މީގެ ކުރިން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ --
20 ސެޕްޓެމްބަރ 2021 - 11:29
ކޯޓުގައި ގިނަ އިރު އިށީންނަން ޖެހިވަޑައިގަންނަވާތީ، އުނަގަނޑަށް ތަދުވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަކުވާ ކުރައްވާފައިވާތީ، އެކަމަށް ބަލައިގެން ޝަރީއަތްތައް އަލުން ތާވަލްކޮށްފި އެވެ.
ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މީގެ ކުރިން ތާވަލު ކުރީ ބައެއް ދުވަސް ދުވަހު ހެނދުނު ތިން ގަޑިއިރުގެ އަޑުއެހުމެއް އަދި މެންދުރުފަހު ދެ ގަޑިއިރުގެ އަޑުއެހުމެއް ބާއްވާ ގޮތަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ޔާމީން ވަނީ އެމަނިކުފާނުގެ އުނަގަނޑުގެ މައްސަލައެއް ހުންނަ ކަމަށް ވިދާޅުވެ، ކޯޓުގައި ގިނަ އިރު އިންނަން ޖެހޭތީ ދަތިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، އެމަނިކުފާނު އެދިވަޑައިގަތީ ދުވާލަކު ތިން ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަ ކުރަން ނުޖެހޭ ގޮތަށް މައްސަލަ ތާވަލު ކުރުމަށެވެ.
މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މިއަދުގެ އަޑުއެހުން ފެށުމާ އެކު އިއުލާނު ކުރެއްވީ ޔާމީން އެދިވަޑައިގެންނެވި ގޮތަށް، މެންދުރުފަހު ބާއްވަން ތާވަލު ކުރި އަޑުއެހުންތައް ނުބާއްވަން ނިންމާފައިވާ ކަމަށެވެ. ބެންޗުން އެގޮތަށް ނިންމެވީ، ޔާމީންގެ ފަރާތުން ސިއްހީ ހާލަތާ ގުޅޭ ލިޔުންތައް ވެސް ކޯޓަށް ހުށަހެޅުމުންނެވެ.
އެހެން ނަމަވެސް، މައްސަލަ މާ ބޮޑަށް ދިގުލައިގެން ގޮސް، ތާވަލުން ޖާގަ ނުލިބޭ ހިސާބަށް ހިނގައްޖެ ނަމަ އަނެއްކާ ވެސް މެންދުރަށް އަޑުއެހުންތައް ތާވަލު ކުރަން ޖެހިދާނެ ކަމަށް މަހާޒު ވިދާޅުވި އެވެ.
"މި މައްސަލަ ކުރިއަށްދާ ދިއުމުގައި މެންދުރު ފަހަށް ތާވަލު ކުރަން ޖެހިދާނެ ހާލަތެއް އަތުވެދާނެ މާ ބޮޑަށް ދިގުލައިގެން ގޮސް އަނެއްކާ ވެސް ތާވަލުން ޖާގަ ނުލިބޭ ކަމަށް ވާ ނަމަ،" ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.
މައްސަލައިގެ ހަތަރު ވަނަ އަޑުއެހުން މިއަދު ބާއްވަމުންދާއިރު، އަދިވެސް ކުރިއަށް ދަނީ ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމެވެ. ކުރިން ބޭއްވި އަޑުއެހުމުގައި ވެސް އަދި މިއަދުގެ އަޑުއެހުމުގައި ވެސް ފަނޑިޔާރު މަހާޒު ވަނީ ނުކުތާތަކަށް ގިނަ އިރުތަކެއް ހޭދަވާތީ ހުލާސާކޮށް އަދި ތަކުރާރު ނުވާ ގޮތަށް ވާހަކަ ދައްކަވަން ޔާމީންގެ ވަކީލުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މަހާޒް ރިޔާސަތު ބަލަހައްޓަވާ މި މައްސަލައިގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ޔާމީން ލޯންޑާ ކުރެއްވިކަން ސާބިތުވުމުން އިއްވި ފަސް އަހަރުގެ ހުކުމުގެ އިސްތިއުނާފު މައްސަލަ އެވެ.
އެ މައްސަލައިގެ އިސްތިއުނާފު ކުރިއަށްދާއިރު، އިތުރު ރަށެއްގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އަދި އެމަނިކުފާނު ހިމެނޭ ކަމަށް ބުނާ އިތުރު ރަށްތަކެއްގެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުލާސާ
20 September 2021
ޔާމީންގެ ވަކީލުން ޚުލާސާކުރަން ދަސްކުރާ ކްލާހަކަށް ފޮނުވަންވީ. ހާދަ ވަގުތެކޭ ބޭކާރުވަނީ.
ޅަދްçç
20 September 2021
އައިޖީ އެމް އެޗް އޮތޯބައި އުވާލާފަ ސުޕްރީމް ބެކްޕެއިން ރިލީފް ހިޔަރިން އިން ޖާގައެއް ލިބޭތޯ ދޯ ދެން
ލަދުހަމަ
20 September 2021
ކައްޕަޅި އައިޖީއެމްއެޗަށްވުރެ ފެންވަރު ރަގަޅު ހޮސްޕިޓަލެއް ހަދައިދިނީމަ އެތަންވެސް ބޭނުންކުރަން ނޭނގުނު ބަޔަކަށް ނުވާނެ އެއްކަމެއްވެސް.
