ހަބޭސް ތިނެއް" ގައި ސިވިލް ސާވިސް އާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވީ މަޖުބޫރުކޮށްގެން ކަމަށް އެމްޑީޕީން ބުނޭ. – ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު
30 ނޮވެމްބަރ 2016 - 10:50
ސިވިލް ސާވަންޓުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން، ޖަލްސާތަކަށް ގެންދިއުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެމްޑީޕީން ރޭ ބުނެފި އެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން "ހަބޭސް ތިނެއް" ގެ ނަމުގައި މިދިޔަ ހޯމަ ދުވަހު ކާނިވަލުގައި ބޭއްވި ޖަލްސާއަށް މުވައްޒަފުން ގެންދިޔައީ މަޖުބޫރުކޮށްގެން ކަމަށް އަޑު ފެތުރިފައިވެ އެވެ. އަދި ޖަލްސާގެ ވަކި ހިސާބަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަލްސާ ދޫކޮށް ގޮސްފަ އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާގެ ބިރުދައްކައިގެންނާއި މަޖުބޫރުކޮށްގެން މުވައްޒަފުން ޖަލްސާތަކަށް ގެންދިއުމަކީ މިޒަމާނާ ނުގުޅޭ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އެއީ ރައްޔިތުންގެ ހަގީގީ ތާއީދު ނެތް ސިޔާސީ ބޭފުޅުން ކުރައްވާ ޒާތުގެ އަމަލެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
"ރައްޔިތުންގެ ތާއީދާއި ލޯބި ހޯދޭނީ ބިރު ދައްކައިގެން ނުވަތަ މަޖުބޫރުކޮށްގެން ނޫންކަމާއި، އެކަމަކީ ހިތާހިތުގެ ގުޅުމަކުން ހާސިލުވާ އެއްޗެއްކަން ސަރުކާރަށް ހަނދާންކޮށްދެމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
އެމްޑީޕީން ބުނި ގޮތުގައި ރައީސް އަބްދުﷲ ޔާމީނަށް ކޭމްޕޭން ކުރުމަށް މުވައްޒަފުން ޖަލްސާއަށް ދިއުމަށް މަޖުބޫރުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް، އެކަމުގެ ޝަކުވާތައް އެމްޑީޕީއާ ވަނީ ހިއްސާކޮށްފަ އެވެ.
ރައްޔިތުންގެ ފައިސާއިން ބޮޑެތި ވައްކަމާއި ހިޔާނާތްވެފައިވާކަން ފަޅާއަރާފައިވާ ސަރުކާރުން ރައްޔިތުންގެ ފައިސާ އާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުމެއް ނެތި ކުރިއަށްގެންދާތީ އެމްޑީޕީން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ އެއްވެސް މުވައްޒަފަކު މަޖުބޫރީ ހާލަތުގައި ޖަލްސާ އަށް ގޮސްފައި ނުވާނެ ކަމަށާއި އެފަދަ ހާލަތެއްގައި މީހަކު ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖަލްސާ ފެށި އިރު ހުރިހާ ގޮނޑިއެއް ފުރުނު ނަމަވެސް ލަސްވި ވަރަކަށް މީހުން ނުކުތީ "ޒަރޫރީ ބޭނުންތައް" ފުރިހަމަކުރަން ބޭނުންވެގެން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަދޫއަހްމަދު
30 November 2016
ވަހީދުކިޔާ މީހެއްގެ ވެރިކަމުގައިވެސް ޖަލްސާތަށް އޮންނަނީ ފުރިބާރުވެފައި! ހިންޏަކަށްވެސް ނުދެވޭހާވަރަށް ތޮއްޖެހިފައި! ވޯޓަކާ ޖެހުނީމާ ވަހީދަށް ލިބުނީ އަނބިކަބަލުންނާއި، ޓޯޕީގެ ވޯޓާއި، ހިސާބު ގަނޑު ކުދީންގެ ވޯޓު ޖުމްލަ 5 ޕަސަންޓު. ލޮލް! ދެތިކި ޕީ:) މިއީ ކަންބޮޑުވާންޖެހޭ ކަމެއްނޫން! ޖޫސްޕެޓީ ބަހައިގެން، ސުޕާރީ ބަހައިގެން، ނުގަވައިދުން އުޅޭ ބަގްލަދޭޝް މީހުން ފެންވަރުވާ ފުށްޖަހާ، އިއްޗަށް ބޯފުނާ އަޅައިގެން ހުކުރު ހެދުން ލައްވައިގެން ޖަލްސާއަށް ގެންދިޔައެއްކަމަކު ހަމަ ޑަރުވެސް ހީނުވޭ! މިއަދު ޖޫސްޕެޓީ ބޮއެ، މޮޅު ސިޓީ އުރަބަހާ. ވޯޓާއި ޖެހުނީމާ ކުޅި ސަމާ ދައްކާލާނެ ރައްޔިތުން މިފަހަރު! ތިޖޫރީން ގެއްލުނު ފައިސާ ހޯދުމުގެ ބޭނުމުގައި، ވަގަށްނެގި މުދާ ހޯދުމުގެ ބޭނުމުގައި ރައްޔިތުން ވޯޓާ ޖެހުނީމާ ވަރަށް ބޮޑަށް މިއަދުގެ ކުލަ ބަދަލުވެގެންދާނެ! ތިޔައީ ހުވަފެނީ ދުނިޔެއެއް! އަދުރޭމެން ހާސްބޮޑުވެގެން ބެޓްރީ ލައްވަންޖެހެނީ އެހެންވެގެން!
