ސިއްހީ ދާއިރާގެ މުވައްޒަފަކު މަސައްކަތުގައި.
01 ސެޕްޓެމްބަރ 2021 - 10:37
މިދިޔަ މަހުގެ މުސާރައިގެ ގޮތުގައި އިތުރަށް ފައިސާ ޖަމާވި މުވައްޒަފުންގެ އަދަދު ހާހަކަށް ވުރެ ގިނަކަން "މިހާރު" އަށް ޔަގީން ވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މިހާތަނަށް ބެލިބެލުމުން ވެސް އެ އަދަދު ހާހަކަށް ވުރެ އިތުރުވެ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.
ސިއްހީ ދާއިރާގެ ގިނަ މުވައްޒަފުންތަކަކަށް މިދިޔަ މަހުގެ މުސާރަ އިތުރަށް ޖަމާވެފައި ވާތީ، އެ ފައިސާ ހިފަހައްޓަން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ބައެއް ބޭންކްތަކަށް އަންގައިފަ އެވެ. މުސާރަ ޖަމާކޮށްފައި ވަނީ އިއްޔެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކި ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ 100 އަށް ވުރެ ގިނަ ގިނަ މުވައްޒަފުންނަށް އިތުރަށް މުސާރަ ޖަމާވެފައިވެ އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުންނަށް 70،000ރ. އިން މަތިން ވެސް ޖަމާވި އެވެ. އަދި ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވީ މަދުންނެވެ.
އެ މައްސަލަ ދިމާވީ ފިނޭންސް މިނިސްޓްރީ އަށް ހެދުނު ގޯހަކުން ކަން ވެސް އެނގިފައިވެ އެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ މުވައްޒަފުންތަކަކަށް އިތުރަށް މުސާރަ ޖަމާވި މައްސަލަ ފާހަގަވެފައިވާ ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޮލަންޓިައަރު ކުއްޖާ
02 September 2021
އޮޅިގެން ސިއްޙީ ދާއިރާގެ މީހުންނަށް ލައްކައިން ޖަމާވާ އިރު އެޗް.އީ،އޯ.ސީ ގައި މަސައްކަތް ކުރި އަދި ކުރާ ވޮލަންޓިއަރުންނަށް އެލޮވަންސް ނުދެވޭ.
ހުސެން ހިތަދޫ
01 September 2021
އޮޅިގެން ޓްރާންސްފާ ވެއްޖެތަ.. ގާނުނެއް އަދި ގަވާއިދަކުންވެސް ބޭންކަށް އެ ފައިސާ އަނބުރާ ހޯދޭނެ ގޮތެއް ނޯވެ... ދެން ސުވާލަކީ މިފަހަރު ވަކި ސަރުކާރެއްވީތީ އަނބުރާ އެހެން ނެގެންވީ ވަކި ކީއްވެހޭ!؟
8888
01 September 2021
ކަލޯ ވައްކަން ކުރަން ހަދައިގެން ގޮވަނީ އަތަށް
އަރަބި
01 September 2021
އިހްމާލޔވި ބަޔަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ. މިގައުމުގައި ސަރުކާރާ ގުޅިފައިވާ ކޮންނެކަމެއް ދޯހަޅިވުމުގެ އަސަރު ތިޔަ ފެންނަނީ.
މިއަދު
01 September 2021
މިވެރިން އޮޅިގެން ނުކުރާނީ ކޮނކަމެއްބާ މިދާވަރުންދާނަމަ އޮޅުމަކުން ނަމާދުވަގުތުތައް ބަދަލުކޮށް ރާއްޖޭގައި އިތުރު ދީންތައް އޮތްކަމަށް ހުޅުވާ ނުލާނެބާ?