ރާއްޖެ އައި ޓޫރިސްޓުންތަކެއް އެރައިވަލް ހޯލުން ނިކުންނަނީ: އިނިގރޭސިވިލާތުގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި--.ފޮޓޯ:ނިޝާން އަލީ/މިހާރު
19 ސެޕްޓެމްބަރ 2021 - 10:42
އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނެގުމާ އެކު އެ ގައުމުގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑު އިތުރުވެއްޖެ އެވެ.
އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު ޓްރެވަލް ލިސްޓަށް ގެނައި ބަދަލުތަކާ އެކު އެ ގައުމުގެ ޓްރެވަލް ސައިޓުތަކަށް ވަނީ ބާރު ބޮޑުވެފަ އެވެ. އެންމެ ގިނަ ބަޔަކު ކުރިއަށް އޮތް މަސްތަކުގައި ދަތުރުކުރަން ބޭނުންވަނީ ރާއްޖެ އާއި ސްރީ ލަންކާ އަދި މެކްސިކޯއަށް ކަމަށް ވަނީ ބުނެފަ އެވެ.
އެ ގައުމުގެ އެންމެ ބޮޑު އެއް ޓްރެވަލް ސައިޓު ކަމަށްވާ ސްކައި ސްކޭނާ އިން ބުނެފައިވާ ގޮތުގައި މިދިޔަ ހަފުތާގައި އެކަނި ވެސް ޓޫރިސްޓުންގެ ޑިމާންޑު 95 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ. މިހާ ބޮޑު ތަފާތެއް އައީ ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުން ކޮވިޑަށް ޕީސީއާރް ޓެސްޓު ހަދަން ނުޖެހޭ ގޮތަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމުމުން ކަމަށް ވަނީ ބެލެވިފަ އެވެ. އަދި ރެޑް ލިސްޓުން އެމްބާ ލިސްޓަށް ލީ ގައުމުތަކަށް ދިއުމަށް ފަހު އެނބުރި އިނގިރޭސި ވިލާތަށް ދާއިރު ހޮޓަލުގައި އަމިއްލަ ހަރަދުގައި ކަރަންޓީނު ފުރިހަމަކުރަން ޖެހުމުގެ ބަދަލުގައި އަމިއްލަ ގޭގައި ކަރަންޓީނު ވެވޭނެ އެވެ.
ޓްރެވަލް ވެބްސައިޓް އެކްސްޕީޑިއާ އިން ބުނި ގޮތުގައި އިނގިރޭސިވިލާތުގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑު އެ ވެބްސައިޓުގައި ވަނީ 30 ޕަސެންޓް އިތުރުވެފަ އެވެ.
ކުރިއަށް އޮތީ އިނގިރޭސިވިލާތުގެ ފިނި މޫސުމުވެ. މި މޫސުމުގައި އެ ގައުމުން ދަތުރުކުރާ މީހުންގެ އަދަދު ކޮންމެ އަހަރަކު ވެސް އިތުރުވެ އެވެ.
Queuing to win a honeymoon to the Maldives 🏝 One photo, one caption - try your luck @nationalwedding - @olympia_london !
— Maldives High Commission, UK (@MDVinUK) September 18, 2021
Honeymoon in @KihaaMaldives Come to the Maldives stall by @visitmaldives @MDVinUK pic.twitter.com/pKLHYUNscQ
އިނގިރޭސިވިލާތުގެ ފެއާއެއްގައި ރާއްޖޭން ބައިވެރިވަނީ--
އިނގިރޭސިވިލާތުގެ އެންމެ ފަހުގެ ރިވިއުގައި ރާއްޖެ ހިމަނާފައިވަނީ "އެމްބާ" ލިސްޓުގަ އެވެ. މިގެނައި ބަދަލާ އެކު ރާއްޖެއިން އެ ގައުމަށް އެނބުރި ދާ މީހުންނަށް އަމިއްލަ ގޭގައި ކަރަންޓީން ވެވޭނެ އެވެ. ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކުން ދާ ނަމަ ކަރަންޓީން ވާން ޖެހޭނީ ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއެއްގަ އެވެ.
އެ ގައުމުން ޓްރެވަލް ލިސްޓަށް ގެނައި ބަދަލާ އެކު ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރަން އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ވަނީ ފެއާތަކުގައި ވެސް ބައިވެރިވާން ފަށައިފަ އެވެ. އެ ގައުމުގައި މިހާރު ކުރިއަށްދާ "ނެޝަނަލް ވެޑިން" ޝޯގައި ރާއްޖެ ހަނީމޫން މަންޒިލެއްގެ ގޮތުގައި އަންނަނީ އިޝްތިހާރު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްލާސްޓިކް
19 September 2021
ކިތަންމެ ބޯކޮށް ޑޮލަރު ރާއްޖެއަށް ވަނަސް ކުޑަމީނުން ބީއެމްއެލް އިން ދޫކޮށްފައި ހުރި ކްރެޑިޓްކާޑުތަކުގެ ލިމިޓަށް ވެސް ބޮޑުކޮށްލަ ނުދޭ! އެ ކާޑުތައް ބޭނުންކޮށްގެން ވަރަށް ގިނަ ބަޔަކު އައީ އޮންލައިންކޮށް ވިޔަފާރިކޮށް ގިނަ ޢާއިލާތަކެއްގެ ފުދުންތެރިކަން އިތުރުކުރަމުން! ކާޑުތައް ލިމިޓްކޮށްލުމަކީ މިހާރުގެ ސަރުކާރުން ނޫނީ ދުވަހަކު ވެސް ކުރިކަމެއް ނޫން! ކުރިންވެސް 2007 ހިސާބުގައި ދުނިޔޭގޭ ރިސެޝަންއާ 2003 ސުނާމީ އާ ހެދި ހަމަ ޓްއަރިޒަމް ވަރަށް ހީނަރުވި!