ހަޖަމް
30 November 2016
އެއްކަލަ"އޯސަމް" ސޮރު ސައިޒް ވީތަ؟؟ ހާދަ ކަމެއްނެތޭ ދޯ!! ޕިންކީ ކުދިން މިހާރު ލަދުން ކޮމެންޓެއްވެސް ކޮށްލަން ނުކެރޭދޯ!! ސަރުކާރުގެ ސައިޒް ދުވަހަކަށް ވުރެ ދުވަހެއް ކުޑަވަމުން ދާތީ!! ދުވަސްކޮޅަކުން މިވުޖޫދުންވެސް ފޮހެވިދާނެ!!
ތިބެބަލަ
30 November 2016
ތަމެން މަޑުން ތިބެގަ. ދެން އޮންނަ ހަބޭސް ޖަލްސާ އަކުން ތަމެންނަށް ތިކަން ދައްކާލާނަމެވެ. މަމެން ބޭނުމެއް ނޫން ތިޔާ ދެކޮޅުން ކާ ސާރވެންޓުން މަމެންގެ ޖަލްސާ އަށް އަންނާކަށް. ދެން މަމެން ގެ ހަބޭސް ޖަލްސާ އަށް ގެންނާނީ އައްޑޫ ކުއްޖާ މެންނެވެ. އެއިރުން އެކަން ކުރަން ހަވާލު ކުރާނީ ހުޅުދޫ ދަންޑެހެލު މެމްބަރު އާއި އެވެ. އެއިރުން އެކަން ނިމޭނެ މަމެން ބޭނުންވާ ގޮތަށް.
ތިމަންނަ
30 November 2016
ހާދަހާ ދެރައޭ ، އެހާ ގިނަބަޔަކަށް ބޭރަށް ހިންގުންޖެހި . ކުޑަކަމު ދިއުން ނުހިފެއްޓުނީތީ ...
ހަބޭސް ބޮކިފަތި
30 November 2016
ދެންފަހަރަކު ފާޚާނާ ބަރިއެއް ހަދާނެހެންހީވަނީ ކާނިވާތެރޭގައި
ނޫންނޫން
30 November 2016
މަޖްބޫރުކޮށްގެން މަމެން ޕިންކީން ނުހުންނާނެ މަމެން ޕިންކީންގެ ޖަލްސާ އަށް އެކަކު ވެސް ގެންގޮސްފައި. ތީ އެމްޑީޕީ އަށް އަރާފައިވާ ބޮޑު އޮޅުމެކެވެ. ތަމެން ނޫން ތޯ ތަމެންގެ ޖަލްސާ އަށް ދާ ހުރިހާ ކުދިންގެ ނިތް ކުރީގައި ރަންރީނދޫ ޓްވިޓަރޭ މެން މެދުވެރިކޮށް ވޮންޑަރ މާރކަރުން ފާހަގަ ޖަހަނީ. މަމެން އެހެން ނަހަދާނަމެވެ.
ބޮކިފަތި 3 އަހަރު
30 November 2016
ޕިންކީމެން މަޖުބޫރު ނުކުރިއަށް މަވެސް ދިޔައީ މަޖުބޫރުކޮށް ރޮއެއާދޭސް ކުރުމުން.
ނުކުރަން
30 November 2016
ބޮކިފަތި ތިން އަހަރު ތީ ދޮގު. މަމެން ނުކުރާނަން މަޖްބޫރެއް ޖަލްސާ އަށް ދާކަށް. އެކަމަކު ފްލެޓްސް ލިބޭނެ ޖަލްސާ އަށް ދާކުދިންނަށް އިނގޭ.
ޕަޕެޓް ފެކްޝަން
30 November 2016
މަޖުބޫރެއް ނުކުރޭ، އެންމެން އެއްކޮށްފަ ކޮފީ ދީފަ ސެލްފީނަގާ ރަޖިސްޓަމާކްކޮށްފަ ވެއްދީ، އިށީދެފަ ފިލީ އެންމެން، ނުތިބޭނެތާ، އެތާގަ ރައްޔިތުންނައް ނީވޭ ވާހަކައެއް ދައްކާނަމަތާ ތިބޭނީވެސް، ސިވިލްސާވަންޓުންނަށް އެލަވަންސެއްދޭވާހަކަ، މުސާރަ ބޮޑުކުރާ ވާހަކަ، ގެދޮރު ދޭވާހަކަ ގޮވާލިނަމަތާ ތިބޭނީވެސް، މިޅިންވެސް މި އިވެނީ ރައްޔިތުން އަތުން ވައްތަރު ވައްތަރުގެ ފީތަކާ ޓެކްސްތައް ނެގުމަށް ސަރުކާރަށް އެއްބާރުލުން ދޭންޖެހޭ ވާހަކަ، ދަރަނި ބޮޑުވެ ބަޑައްޖެހުމާދިމާލަށް މިދަނީ!
ކަލޯ
30 November 2016
ކޮބާތަމިތާ އުޅޭ އޯސަމް ސޮރު. ނެއްތަ ކޮމެންޓެއް!؟
ާާއަބްދުﷲނާފިޒް.
30 November 2016
މުއިއްޒު ބުނީ މަޖުބޫރެއް ނުކުރެޔޯ، ޖަލްސާއަށް ނުގޮއްސިއްޔާ ވަޒީފާގަ ދެމިހުރުމުގެ ފުރުސަތު ގެއްލިދާނެޔޯ، ކިހާ އޯސަމް ވެފަ ފްލޯލެސް ދެއްތޮ.