މާލޭގެ މަގެއްގައި ވެހިކަލްތަކެއް ދަތުރުކުރަނީ: ލައިސަންސް އިމްތިހާން ހަދަންޖެހޭ މުއްދަތު އަންނަ އަހަރާ ހަމައަށް ވަނީ އިތުރުކޮށްފައި --- ފޮޓޯ/މިހާރު
30 އޯގަސްޓް 2021 - 11:47
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން އިމްތިހާން ހަދަންޖެހޭ މުއްދަތު އަންނަ އަހަރާ ހަމައަށް އިތުރުކޮށްފި އެވެ.
މިދިޔަ މަހު އަމަލު ކުރަން ފެށި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު މިހާރު އޮންނަ ގޮތުން ތިއަރީ އިމްތިހާން ފުރިހަމަ ކުރުމަށްފަހު ދުއްވުމުގެ އިމްތިހާން ފުރިހަމަ ނުކޮށް ހަ މަސް ދުވަސް ވެއްޖެ ނަމަ، ތިއަރީ އިމްތިހާން އަލުން ހަދަން ޖެހޭނެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން އެކި ފަހަރު މަތިން ލޮކްޑައުން ކުރުމާ ގުޅިގެން ދުއްވުމުގެ އިމްތިހާން ހެދުމުގެ ފުރުސަތު ގިނަ ބަޔަކަށް ނުލިބި އެބަތިބި ކަމަށެވެ. އެހެންވެ، މިދިޔަ މަހު ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ތިއަރީ އިމްތިހާން ހަދާފައިވާ ފަރާތްތަކަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ދުއްވުމުގެ އިމްތިހާން ފުރިހަމަ ކުރަން ފުރުސަތު އޮންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެގޮތަށް ހަމަޖެއްސިއިރު، އެ ގަވާއިދު މިހާރު އޮންނަ ގޮތުން ގަވާއިދާ ޚިލާފަށް ޕާކް ކުރުމާއި ޓްރެފިކް ގަވާއިދުތަކާ ޚިލާފްވެއްޖެ ނަމަ، އެ މީހެއްގެ ލައިސަންސުން ޕޮއިންޓް އުނި ކުރާނެ އެވެ. އަދި ލައިސަންސްގެ ޕޮއިންޓް ހުސްވެއްޖެ ނަމަ، އެ ލައިސަންސެއް ބާތިލް ކުރުމާ އެކު އެ މީހަކަށް އިތުރު ލައިސަންސެއް ހަ މަސް ވަންދެން ނުލިބޭނެ ކަމަށް ގަވާއިދުގައިވެ އެވެ.
މީގެ އިތުރުން ލައިސަންސް ބާތިލްވުމަށް ފަހު އަލުން ލައިސަންސް ދޭނީ ވެސް އަލަށް ލައިސަންސް ނަގާ އުސޫލުން ހުރިހާ އިމްތިހާންތަކެއް ފުރިހަމަ ކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީ ކޮންކަހަލަ ލޮޖިކެއް
30 August 2021
މާއުމޫނު ވެރިކަން 2008ގައި ނިމުނުއިރުވެސް މާލޭގެ މަގުތަށް ތޮއްޖެހިފައިއޮންނަނީ، ކޮންމެ ދިހައަރަކުން އެތައްލައްކައިގެ ބޮޑު ޖީލެއް އުފަންވޭ ލައިސަންނަގާ އުމުރުގެ. މީހާރު އޭގެ ފަހުންކޮންދުވަހެއް، މާލެވަނީ ވާވަރު، އޭގެ ފަހުން އިތުރުވި ހުރިހާއެންމެންވެސް ދުއްވަންއޮތީ އެއްމަގުތަކެއް، ރައީސުންތައް ބަދަލުވެއްޖެ، ޓްރެފިކަށް މަގުމަތީގެ ދުއްތުރާތަކަށް އަޅާލާނެ މީހެއްނެއް. ސައިކަލްވީއްކާ މީހުން ދުވާކަށް މާލެ މަގުމައްޗަށް އެތަިކެއް އާ ސައިކަލް އެބަނެރޭ.
ނަގިއްޔާ
30 August 2021
ރަގަޅުތަނެއްގައި ޕާކުކޮށްފައި ހެދުނު އޮފީހަށްދާން ބަލާއިރު ސައިކަލް ހުންނަނީ ނަގާ އެހެންތަނެއްގައި، ޕާކިންޒޯނު ބޭރުގައި ބަހައްޓާފައި. ކޮންމެ ޕާކިންޒޯނެއް ކުރިމަތީކަހަލަގޮތަކަށް ގުދަނެއް އެބަހުރޭ، ނުވަތަ ބޮޑު ފިހާރައެއް. އެމީހުން ހަދާގޮތަކީ އަހަރުމެންގެ ސައިކަލްތަކަށް ހެދުނުއެއްޗެއް، ހިފޭނުހިފޭ ތަނެއްނުބަލާ ދަމާނަގާއިފަ އެހެންތަނެއްގައި ގޮތަކަށް އުކާލަނީ، ސައިކަލްގެ ކަވަރު ބިނދި މުޅިއެތީގެ ކުލަކޮޅެއްނެތް، މިކަމަށް ކާކު ޒިންމީވަނީ!