ޚަބަރު / މަސްތުވާތަކެތި

98 ކިލޯ ޑްރަގް މައްސަލަ: ދޫކޮށްލި ދެ މީހުން އަލުން ބަންދުކުރަން ހައި ކޯޓުން އަންގައިފި

ފުލުހުން އަތުލައިިގެންފައިވާ މަސްތުވާއެއްޗެހިތަކެއް: 98 ކިލޯގެ ޑްރަގް މައްސަލާގައި ދައުވާލިބޭ ދެ މީހަކު ދޫކޮށްލާފައި ވަނިކޮށް އެ މީހުން އަލުން ބަންދުކުރަން ވަނީ އަންގާފައި --- ފޮޓޯ/މިހާރު

މިދިޔަ އަހަރު ރާއްޖެ އެތެރެކުރި 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާލިބޭ ދެ މީހަކު އައްޑޫ ހިތަދޫ ކޯޓުން ދޫކޮށްލުމުން އެ މީހުން އަލުން ބަންދުކުރަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

އައްޑޫގައި ކަނޑުމަގުން އެތެރެކުރަނިކޮށް މިދިޔަ އަހަރު އަތުލައިގަތް 98 ކިލޯގެ ޑްރަގް މައްސަލާގައި 10 މީހަކަށް ދައުލަތުން ހިތަދޫ ކޯޓުގައި ދައުވާ ކުރެ އެވެ. އޭގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް އެ މީހުން ދޫކޮށްލަން ހިތަދޫ ކޯޓުން މިމަހު އަމުރުކުރީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެ މީހުން ކޯޓަށް ހާޒިރު ކުރެވެން ނެތް ކަމަށް ކަރެކްޝަނަލް ސާވިސް އިން އެންގުމުންނެވެ. އެ ދެ މީހުން ދޫކޮށްލަން އެންގުމާ އެކު، އެ މީހުންގެ ސިއްހީ ހާލަތު ބަލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މައްޗަށް ކުރިން ނެރުނު އަމުރަކަށް އެ ކޮމިޝަނުން އަމަލު ނުކުރި ކަމަށް ބުނެ އެ މައްސަލަ ބެލުމަށް ވެސް ހިތަދޫ ކޯޓުން އޭރު ނިންމި އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން އެ މީހުން ފިޒިކަލީ ކޯޓަށް ހާޒިރު ނުކުރެވުނަސް، އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށާއިި އެކަމަކު އެ ދެ މީހުން އެގޮތަށް ޝަރީއަތް ކުރިއަށް ގެންދަން އިންކާރުކުރާ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ކޯޓަށް ހާޒިރުކޮށް ނުދިނީ ކަމަށް ބުނެ އެ މީހުން ބަންދުން ދޫކުރީ ގޯސްކޮށް ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އެޗްއާރުސީއެމުން ކޯޓުގެ އަމުރަށް ތަބާނުވި ކަމަށް ހިތަދޫ ކޯޓުގެ ނިންމުމުގައި އޮތަސް، މުއައްސަސާއެއް ޖަވާބުދާރީ ކުރުވަން އެއްވެސް މީހަކު ބަންދުން ދޫ ނުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެ މީހުންގެ ހާލަތު ބަލަން އެޗްއާރުސީއެމްގެ މައްޗަށް ހިިތަދޫ ކޯޓުން ކޮށްފައިވާ އަމުރުގެ ސައްހަކަން ބެލޭނީ އެ ކޮމިޝަނުން ބައިވެރިވާ މައްސަލައެއްގައި ކަމަށް ވާތީ އެކަމާ މެދު މި މައްސަލާގެ ތެރެއިން ގޮތެއް ނުނިންމޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މީހުން ބަންދުން ދޫކޮށްލަން ކުރި އަމުރު ބާތިލް ކުރުމާ އެކު، އެ މީހުން ބަންދުކުރަން ކުރިން ނެރެފައިވާ އަމުރު ދެމި އެބައޮތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ނިޔާޒެވެ.

އެ ދެ މީހުންގެ ސިއްހީ ހާލަތު ބަލަން އެޗްއާރުސީއެމްގެ މައްޗަށް މިދިޔަ ޖޫން މަހު ހިތަދޫ ކޯޓުން ނެރުނު އަމުރު އެ ކޮމިޝަންގެ ފަރާތުން އޭރު އިސްތިއުނާފްކުރި އެވެ. އެކަމަކު އޭރު ހައި ކޯޓުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454