖިލީހުގެ ރައީސްގެ ހަމައެކަނި ޒިންމާއަކީ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެއް ނޫން. މާގިނަ އެހެން ޒިންމާތައް ވެސް އޮންނާނެ. އެހެންވީމާ ރައީސްގެ ބަދަލުގައި އެ ޒިންމާތައް އަދާކުރައްވަން ހުންނެވި ނައިބު ރައީސް ވެސް ރާއްޖޭން ބޭރަށް ވަޑައިިގަންނަވަން ޖެހުމަކީ ވަރަށް ގިނަ މައްސަލަތައް ދިމާވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

މިވަގުތު ރާއްޖެ އަށް އެނބުރި ވަޑައިގެންނެވެން ނެތް ކަން އަންގަވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ސިޓީއެއް ފޮނުއްވުމުން ވެސް ބައެއް މެމްބަރުން އޭރު ކަންބޮވުން ފާޅުކުރެއްވީ މިފަދަ ސަބަބުތަކާ ހެދި އެވެ.

އަވަހާރަކޮށްލަން ދިން ހަމަލާ އަށް ފަހު ރާއްޖެ އަށް އެނބުރި ވަޑައިނުގެން ހުންނަވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޗުއްޓީ އިތުރުކޮށްދެއްވުން އެދިވަޑައިގެން މި މަހުގެ 16 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ދިން ހަމަލާ ރޭވުމުގައި ބައިވެރިވި މީހުން ހޯދައި ހައްޔަރު ނުކުރެވެނީސް ރާއްޖެ އަށް އެނބުރި ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ހަމަލާ ރޭވި މީހުން ހޯދައި ހައްޔަރު ނުކުރެވެނީސް އެނބުރި ވަޑައިގަތުމަށް އެ މަނިކުފާނުގެ އިތުރުން، އާއިލާގެ ބޭފުޅުންނާއި ހެޔޮއެދޭ އެތައް ރައްޔިތުންނެއް ވެސް ޖެހިލުންވާ ކަމަށެވެ.

އެހެންވެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވަން ނަޝީދު އެދިވަޑައިގެންނެވި އެވެ. ރާއްޖޭން ބޭރުގައި ހުންނަވާ އިރު މަޖިލީހުގެ ނައިބު ރައީސް އިސްކޮށް ހުންނަވައި މެމްބަރުންގެ އިރުޝާދާ އެކު މަސައްކަތްތައް ހިންގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.

އެ ދުވަހުގެ ޖަލްސާގައި ނަޝީދުގެ ސިޓީ މަޖިލީހަށް އިއްވުމުން، މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ އެމަނިކުފާާނަށް އެނބުރި ވަޑައިނުގެންނެވޭ ނަަމަ ވަގުތީ އިންތިޒާމެއް ހަމަަޖައްސަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ވަގުތީ ގޮތުންް ނަމަވެސް މަޖިލީހަށް ރައީސަކު ހަމަަޖައްސަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ ވާހަކައަކީ ތިން މަސްދުވަހަށް ވުރެ ގިނަ ދުވަސް ވެގެން ދާއިރު، ރައީސް ނަޝީދަށް މިތަނުގައި ހިދުމަތް ކުރުމުގެ ފުރުސަތު ލިބިގެން ނުދާ ކަަމަށް ވެއްޖެއްޔާ މި މަޖިލީހުން އެބަ ޖެހެޔޭ ވަގުތީ ގޮތުން ނަމަވެސް އެހެން ރައީސަކު ދައްކަވަން،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނާ އެ ވިދާޅުވީ 241 ކޮމިޓީގެ ބައެއް މެމްބަރުންނަށް ވަޑައިނުގެންނެވޭ ހާލަތް މެދުވެރިވުމުން ބަދަލުގައި އެހެން މެމްބަރުން ހަމަޖައްސައިގެން މަސައްކަތް ކުރިއަށް ގެންދިޔަ ވާހަކަ އެެވެ. މަޖިލީހުގެ މެޖޯރިޓީ އެބައޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވައި އާދަމް ޝަރީފު ވިދާޅުވީ އެއީ އެމަނިކުފާނަށް ނިންމެވެން އޮތް ނިންމެވުމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިރޭ ފެށި ކުއްލި ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.

