"ރޭޒް ރެލީ ޕްރޯ" ގެ އަގަކީ 200 ޑޮލަރު (3،090 ޑޮލަރު)
10 ސެޕްޓެމްބަރ 2021 - 08:49
އޮންލައިން ބައްދަލުންތަކަށް މިހާރު ބޭނުންކުރާ "ގޫގުލް މީޓް" އަށް ހާއްސަކޮށްގެން މިނީ ސްޕީކަރެއް ނެރެފި އެވެ.
"ރޭޒް ރެލީ ޕްރޯ" ގެ ނަން ދީފައިވާ މި ޑިވައިސް އަކީ ޖާގަ އެހާ ބޮޑު ނޫން ތަންތަަނުގައި ގޫގުލް މީޓް ބޭނުންކުރާ އިރު އަޑު ހެޔޮވަރުކޮށްލަން ބޭނުންކުރަން ގެނެސްދިން އުފެއްދުމެކެވެ. ފޯނު ޗާޖްކުރަން ބެހެއްޓޭ ޗާޖިން ޑޮކެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސްޕީކަރުގެ ދެ ވާޝަނެއް ހިމެނެ އެވެ. އެއީ ލައިޓްނިން ކަނެކްޓް އައިފޯން މޮޑެލްއަކާއި ގޫގުލް ޕިކްސެލް ވާޝަނެކެވެ. ޔޫއެސްބީ-ސީ ޕޯޓް ވެސް ބޭނުންކޮށްފައިވާ "ރޭޒް ރެލީ ޕްރޯ" ބްލޫޓޫތުން ވެސް ޑިވައިސްތަކާ ކަނެޓްކުރެވޭނެ އެވެ.
ގޫގުލް އިން ބުނި ގޮތުގައި މި ޑިވައިސް ފަރުމާކޮށްފައި ވަނީ އޭގައި ހިމަނާފައިވާ ހާއްސަ ފީޗާތަކުން ގޫގުލް މީޓް ބޭނުންކުރާ މާހައުލުގެ އަޑު ކޮންޓްރޯލްކޮށް، ދެކެވޭ ވާހަތަކަށް ފޯކަސްކޮށް، އަޑު ހެޔޮވަރުކޮށްދީ، ބޭނުންވެއްޖެ ހިނދެއްގައި އަޑު މިއުޓް ވެސް ކުރެވޭ ބަޓަނާ އެކީގަ އެވެ.
"ރޭޒް ރެލީ ޕްރޯ" ގެ އަގަކީ 200 ޑޮލަރު (3،090 ޑޮލަރު) އެވެ. މިހާރު ޕްރީ-އޯޑަރަށް ހުޅުވާލާފައިވާ ޑިވައިސް ޝިޕްކޮށްދޭން ފަށާނީ މި މަހުގެ 17 އިން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫން
11 September 2021
އަގަކީ 200 ޑޮލަރު (3،090 ޑޮލަރު) އެވެ.