ނަގައޭ
19 September 2021
ޔޫކޭއިން ރާއްޖެ އަށް އަންނަ ގެސްޓުން ގިނަ ނަމަވެސް ދިވެހިންނަށް ކުރާ ފައިދާ އެއް ނެތޭ ހަމަ ވަޒީފާ ނެތިގެން ރިސޯރޓްސް ތަކަށް އެޕްލައި ކުރާ ދިވެހިން އެއް ފަރާތް ކޮށްފައި ފޭކް ސެރޓިފިކެޓް ގެންނަ މީހުންނަށް ރިސޯރޓްސް ތަކުން ވަޒީފާ ދެމުން ދާއިރު ސަރުކާރުން ވެރިފައި ނުކުރެއޭ އެޕްލައި ކުރީ ކިތައް ދިވެހިންތޯ ވެސް ބަލަން މިހާ ބޮޑަށް ރައްޔިތުންނާއި ގުޅިފައި ހުންނަ ކަންކަމުގައި ސަރުކާރުގެ ފަރުވާ ވަރަށް ކުޑައޭ އެކަމަކު މުސާރަ ބަރާބަރަށް މިނިސްޓަރު ނަގައޭ
ހުސެން324
19 September 2021
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ މިރާއްޖޭގެ ނަން ހަޑިކުރާ ތަނެއް ! މިވަރަށް ޓުއަރިސްޓުން އަންނަ އިރުވެސް ކޭޓާ ނުކުރެވޭ ކޮބާ 2 ވަނަ ރަންވޭ އަދިވެސް ބޭނުމެއް ނުކުރާކަން އަޅުގަޑައް އިގިފައިވަނީ ދެންވެސް މިހާރު ނޫހުން ނޫނީ އެހެން ނޫހަކުން ހަބަރެއް ލިޔުނީމަ ވެރިންނައް އެފެނިގެން ކޮންމެސް ކަމެއް ރަގަޅު ކޮއްލަފާނެ މިއީކީ ނޫން ރާއްޖޭގެ ރަންބިސް އަޅާ ކުކުޅައް ކަންތައް ކުރަން ޖެހޭނެ ގޮތަކީ ! ޔޫރަޕް މީހުން ބޮޑު ހަރަދު ރާއްޖޭގައި ކުރާއިރު ފަސޭހަގޮތް ވާންޖެހޭ
ފަސީޙް
19 September 2021
ކުރިއަށް އޮތީ އިނގިރޭސިވިލާތުގެ ހޫނު މޫސުމުވެ. މި މޫސުމުގައި އެ ގައުމުން ދަތުރުކުރާ މީހުންގެ އަދަދު ކޮންމެ އަހަރަކު ވެސް އިތުރުވެ އެވެ. ކުރިއަށް އޮތީ"'ސްނޯފައިބާމޫސުން"
ނިރު
19 September 2021
ވީއައިއޭ އަށް ދުވަހަކަށް ވުރެ ދުވަހެއް ފުލައިޓްތަށް އިތުރުވަނީ ތަނުގެ ފެންވަރު ދުވަހަކަށް ވުރެ ދުވަހެއް ދަށައް ދަނީ.. އެއަރޕޯޓްގަ ފަސިންޖަރުން ހޭދަކުރަންޖެހޭ ވަގުތު އެހާމެގިނަ .. މިހާރު ވީއައިއޭ އެކޭ އިންޑިޔާގެ ރެއިލްވޭ އިސްޓޭޝަނެކޭ ތަފާތެއްނެތް..
އައްފާރު
19 September 2021
ކުރިއަށް އޮތީ އިނގިރޭސިވިލާތުގެ ހޫނު މޫސުމުވެ...އަހަރެމެންނަށް އިނގެނީ ކުރިޔަށް އޮތީ ފިނި މޫސުންކަން
ހަދަނީއޭ
19 September 2021
ރެޑް ލިސްޓުން ނެގުމާ އެކު ޔޫކޭގައި ރާއްޖެއަށް ޑިމާންޑް ބޮޑުވެއްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ހިތަށް އަރަނީ ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ ނެގުމުން ރާއްޖޭގައި ވަޒީފާ ނެތި އަދި ރިސޯރޓްސް ތަކުން ވަޒީފާ ހޯދަން އުޅޭ ދިވެހިންނަށް ލިބޭ އުފާވެރި ޚަބަރެއް އެބައޮތްތޭ ނޫން ނެތް ދޯ ހަމަ ހިލާ ރިސޯރޓަކުން މިހާރު ދިވެއްސަކަށް ވަޒީފާ އެއް ނުލިބެނީއޭ ބޭރު މީހުން މުޅިންވެސް ނަގަނީ ދިވެހިން ނުލިބެނީއޭ ރިސޯރޓްގެ އެޗްއާރުން ބުނުމުން އެއީ ތެދުކަމަށް
ރަދީފު ބިން ރަފައިދާ
19 September 2021
ޔޫކޭ ޓޫރިސަޓުންތައް އިތުރުކޮށް ބަންގާޅު/އިންޑިޔާ ޓޫރިސްޓުންގެ ނަންބަރުތައް ދަށްކުރާންވީ.
އެއްކަލަ އިބުުރު
20 September 2021
ތިކަން ކުރަން ލަސް ވެސް ވެއްޖެ. 2 ދުވަސް ކޮއްފަ ފުރަން، 2 ދުވަސް ކޮއްފަ ފުރަން. ބޮލާ ނުކުޅަދާނަ.