އާދަމް ޝަރީފު އެ ދުވަހު ވިދާޅުވީ ނަޝީދަށް ރާއްޖެ އަށް ވަޑައިނުގެންނެވޭ ގޮތަށް "ފޮނުވާލާފައި ބަހައްޓައިގެން" މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ ޒިންމާ އާއި އިހުތިސާސްތަކާ ފުށުއަރާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ މަޖްލިސްގައި މި ވާހަކަ ދައްކަން، ބަހުސް ކުރަން،" އޭނާ ވިދާޅުވި އެވެ.

އެހެން މެމްބަރަކު ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ނިޒާމެއްގައި އެއް ބާރުގެ ވެރިޔާގެ މަގާމު ފުރުއްވާނެ އެއްވެސް ބޭފުޅަކު ރާއްޖޭގައި މި ވަގުތު ވަޑައިގެން ނެތުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ޑިމޮކްރަސީއާ ބީރަށްޓެހި ކަމެއް ކަމަށެވެ. ރައީސަށް މަޖިލީހުގެ ޒިންމާ އަދާ ނުކުރެއްވޭ ނަމަ އެ މަގާމަށް އެހެން މެމްބަރަކު އިންތިހާބު ކުރުމަަކީ އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ކުރަން ޖެހޭނެ ކަމެކެވެ.

"މިއީ ވަރަށް ސީރިއަސް މައްސަލައެއް. މިކަމަށް އަވަސް ހައްލެއް ހޯދަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ ރައީސް ވަޑައިގަތީ ފަރުވާ ހޯއްދަވަން. އެކަމަކު މިހާރު ފަރުވާ ހޯއްދަވައި ނިންމަވައިފި. މިހާރު އެމަނިކުފާނު ނެތުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ހުސްކަމެއް. އަދި އަމުދުން ނައިބު ރައީސް ފުރާވަޑައިގަންނަވައިގެން ނުވާނެ ރައީސް ވެސް ނެތް ދަނޑިވަޅެއްގައި."

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ޒިންމާ

މަޖިލީހުގެ ގަވާއިދުގެ (2) ވަނަ މާއްދާގެ (ހ) ބުނެފައިވާ ގޮތުގައި މަޖިލީހުގެ ރައީސަކީ މަޖިލީހުގެ އިދާރާ އާއި ޖަލްސާތަކާއި ކޮމިޓީތަކާއި މަޖިލީހުގެ އެންމެހައި ކަންތައްތައް ހިންގުމުގެ ވެރިޔާ އެވެ. އެ ގަވައިދުގެ (4) ވަނަ މާއްދާގެ (ހ) ގައި އޮތް ގޮތުން މަޖިލީހުގެ އިމާރާތާއި ގޯއްޗަކީ ވެސް މަޖިލީހުގެ ރައީސްގެ ބެލެހެއްޓެވުމާއި އަމުރުގެ ދަށުގައިވާ ތަންތަނެވެ.

މަޖިލީހުގެ މަސައްކަތެއް އެތަނުން ބޭރުގައި ކުރިއަަށް ގެންދާ ނަމަ އެ މަސައްކަތަކަށް ހާއްސަކޮށްފައިވާ އިމާރާތަކީ ނުވަތަ ކޮޓަރިއަކީ ވެސް މަޖިލީހުގެ ރައީސްގެ ބެލެހެއްޓެވުމާއި އަމުރުގެ ދަށުގައިވާ ތަނެކެވެ.

އެ ގަވައިދުގައި އޮތް ގޮތުން މަޖިލީހުގެ އިމާރާތާއި ގޯތީގެ އިތުރުން މަޖިލީހުގެ މަސައްކަތެއް ކުރިއަށް ގެންދާ އެހެން ތަނެއްގެ ވެސް ސަލާމަތީ ކަންތައްތައް ބަލަހައްޓާނީ މަޖިލީހުގެ ރައީސް އަންގަވާ ގޮތެއްގެ މަތިންނެވެ. ސަލާމަތީ ކަންތައްތައް ބަލަހައްޓާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުންނެވެ.

