އުރިދޫ އިން މިއަދު ތައާރަފު ކުރި އޮފާއާއެކު 750ރ. އަށް 180ޖީބީ ލިބޭނެ-- ފޮޓޯ: އުރީދޫ
02 ސެޕްޓެމްބަރ 2021 - 12:49
އުރީދޫ އިން އެ ކުންފުނީގެ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތިން ގުނަ އިތުރު ޑޭޓާ ލިބޭ އޮފާއެއް މިއަދު ތައާރަފުކޮށްފި އެވެ.
މި އޮފާގެ ދަށުން ހަފުތާއަކަށް ނުވަތަ މުޅި މަހަށް 180ޖީބީއާ ހަމައަށް ޑޭޓާއާ އެކު އަންލިމިޓެޑް އުރީދޫ ކޯލްސް ލިބޭނެ އެވެ.
- 1ޖީބީ ވީކްލީ ޕެކް (150ރ.): ދުވާލަކު 3ޖީބީ
- 1ޖީބީ މަންތުލީ ޕެކް (500ރ.): ދުވާލަކު 3ޖީބީ
- 2ޖީބީ މަންތުލީ ޕެކް (750ރ.): ދުވާލަކު 6ޖީބީ
އުރީދޫ އިން ބުނީ މި އޮފާ އަކީ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވެސް އާއިލާ އާއި ރައްޓެހިންނާ ގުޅުވައިދީ ސްޓްރީމިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފިލްމާއި ސީރީޒްތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. ސޯޝަލް މީޑިއާ އަދި ސްޓްރީމިން އެޕްތަކުގެ ތެރޭގައި ނެޓްފްލިކްސް އާއި އައިފްލިކްސް އާއި ސޮނީލިވް އާއި ޓިކްޓޮކާއި ސައުންޑްކްލައުޑާއި ސްޕޮޓިފައި އާއި ސްނެޕްޗެޓާއި ޓްވިޓާ އަދި އިންސްޓަގްރާމާއި ވީޗެޓާއި ވަޓްސްއަޕާއި ވައިބާ އާއި ޓެލަގްރާމާއި ފޭސްބުކްގެ އިތުރުން ޕިންޓަރެސްޓް ހިމެނެ އެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންތައް އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް ނުވަތަ “UD150” (އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް)، “UD500” (އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް)، UD750” (އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް) ޖަހައި 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy