ގަން އެެއާޕޯޓްގެ ޓާމިނަލް. އަނެއްކާ ވެސް ޝެޑިއުލް ދަތުރުތައް ފަށަނީ--ފޮޓޯ: މިހާރު
14 ސެޕްޓެމްބަރ 2021 - 13:47
ސްރީ ލަންކާ އިން އައްޑޫ ގަމަށް ބޭއްވި ސީދާ ދަތުރުތައް ކޮވިޑް-19 ގެ ސަބަބުން ހުއްޓާލާފައި އޮތުމަށް ފަހު ނޮވެމްބަރު 2 ގައި ފަށަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
ސްރީ ލަންކަން އެއާލައިންގެ ރާއްޖޭގެ އޭޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވީ، ދަތުރުތައް އަނެއްކާ ވެސް ފެށީ ކޮވިޑްގެ ހާލަތު ފެށުމުން އާންމުން ދަތުރުތައް ކުރަމުން އަންނާތީ ކަމަށެވެ. ސްރީ ލަންކަން އެއާލައިން މެދުވެރިކޮށް އެންމެ ފުރަތަމަ ކުރަނީ ހަފްތާ އަކު އެއް ދަތުރެވެ. ފިރާގު ވިދާޅުވީ، ރިސޯޓުތައް ހުޅުވޭ ވަރަކުން ގަމަށް އިތުރު ދަތުރުތައް ކުރާނެ ކަމަށެވެ.
ލަންކާއިން ގަމަށް ކުރަމުން އާއި ދަތުރުތައް ހުއްޓާލީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ.
ޝެޑިއުލްކޮށްގެން ދަތުރުތައް ފަށާ އިރު މިދިޔަ ދުވަސްތަކުގައި ވެސް ޗާޓާކޮށްގެން ލަންކާ އިން ގަމަށް ދަތުރުތައް ކޮށްފައިވެ އެވެ.
އައްޑޫގެ އެންމެ ބޮޑު ދެ ރިސޯޓު ޝަންގްރިއްލާ ވިލިނގިލި އަދި ކެނެރީފް ރިސޯޓު ވެސް އޮތީ ކޮވިޑާ ހެދި ބަންދުކޮށްފަ އެވެ. އެ ރިސޯޓުތައް ހުޅުވާނެ ތާރީހުތަކެއް އަދި މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ގަމުން އައްޑޫއަށް އެންމެ ފުރަތަމަ ދަތުރުތަައް ފެށީ 2016 ވަނަ އަހަރު އެވެ. އޭރު ލަންކާއިން ހަފްތާއަކު ތިން ފްލައިޓް ބޭއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
14 September 2021
ޗައިނާ އެމްބެސެޑަރ މިއަދުވެސް ވަނީ ރާއްޖެއަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމަށް ބުނެފަ. # ގޭންއެއަރޕޯޓް އެމްޑީއާއި އައްޑޫ މޭޔަރ ރަސްމީ ދަތުރު ފުޅެއްގައި މާލެއަށްގޮސް ޗައިނާ އެމްބެސަޑަރާއި ބައްދަލުކޮށް ގޭން އިންޓަރނޭޝަނަލް އެއަރޕޯޓްގައި އިންވެސްޓަރ ފައިނޭންސް އުސޫލުން 2000 އެނދުގެ ބީޗްހިމެނޭ ޓްރާންސިޓް ހޮޓަލަކާއިއެކު އިންފްލައިޓް ކޭޓަރިންގ އާއި އެއަރލައިން ލައުންޖްތައް ހިންގާން ޝައުގުވެރިވާ ޗައިނާގެ އިންވެސްޓަރަކު ލިބޭތޯ މަސައްކަތް ކުރާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
14 September 2021