މޭ 6 ގައި ދިން ހަމަލާ އަށް ފަހު މަޖިލީހުގެ ރައީސް ޖަރުމަނުވިލާތުގައި ބޭސް ފަރުވާ ކުރައްވަން ވަޑައިގެން

މަޖިލީހުގެ ގަވައިދުގައި، ރައީސްގެ ޒިންމާގެ ގޮތުގައި ކަނޑައަޅާފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި މަޖިލީހުން ފާސްކުރާ ބިލުތަކާއި ގަރާރުތަކާއި މީހަކު މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވާން އަންގާ އެންގުންތަކުގައި ސޮއިކުރެއްވުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ވެސް މަޖިލީހުގެ އެންމެހާ ކަންތައްތަކުގެ އެންމެ އިސް ވެރިޔަކީ މަޖިލީހުގެ ރައީސް ކަމަށް ގަަވައިދުގައި އޮތް އިރު ރައީސަށް އެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ހާލަތެއްގައި އެ ޒިންމާތަކާ ހަވާލުވާން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ނައިބު ރައީސަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަކީ ނައިބު ރައީސްގެ އިތުރުން މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ ފަސް މެމްބަރަކަށް ކުރެއްވި ދާނެ ކަމެކެވެ.

މަޖިލީހުގައި ރައީސާއި ނައިބު ރައީސް މާލޭގައި އެއްފަހަރާ ނޫޅުއްވުމަކީ ފަހަކަށް އައިސް ވެފައި އޮތް ގޮތެއް ނޫނެވެ. މަޖިލީހުގެ ރައީސް ވެސް، އަދި ނައިބު ރައީސް ނެތަސް މަޖިލީހުގެ އިދާރީ ކަންކަން ހިނގާނެ އެވެ. އެކަމަކު ނިންމަން ޖެހޭ ވަރަށް ގިނަ ކަންކަން ނުނިމި ވެސް ހުންނާނެ އެވެ.

22 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 0%
icon angry icon angry 82%
icon wow icon wow 6%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑް

30 August 2021

އަފީފް ތީ ބޮނޑް ފެއިލާއެއް

The name is already taken The name is available. Register?

ކޮބާބިރު

30 August 2021

އަންނިއަށް އެކަނިތަ ހަމަލާގެ ނުރައްކާ އޮތީ؟ އެހެން ކިތައް މީހުންނަށް މަރުގެ އިންޒާރު މިގައުމުގައި ލިބިފަ ހުރީ އަދި ލިބެމުންދަނީ؟ އޭގެ ގިނަ މީހުން މިގައުމުގަ އެ އުޅެމުން ދަނީ، އެއްބަޔަކު ސެކިއުރިޓީއާއެކު. ހަމަލާއަކާ ކުރިމަތިވީމަ މާ ބޮޑަށް ބިރުގަންނާނެ. އެކަމު އެހެން މީހުންނަށްވެސް ހަމަލާއެއް އަތުވެއްޖެނަމަ އެމީހުންގެވެސް ފުރާނައަށް ނުރައްކާވެދާނެ. ވަކި އަންނިކަމަށް ވީތީ މުސާރަ ނަގައިގެން އެހެން ގޮސް ހުރުމުގެ ހައްގެއް ނޯންނާނެ.

The name is already taken The name is available. Register?

ފޫހި

30 August 2021

ނަޝީދު ބުނި ބިރުނުގަންނަވާހަކައާއި އަދިވެސް ހިތްވަރުހުރީގަދަކޮށްކަމަށް. އެހެންވެ ނާންނަން އެހުންނަނީ ބިރަކުންނޫން. ބަރުލަމާނީ ނިޒާމުގެނެސް ބޮޑު ވަޒީރުކަން ހޯދަން އެކްޓިވިސްޓުންލައްވާ ސިޔާސީ ހަޑި ހާވަނީ. ކްލަބު ހައުސްގެ ޝާފީ އަޙުމަދަށް އަދި ޓުވިޓާގެ އެލެކްސް އަޙުމަދަށް އެނގޭނެ ނަޝީދު ކުރާކަންކަން. އާޅު ގަޓް މީހާ އަހަރެމެންގެ ޓެކްސްފައިސާ އިން އިސްރާފު ނުކޮށް މުސާރަ ދޫކޮށްލަބަލަ. އަދި އިސްތިއުފާދީބަލަ. މަޖިލީހުން މީނާގެ ނޯކޮންފިޑެންސް ނަގާބަލަ.

The name is already taken The name is available. Register?

