ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޓީޔޫސީގެ މެންބަރުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
02 ސެޕްޓެމްބަރ 2021 - 12:55
މަސައްކަތްތެރިންނާ ގުޅޭ އެކި ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ހުށަހަޅައިފި އެވެ.
މަސައްކަތްތެރިންނާ ގުޅޭ އެކި ޖަމިއްޔާތައް ތަމްސީލު ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) ގެ އިސް އޮފިޝަލުން އިއްޔެ ރައީސް އޮފީހުގައި ރައީސްއާ ބައްދަލުކޮށް އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކާއި މަސައްކަތްތެރިންނަށް ދިމާވާ ގޮންޖެހުންތައް ވަނީ ހިއްސާކޮށްފަ އެވެ.
އެމްޓީޔޫސީގެ މެމްބަރުން ވަނީ މަސްވެރިކަމާއި ތައުލީމާއި ސިއްހީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ރައީސް އަށް ހުށަހަޅުއްވައިފަ އެވެ.
ރައީސްގެ ރިޔާސީ ވައުދު، އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނު ވީހާވެސް އަވަހަކަށް ފާސްކޮށްދިނުމަށް އެމްޓީޔޫސީގެ މެމްބަރުން ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި ގާނޫނެއް އޮތުމުން ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް އެ މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ.
އެމްޓީޔޫސީ މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ރައީސް ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވިދާޅުވެ، ވީހާވެސް އަހަވަކަށް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ފަހު އެ ބިލަށް ގެންނަންޖެހޭ ބަދަލުތަކާ އެކީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވަނީ ވަކިވަކި ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު އެމްޓީޔޫސީގެ މެމްބަރުންނަށް ހިއްސާ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
02 September 2021
އިއްޒަތްތެރި ރައީސް. ކޮބައިތޯ މަނިކުފާނުގެ ވަޒީރުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާން އެވިލުއޭޓް ކުރާ މިންގަޑު. # ވިޔަރާރީގެ ރައްޓެހިކަން ޤައުމުތަކުގައި އޮންނަ ދަރަޖަ ބަލާ މިންގަނޑު ފެއްޓެނީ ވިޔަފާރިއެއް ރެޖިސްޓްރީ ކުރުމުގެ ހިސާބުން ފަށައިގެން ކަމުގައިވާއިރު އިކޮނޮމިކް މިނިސްޓްރީން ކުރާންޖެހޭ ކަންކަން ކުރުމަކީ ވަރަށް ދަތިކަމެއްކަން އެގިވަޑައިގެންފައި ނުވަނީތޯ؟ އިކޮނޮމިކް މިނިސްޓްރީގައި ހުރި މައްސަލަތައް ހައްލުކޮށް ދެއްވަވާ.
ނިރު
02 September 2021
މިވެރިންކަން އައި ފަހުން ކޮންމެ ދިމާލަކުން ބަލާލިޔަސް ފެންނަނީ ކަންބޮޑުވުމާ މާޔޫސްކަން... މިއީ ތިމާމެން އަމިއްލައަތުން ފޭހުނު އިލޮށިގަޑެއް.
ޙަސީނާގެ ހިތްޙަލާލު ބައިޓަނު އަނބު
02 September 2021
ރާއްޖޭގެ މަސައްކަތްތެރިން ޙައްޤުގައި ބަހަކުން ބަހެއް ބުނާނެ މީހކު ނެތިފަ ހުރިހާ އެންމެން ދައްކަނީ ބޭރު މީހުން ޚާއްޞަކޮށް ބަންގާޅުން މިތަނުގައި އައިސް މަސައްކަތް ކުރުން ރައިޓްސް އެއް ކަމަށް އެކަމަށް ޓްރާންސް ޕޭރެންސީ ވިޔަސް ހިއުމަން ރައިޓްސް ކޮމިޝަން ވިޔަސް ބަސްމަގު ހުރީ އެގޮތަށް އެހެންވީމަ ދިވެހިން ދިވެހިންގެ ގޮތުގައި އަނދަވަލަ ދިމާއަށް ހުންގާނު ހުރި މީހާ
ތުއްތޮންބެ
02 September 2021
ކިތަންމެ ކަންބޮޑުވިޔަސް ނުކުރާނެ އަސަރެއް، އޮހޮރާ ކަރުނަތަކަކީ ހަމަކަންދެއްކުން، ރަޙުމެއް ހަމްދަރީއެއް ނުހިނގާ ހިލަ ހިތްތަކެއް ދެއްވާފަވާ މަޚްލޫޤުންތަކެއްތީ.
ނޫސްތަކާއި
02 September 2021
ނޫސްތަކާއި ޓީވީތައްބެލީމަ އެގޭނެ މިގައުމުގެ މަސައްކަތްތެރިންނަކީ ހަމައެކަނި ސިޔާސީ މީހުންކަން. ހުސްއެމީހުންގެ ވާހަކަ
ބޭކާރު
02 September 2021
ތިޔާ ބޭކާރު ކަމެއް. ވަގުތެއް ތި ގެއްލުވާލީ