ޚަބަރު / ހައި ކޯޓް

ފިތުނަ އުފައްދާ ކަމަށް ބުނެ ވަކިކުރި ސިފައިންގެ މީހަކަށް ވަޒީފާ ނުލިބުނު

އެމްއެންޑީއެފުން ބޭއްވި ޖަލްސާއެއްގައި ސިފައިން ބައިވެރިވަނީ: ފިތުނަ އުފައްދާ ކަމަށް ބުނެ ވަކިކުރި ސިފައިންގެ މީހާ އަށް އަލުން ވަޒީފާދޭން ކުރި ހުކުމް ވަނީ ބާތިލްކޮށްފައި.--- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓްކޮށް، ސިފައިންގެ ތެރޭގައި ފިތުނަ އުފައްދާ ކަމުގެ ތުހުމަތުގައި ސިފައިންގެ ވަޒީފާ އިން ވަކިކުރި މީހަކަށް ވަޒީފާ އަނބުރާ ދޭން ނުޖެހޭ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ސާޖަންޓް ފަސްޓް ކްލާސް ރޭންކްގައި ހުރި އަލީ ވަހީދު ނޮވެމްބަރު، 2013 ގައި ވަޒީފާ އިން ވަކިކުރީ ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓް ކުރަން މަސައްކަތް ކޮށް، ފިތުނަ އުފައްދާ ކަމަށް ބުނެ އެވެ. އެކަމަކު ސިވިލް ކޯޓުން ނިންމާފައިވަނީ ވަހީދު ވަކިކުރީ ރަނގަޅަށް ނޫން ކަމަށާއި އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން، ހައި ކޯޓުން އިއްޔެ ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، ވަހީދަށް ވަޒީފާ އަލުން ދޭން ނުޖެހޭ ކަމަށް ހުކުމްކޮށްފަ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ޖިނާއީ ތުހުމަތެއްގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެމީހަކު އެކަން ކުރިކަން ޖިނާއީ މިންގަނޑުން ސާބިތުވެގެން އެކަނި ނޫން ކަމަށެވެ. އެ މީހަކު އެކަމެއް ކުރިކަން މަދަނީ މިންގަނޑުން ސާބިތުވާ ނަމަ ފިޔަވަޅު އެޅިދާނެ ކަމަށާއި އެގޮތަށް ކުރިން ވެސް ހައި ކޯޓުން ނިންމާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ވަހީދު ވަޒީފާ އިން ވަކިކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރި މައްސަލާގައި ލިބުނު ހެކިތަކަށް ބަލައިގެން ކަމަށާއި އެ އަމަލަކީ ސިފައިންގެ ގާނޫނާއި ސިފައިންގެ އާންމު ގަވާއިދާ ވެސް ޚިލާފު އަމަލެއް ކަމަށް ހުކުމުގައިވެ އެވެ.

ވަހީދު އެ މައްސަލާގައި ވަޒީފާއިން ވަކިކުރީ ސަސްޕެންޑްކޮށްފައި ދުވަސްކޮޅެއް ވަންދެން ބެހެއްޓުމަށް ފަހުގަ އެވެ.

5 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 9%
icon angry icon angry 61%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސްނޭކް

03 December 2016

ދިވެހި ރާއްޖޭގެ އުފެއްދުން ތެރިކަމަށް އާ ބޮޅެއް...ފިތުނަ އުފައްދަނީ.. ތަންފުކެއް ބޮޑުވަރު.. އެކަމަކުވެސް ދިވެހިންނަށް ހައްގުވާ މިންވަރު.. ހަރާން ބަޤާވާތެއް ކުރި އިރު އަނގައިން ބަހެއް ނުބުނެ ހުރީނުން.. ދެންވެސް ތިބޭ

The name is already taken The name is available. Register?

GAN Island

02 December 2016

ބޭންކް އޮފް މޯލްޑިވްސް ގައި ބްރާންޗް މެނޭޖަރެއްގެ ވަޒީފާގައި ހުންނެވި ޤާސިމް އަބުދުލް ކަރީމް ވެސް ވަޒީފާ އިން ވަކިކުރެއްވީ ހަމަ ތިފަދަ ''ފިތުނައެއް'' އުފައްދައިގެން ކަމަށް އަޑުއިވޭ. (އޭނާ އުފެއްދި ފިތުނައަކީ ދައުލަތުގެ ހަޒާނާއިން ވައްކަން ކޮށް އެފައިސާ ބޭންކް ތެރޭގައި ދައުރު ކުރިގޮތް އާންމު ކުރުން) އެހެން ނަމަވެސް މިހާރު އޭނާވަނީ އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އިން ދެއްވާ އެވޯޑަކަށް ނޮމިނޭޓްވެފައި !! މީ ކިހިނެއްވާ ކަމެއް ؟؟ !! https://mihaaru.com/news/8910

The name is already taken The name is available. Register?

އަލީ

02 December 2016

ސިފައިންގެ ތެރޭގައި ވެރިކަންކުރާޕާޓީގެ ކެމްޕެއިންކުރިޔަސް އޯކޭވާނެ. އިދިކޮޅުފާޓީއަށް ސަޕޯޓްކުރާހިސާބުން އެވީ ފިތުނަފަސާދަ އުފައްދާމީހަކަށް.

The name is already taken The name is available. Register?

ބަނޑޭރި

02 December 2016

އަޞްލު ފިތުނަ އުފައްދައިގެން ނުވާނެދޯ ! އެމީހަކު ހުރި ސިޔާސީ ފިކުރެއްގައި އެމީހަކު ހުރޭ ! އެކަމުން އެހެން މީހަކަށް ނުފޫޒު ފޯރުވައިގެން ނުވާނެ ދޯ !

The name is already taken The name is available. Register?

j ޖޮދަަ

02 December 2016

ބަރަަބަރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454