އަލަވަލު އައިޝާ
20 September 2021
ޔާމީނުގެ ވެރިކަމުގައި ސުޕުރީމް ކޯޓުގެ ހުކުމެއް ކުރީމާ ސިފައިން ފޮނުވައިގެން ފަނޑިޔާރުން ގެންދިޔައީ ޖަލަށް... އުނަގަނޑު މަތިކޮށް ގިނަދުވަސްތަކަކަށް ޝަރީއަތް ދަންމާލަން މަސައްކަތް އެކުރަނީ ފޯރުވެން އޮތްގޮތަކުން ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި. މިހާރު ފަނޑިޔާރަކު ކުރާ ހުކުމަކުން ޖަލަކަށް ދާކަށް ނުޖެހޭނެ. ދެން މިރާއްޖޭގެ ވެރިކަމަށް ޔާމީނު އަންނަތަނެއް ލޮޮލުކޮޅަށްވެސް ނުފެނޭ...
އަލަވަލުގައޮވެބަލަ
20 September 2021
މިހާރު ގާޒީން ވަކި މީހަކަށް ހުކުމް ކުރީމަ ޕްރޮމޯޝަން ލިބޭކަން އެންމެންނަށްވެސް ފެނި ހާމަވެއްޖެ. ނުފޫޒެއް ނުފޯރުވާތަންވެސް ލައްކަ ރަގަޅަށް ފެނިއްޖެ. އެފަދަ ހުކުމް ކޮށްފަ ތިމާމީހާ ހުންއައިސްފަ ކޯޓަށް ނުގޮސް އޮތަސް އެކަމުގެ ސުލޫކީ މައްސަލައެއްވެސް ނޯންނަތަން ފެނިއްޖެ.
އޮމީތާރބް ބަކައްޗަން
20 September 2021
ބަލަގަ. ޕޭޓްމޭ ދަރްދު ހުވާ ތޯ ޒަންޑޫ ބާމް ލަގާ!!
ރަތްބެ
20 September 2021
ރިޕީޓްކޮށް އެއް ހާސަރެއް ދަމާތާ މިހާރު ހަތަރުވަނަ ދުވަސް. މައްސަލަ ދިގުދަންމަނީ ކާކުބާ؟
ރެކި
20 September 2021
ޔާނީނަކީ ގައިދީޔެއް ވީމާ މީނާ އޮންނަންވާނީ ޖަލުގާ .........މީނަގެ މޭއިސްތިރިކަމުގަ ގައުމު ހަލަބޮލި ކޮއްލާން ދޫކޮއްލާގެން ނުވާނެ
ކެކި
20 September 2021
ޔާމީން ޖަލުގަ ބޭއްވީމަ ވެރިކަމޭ ވެއްޓެން އުޅެނީ. ގޭގަ ބެހެއްޓީމަ ކިރިޔާވެސް ޕްރެޝަރ ކުޑައީ.
ކޮމެންޓޭ1
20 September 2021
ޔާމިނު ސުޓްރެޗަރުގަ ބާއްވާފަ ޣާޒީ އުނަގަނޑު މޮޑެދޭންވީ އަޑު އެހުން ކުރިއަށް ދާއިރު
ހުސެންް
20 September 2021
މައުމޫނު ރޮއެއާދެސް ކުރިއިރު އެވާހަކަ އަޑުއަހާނެ މީހަކުނުވި. ގާސިމު އެނދުމަތިކޮށްފަ އޮތްއިރުވެސް ކޯޓަށް ދެމީ. ގާޒީންތައް ދަމާކޫއްތާފަ ޖަލަށް. މިހާރަކުނުޖެހޭ ކޮންމެހެން ޔާމީނަކަށް ހަމްދަރުދީ ވާކަށެއް. އޭނަވެސް ކިރިނާޅިން ކިރީމަ ރަނގަޅުވާނެ. ދެން އިނދިކޮޅުންދާނެ މުޒާހަރާއަށް. އެމީހުން ނުކުތީމަ ބުނޭ ހައްޖަށް ދާށޭ. ހައްޔަރުކޮށްގެން މައްސަލަ ޖައްސާފިއްޔާ ބުނޭ، މިސްކިތުގަ ގުނޫތަށް ހުއްޓާހޭ ހައްޔަރުކުރީ. މިބީދައިން މެނުވީ ތިމީހުނަށް އިންސާފެއް ނުދެވޭނެ.
ރަގަޅަށް
20 September 2021
މީހުންގެ މަކަރު ދެނެގަންނަން ނޭނގޭ މީހުން ތިހެން ބަޔަކު ހިމާޔަތްކޮށްދިނީމަ މިއަދު މިއޮތީ އެމީހުން ވެރިކަމުގަ ތިބެ ގަންނަ ގަނޑު. ސްޓްރެޗަރގަ އޮތް މީހާ ވީލްޗެއަރގަ އިނދެފަ ލޯތަކަށް ގެއްލުނީމަ ފުންމައިގެން ތެދުވެ ރަގަޅުވި ގޮތްވެސް ވީޑިއޯތަކުން ފެނުނު. ބޯއަނބުރާވަރުން ވެއްޓޭ ހާލުގަ ހުރި މީހަކު ލޯންޗް މާލެއާ ކައިރިކުރިއިރު އެކަނި ތެދުވެ އުޅެލާ މަންޒަރުން އެއްޗެއް ނޭނގޭހާ ޅަ ކުދިން މިގައުމުގަ އުޅެނީ.
މަހުއެތިކޮޅު
20 September 2021
ޔާމީނަކީ މަކަރާ ހީލަތުން ފުރިފަހުރި މީހެއް
ޑިސްއޮނަރަބަލް ޑީޑީ
20 September 2021
އަދީބުގެ ޝަރީއަތް މިހާރު ކުރިޔަށްދާކަމަށްވަންޏާ ޝަރީއަތްގެންދާނީ އެނދުމަތީގާ ބާއްވައިގެން، ދެއްތޯ؟