އެޕަލްގެ އިވެންޓް އޮންނާނީ މި މަހުގެ 14 ގައި.
08 ސެޕްޓެމްބަރ 2021 - 14:48
އެޕަލްގެ އައިފޯން 13 ދައްކާލާނެ ކަމަށް ބެލެވޭ އިވެންޓް މި މަހުގެ 14 ގައި އޮންނާނެކަން އިއުލާންކޮށްފި އެވެ.
"ކެލިފޯނިއާ ސްޓްރީމިން" ގެ ނަމުގައި މި އިވެންޓް އޮންނާނީ އެޕަލް ޕާކްގަ އެވެ. މިދިޔަ އަހަރުން ފެށިގެން ކޮވިޑާ ހެދި އެޕަލްގެ އިވެންޓްތައް ވާޗުއަލްކޮށް ބާއްވާތީ މި ފަހަރުގެ އިވެންޓް ވެސް އެޕަލްގެ ޕްލެޓްފޯމްތަކުން ލައިވްކޮށް ބަލައިލެވޭނެ އެވެ.
We’re California Streaming on September 14th. See you real soon. 🏞 #AppleEvent pic.twitter.com/OjOvJFXlHd
— Greg Joswiak (@gregjoz) September 7, 2021
ނަމަވެސް އިވެންޓްގައި ނެރޭނެ އުފެއްދުންތަކާ ބެހޭ އެއްވެސް ވާހަކައެއް އެޕަލް އިން ހާމައެއް ނުކުރެ އެވެ. ނަމަވެސް މީޑިއާތަކުން ބުނީ 14 ވަނަ ދުވަހުގެ އިވެންޓްގައި އައިފޯން 13 ސީރީޒްގެ އިތުރުން އެޕަލް ވޮޗްގެ އެންމެ ފަހުގެ ވާޝަނާއި އާ އައިޕެޑް މިނީ އާއި މެކްގެ އަޕްގްރޭޑް ވާޝަންތައް ވެސް ދައްކައިލާނެ ކަމަށެވެ.
މީގެ އިތުރުން އައިއޯސް 15 ވެސް ލޯންޗްކުރުން އެ ދުވަހު އޮންނާނެ ކަމަށް މީޑިއާތަކުން ލަފާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
08 September 2021
ދަރަންޏަށް ވެސް ބައެއް ދިވެހީން މި ފޯނު ގަނެ ޖީބަށް ލާނެ.