ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން. ދައުލަަތަށް ލިބެމުން އައި އާމްދަނީ ރުޖޫއަ ކުރަން އިތުރު ދެ އަހަރު ނަގާނެ
15 ސެޕްޓެމްބަރ 2021 - 17:47
ކޮވިޑްގެ ހާލަތުގެ ކުރިން ދައުލަތަށް ލިބެމުން އައި ވަރުގެ އާމްދަނީއެއް ދެން ހޯދޭނީ 2023 އިން ފެށިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ "މެދުރާސްތާ ފިސްކަލް ޕްލޭން" ގައި ވާ ގޮތުން ކޮވިޑްގައި ކުރިމަތިވި އަޑިގަޑުން އަރައިގަނެ، ކުރިން ދައުލަތަށް ލިބެމުން އައި އާމްދަނީ ރުޖޫއަ ކުރަން އަދި ދެ އަހަރު ނަގާނެ އެވެ. ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން 2019 ވަނަ އަހަރު ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ދައުލަތުގެ އާމްދަނީ 15 ބިލިއަން ރުފިޔާ އަށް ވެއްޓުނެވެ. ފިނޭންސް މިނިސްޓްރީން މި އަހަރަށް އަންދާޒާ ކުރަނީ 21 ބިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރު ދައުލަތަށް 22 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒަ ކޮށްފައިވެ އެވެ.
ދައުލަތުގެ އާމްދަނީން އެންމެ ބޮޑު އެއްޗެއް ލިބެނީ ޓީޖީއެސްޓީ އާއި ޖީއެސްޓީންނެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީ އާއި ބިޒްނަސް ޕްރޮފިޓް ޓެކްސް ހިމެނެ އެވެ.
"މެދުރާސްތާ ފިސްކަލް ޕްލޭން" ގައި ބުނެފަައި ވަނީ އަންނަ އަހަރުގެ ބަޖެޓެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާނީ 37 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ބަޖެޓްގެ ފައިނަލް އަދަދު އެނގޭނީ އަންނަ މަހުގެ 31 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓުންނެވެ. އަންނަ އަހަރަށް އާމްދަނީ އިތުރު ކުރުމަށް ހަތް ކަމެއް ސަރުކާރުން ހުށަހަޅާފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ އެއާޕޯޓް ޓެކްސް ރޭޓު ބޮޑުކުރުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމާއި ބިދޭސީންގެ ކޯޓާ ފީ، ރެޒިޑެންޓް ޕާމިޓް ފީ އިތުރު ކުރުމާއި ކޮންޖެސްޝަން ޗާޖާއި ސްޕެކްޓްރަމް ޗާޖެއް ނެގުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކުންބަކުންތޯ
16 September 2021
ވެރިކަން ނިމުނީމަ ދެއްތޯ؟
ޝޯމޭން
15 September 2021
ދައުލަތުގެ ދަރަނި ރުޖޫއަކުރަން ކިތައް އަހަރު ނަގާނެބާ؟
ކޮރަލް
15 September 2021
އިތުރު 2 އަހަރު ނަގާނެ އެވެ. ދެން ވެރިކަން ބަދަލު ވެ އޮސްޓްރޭލިޔާ ފަދަ ގައުމަކަށް ދިރި އުޅުން ބަދަލު ކުރާ ނީ އެވެ.
ާމީހަމަގެ
15 September 2021
އާމްދަނީ ރޫޖައަ ނުވިޔަސް ބަޖެޓަށް ނުކަތާ ވަރަށް ކައުންސިލަރުން ގިނަކޮށް އަންހެނުން ކޮމެޓީ މެމްބަރުން ހޮވައި މުސާރަ ބޮޑުކޮށްފި