ބަހަނާނުދައްކާ

30 August 2021

އެކިއެކި ސަބަބުތަކާއިހުރެ ރައްޔިތުންގެ މަޖިލީހުގެ މައްސޫލިއްޔަތު އަދާނުކުރެވޭނަމަ، ނުވަތަ އަދާނުކުރާނަމަ، އެމެންބަރަކު ތަމްސީލުކުރާދާއިރާ ތަމްސީލުކުރުމަށްޓަކައި މީހަކު އިޚުތިޔާރުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިދޭންއެބަޖެހޭ. ބަލިވެގެންވިޔަސް އަދި އެހެންގޮތެއްވެގެންވިޔަސް ދެމަސްދުވަހަށްވުރެ ގިނަދުވަހު ދާއިރާ ތަމްސީލުނުކުރެވޭނަމަ، އެހެން މަންދޫބަކު އިސްކުރުމުގެޙައްޤު ރައްޔިތުންނަށް ލިބިދޭންޖެހޭގޮތަށް ޤާނޫނު އިސްލާޙުކުރަންއެބަޖެހޭ.

The name is already taken The name is available. Register?

ނެކްސްޓް

30 August 2021

މަޖުލިހުގައި ކުރާނެ މަސައްކަތެއް ނެތްކަމަށް އިހަކަށް ދުވަހު ނޫހުގައި އޮއްވާ ދުށިން. މިރާއްޖޭގައި އޮތް އެންމެ ވިޔާނުދާ މުއައްސަސާ އުވާލަން ވީންނުން ކަމެއް ނެތިއްޔާ

The name is already taken The name is available. Register?

އައު ދިރާސާ

30 August 2021

އެއްވެސް ކަމެއް ގައި ސާބިތު ކަމާމެދު ދެމި ހުރުމުގެ ޤާބިލު ކަމެއް ރނ ކިބަޔަކުު ނުހުންނާއެވެ. އަބަދުވެސް އުޅޭނީ ކޮންނެސް ބަހަނާއެއް ދައްކާފައި ކަންކަމުން ރެކެން ވެގެންނެވެ.

The name is already taken The name is available. Register?

ކޮރަލް

30 August 2021

ޒިންމާ ނަގަން ޖެހޭނީ ވޯޓް ދިން މީހުންނެވެ. ތައުލީމީ ގާބިލް މީހުންނަށް ވޯޓް ނުދެނީ ޕާޓީ އަކަށް ނިސްބަތް ނުވާތީ އެވެ. ނޫނީ ޕާޓީގެ ބޮޑުން ގެ ރުހުން ނުލިބޭތީ އެވެ. މިއަށް ވުރެ ދަނޑުވެރީންނާ މަސްވެރީން ހޮވަން ވެސް ރަނގަޅެވެ. އެމީހުން ހައްގުގަ އެމީހުން މަސައްކަތް ކުރާނެ އެވެ.

The name is already taken The name is available. Register?

ހަސަދު

30 August 2021

ކޮންމެ މީހަކުވެސް ބަލިވެ ނުވަތަ މަސައްކަތް ނުކުރެވޭ ހާލަތަށް ގޮސްފިއްޔާ އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން. ބޮދު މުސާރަ ނަންގަވައިގެން މަސައްކަތެއް ނުކޮށް ހުރުން އެއީ ގައުމަށް ތެދުވެރިވުމެއްނޫން.

The name is already taken The name is available. Register?

ޑިޒާއަރ

30 August 2021

މަޖްލީހުގެ ރައީސް ކަމުގެ ޒިންމާ ރައީސް ނަޝީދަށް އަދާ ނުކުރެވޭތީވެ ރައްޔިތުންނަށް މަޖްލީހުގެ ރައީސްގެ ޚިދްމަތް ދިނުމަށް ޓަކައި ބަލި ހާލަތު ތަންނުދޭނަމަ ރައީސް ނަޝީދު މަޖްލީހުގެ ރައީސް ކަމުންނާއި އަދި މަޖްލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދީފައި އެ މެމްބަރު ކަން ރައީސް ޔާމީނަށް ދޭން ރައީސް ނަޝީދު ތާއީދު ކުރަންވީއޭ ދެން އެއިރުން މަޖްލީހުގެ ރައީސް ކަމަށް ރައީސް ޔާމީން އައުމުން ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލު ކޮށްލާނީއޭ ދިސް އިޒް ދަ ފީލިންގް

The name is already taken The name is available. Register?

ހުދަންބަރު

30 August 2021

މިވަރުގެ ބައެއްގެ ތެރެއަށް ތޯއޭ ބަރުލަމާނީ ނިޒާމެއް ނުގެނެވިގެން މިއުޅެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454