އައްޑޫ އިތުރުމަންޒިލްތަކަށް ހުޅުވާލަން ޑަރބަން، Ivato ، ކިގާލީ، Mogadishu، އަބްޙާ، Salalah، ބަޙްރައިން، ޤަތަރު އަދި ދުނިޔޭގެ އަނެއްފަރާތް އޭޝިޔާގެ ހުޅަގުބިތަށާއި އޯޝޭނިއާ އާއި އިންޑިޔާގެ ސްޓޭޓްތަކަށާއި، Perth، ޖަކަޓާ، Kuala Lumpur ، ހޮ ޗިމިން، Kaohsiung އާއި Fukuoka އަދި ކޮރެއާގެ ބޫސަން ފަދަ ސިޓީތަކުގެތެރެއިން ވީކްލީ ޝެޑިއުލް ދަތުރުތަކެއް ނަމަވެސް ފެއްޓިދާނީ ކޮން މަންޒިލްތަކަކަށްތޯބަލަން ކައުންސިލް، އޭއައިއޭ އަދި އެއަރލައިން މަޝްވަރާ ކުރާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
14 September 2021
ގޭންއެއަރޕޯޓް ބޭރުގެ އެއަރޕޯޓަކާއި ގުޅާލަދިނުމަށްއެދި އައްޑޫރައްޔިތުން ސަރުކާރަށާއި މޯލްޑިވިއަންގެ މެނޭޖްމަންޓަށް ކުރި އާދޭސް އަޑުއެހުމަށްފަހު އޭރުގެ އެމްޑީ ހާރިސް ބުނީ "ގޭން ލަންކާ ދަތުރަކީ ވައިބަލް ކަމެއްކަމަކަށް މޯލްޑިވިއަންގެ މެނޭޖްމަންޓަކަށް ނުފެންނަކަމަށް" އެހެންކަމުން ލަންކާއަށް ދެވޭނީ ގޭން-މާލެ-ކޮލަންބޯ ރޫޓް ގައި ކަމަށް. # ފުރުސަތުގެ ބޭނުންކޮށް އައްޑޫ ރައްޔިތުނަށް އުއްމީދު ގެނެސްތިނީ އަވައްޓެރި ސިލޯނު ޤައުމީއެއަރލައިން ސްރީލަންކަން އިން.
އަވަސްކުރޭ
14 September 2021
ސްރީ ލަންކާއިން ގަމަށް ސީދާ ދަތުރުތައް ނޮވެމްބަރުގައި ކުރާ އިރު ސަރުކާރުން ސްރީލަންކަން އަށް ކުރާ ކޮންމެ ދަތުރަކަށް 20 ހާސް ޑޮލަރުގެ ފީއެއް ސަބްސިޑީގެ ގޮތުގައި ދެނީ އެއީ ކިއެއްވެތޭ އެގޮތަށް އެކަން ކުރާ ނަމަ ޖެހޭނީ ތިޔާ ކަން ހުއްޓާލަންއޭ ގަމުގައި މުސްތަގްބަލެއް ނެތޭ ސަރުކާރުގެ ބަޖެޓުން ގަމަށް އަހަރަކު ހޭދަ ކުރާ 80 މިލިއަން ޑޮލަރުގެ ގެއްލުމުގައި ގަން އެއާރޕޯރޓް އޮޕަރޭޓް ކުރުން އެއީ ކޮށްގެން ވާނޭ ކަމެއް ނޫނޭ އައްޑޫން މީހުން މާލެ އަށް ބަދަލު ކުރަންވީ
އަހައްމަދު. - އައްޑޫސިޓީ
14 September 2021
ކ.އަތޮޅު މާލޭގައި ސިނކުޑީގެ ބަލިތަކަށް ބޭސްކުރެވެން ނުހުންނަނަމަ އެފަދަ މީހުނަށް ފަސޭހައިން އާސަންދަ ލިބޭގޮތް ހަމަޖައްސާން ވެއްޖެ ނޫންތޯ. މިކަލޭގެ އިންޑިޔާ އަށް ފޮނުވައިގެންވެސް ރަނގަޅު ވެއްޖެނަމަ ކޮމެންޓް ކިޔާ ކުދިންވެސް މީނަގެ އުދަގުލުން ސަލާމަތްވާނެ.
ނިރު
14 September 2021
އިންޑިޔާ ރައްޔެތުން އެތިބީ އިންޑިރ ފުލައިޓްތަށް އައްޑުއަށް ފަށާނެ ދުވަހެއްގެ އިންތިޒާރުގަ .... މިހާރު އައްޑުއަށް އަރާލިޔަސް ވައްތަރީ އިންޑިޔަރ ގެ އަވަށަކާ