ނުވަ މިލިއަން ރުޕީސްއާ އެކު ފިލި ޑްރައިވަރު (މ) ފުލުހުންގެ ބެލުމުގެ ދަށުގައި.
01 ޑިސެމްބަރ 2016 - 17:34
ބެންގަލޫރު (ޑިސެމްބަރު 1) - އިންޑިއާގެ ބެންގަލޫރުގެ އޭޓީއެމްއަކަށް ޖަމާކުރަން ގެންދިޔަ 9.2 މިލިއަން ރުޕީސް (134،000 ޑޮލަރު) އާ އެކު ފިލި ބޭންކުގެ ޑްރައިވަރު އަތުލައިގެންފި އެވެ.
ބެންގަލޫރު އޭޓީއެމަށް ފައިސާ ޖަމާކުރަން ދިޔަ ވޭނުގެ ޑްރައިވަރު ޑޮމިނިކް ސެލްވަރާޖް ނުވަ މިލިއަން ރުޕީސްއާ އެކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފިލީ ވޭނުގައި އިން ބޭންކުގެ އޮފިޝަލް ފާޚާނާއަކަށް ބޭންކަށް ވަން ވަގުތު އެވެ. ފުލުހުން ކުރިން ވަނީ ވެހިކަލް ހޯދައިފަ އެވެ. އޭނާ އަތުލައިގަތީ ޓަމިލް ނާޑޫގައި އުޅެފައި ބެންގަލޫރަށް އިއްޔެ ދިޔަ ތަނުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އޮފިޝަލަކު ބުނީ ފައިސާއާ އެކު ފިލި މީހާގެ އަތުން 7.9 މިލިއަން ރުޕީސް މިހާރު ހޯދާފައިވާ ކަމަށެވެ. އަދި ބާކީ ފައިސާ ވަނީ ލޯނެއް ދެއްކުމަށާއި ރައްޓެއްސަކަށް ލޯނެއް ދިނުމަށް ޚަރަދުކޮށްފައި ކަމަށް ޑްރައިވަރު ބުނާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފައިސާ އެކު ފިލި ޑްރައިވަރަކީ ބޭންކުން އޭޓީއޭމަށް ފައިސާ ޓްރާންސްފާ ކޮށްދޭ ކުންފުންޏަށް މީގެ ތިން މަސް ކުރިން ނެގި މީހެއް ކަމަށެވެ.
އިންޑިއާގައި ބޭނުން ކުރަމުން ދިޔަ 500 އާއި 1،000 ރުޕީސްގެ ނޫޓު ހުއްޓާލުމުން އެ ގައުމުގައި މިހާރު ވަނީ ފައިސާގެ ވަރަށް ބޮޑު ތާށި ކަމެއް ކުރިމަތިވެފަ އެވެ. އޭޓީއެމްތަކުގައި ވެސް ދިގު ކިޔޫތައް ހަދާފައިވުމުން އެހާމެ އަވަހަށް އޭޓީއެމްތަކުން ފައިސާ ހުސްވެ އެވެ.
ކުރީގެ ފައިސާ ބޭނުން ކުރުން ކުއްލިއަކަށް ހުއްޓާލިކަން އިއުލާން ކުރައްވަމުން ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އެ ފިޔަވަޅު އެޅީ ބޭންކިން ނިޒާމުގެ ތެރެއަށް ނުވައްދާ ގެންގުޅޭ "ކަޅު ފައިސާ" ހުއްޓުވުމަށް ކަމަށެވެ. ކުރީގެ ނޫޓް ބަދަލު ކުރަން ވަނީ މި މަހު 30 އާ ހަމައަށް ފުރުސަތު ދީފަ އެވެ. އުވާލި ދެ ނޫޓުގެ ބަދަލުގައި ވަނީ 500 އާއި 2،000 ގެ އާ ނޫޓު ތައާރަފް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިހާން
04 December 2016
ބޭންކްގެ 2މުވައްޒަފުން ތިބޭގޮތަށް އޮންނަ ނަމަ އެކަކު ފާޚާނާއަށް ފިޔަޔަސް އަނެކަކު ހުންނާނެތާ.
އުދުހޭ
01 December 2016
ކަލޯ ތިޔަހެން އަދި ފައިސާގަނޑެއް ޖަހައިގަނެގެނެއް ނުފިލޭނެ. ފިލާނެ ގޮތް ދަސްކުރަންޏާ ދިވެހިރާއްޖެއައިން ފިލާވަޅު ލިބިގަނޭ!
ހަދީ
01 December 2016
އޭނައަށް ޑްރައިވަރުކަންދީ 3 މަސް ދުވަހުގެ ތެރޭގައި ތިވަރުގެ ޒިންމާއެއް އުފުލަން ޖެއްސުމަކީވެސް ކުރި ވަރަށް ފީކަޅާ ކަމެއް.