23 ސެޕްޓެމްބަރ 2021 - 20:00
ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ދުނިޔޭގެ އެންމެނަށް ވެކްސިން ދޭން ގައުމުތައް ގުޅިގެން މަަސައްކަތް ކުރުމަށް އަންނަ އަހަރު ހާއްސަ އިވެންޓެއް ބާއްވާނެކަން، އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ އިއުލާނުކުރައްވައިފި އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ބޭއްވެވި "ގްލޯބަލް ކޮވިޑް-19 ސަމިޓް"ގައި ކުރެއްވި ތަގުރީރުގައި ޝާހިދު ވިދާޅުވީ، އަންނަ އަހަރު ބާއްވާ މަތީ ފެންވަރުގެ އެ ހަރަކާތުގައި މަސައްކަތް ކުރައްވާނީ "ކޮވެކްސް" އާއި ވެކްސިން ދިނުމަށްޓަކައި ގައުމުތައް ގުޅިގެން ކުރާ އެހެން މަސައްކަތްތަކަށް އެއްބާރުލުން ހޯއްދަވަން ކަމަށެވެ. ވެކްސިން ދިނުމުގެ މަސަައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން، ވެކްސިން ސަޕްލައިކުރުން ފަދަ ކަންތައްތަކަށް ގައުމުތަކުގެ އެހީތެރިކަން ހޯއްދަވަން އެ ހަރަކާތުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވެކްސިން ދިނުމުގައި އޮތް ފޫނުބެދުން އަވަހަށް ކުޑަކޮށް، އެންމެންނަށް ވެކްސިން ކަށަވަރު ކުރުމަށްޓަކައި ގައުމުތައް ގުޅިގެން އެޅެން ހުރި ފިޔަވަޅުތައް އަޅުގަނޑުމެން [އެ ހަރަކާތުގައި] ދެނެގަންނާނަން،" މިހާރު ހިނގަމުން އަންނަ އދ. ގެ 76 ވަނަ ބައްދަލުވުމުގެ ރައީސް ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ވެކްސިން ސަޕްލައިކޮށް، ތަންތަނަށް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުުންތަކަށް ވެސް އެ ހަރަކާތުގައި އަލިއަޅުވައިލާނެ އެވެ. އެންމެންނަށް ވެކްސިން ދިނުމުގެ އުއްމީދު ހަގީގަތަކަށް ހަދައި، އެކަމުން އެއްވެސް މީހަކު މަހުރޫމް ނުވާކަން ކަށަވަރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ބޭއްވެވި "ގްލޯބަލް ކޮވިޑް-19 ސަމިޓް"ގައި ކުރެއްވި
އޭނާ ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ބޭނުންވާ އިލްމާއި ގާބިލުކަން ގައުމުގައި އެބަހުރި ކަމަށެވެ. އެ ބަލިން ދިފާއުވާނެ ގިނަ ވެކްސިންތަކެއް ތައާރަފު ކޮށްފައިވާ ކަމަށާއި ފުޅާ ދާއިރާއެއްގައި ވެކްސިން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަން ބޭނުންވާ ގާބިލުކަން ގައުމުތަކުގެ އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.
"ވެކްސިން ލިބުމުގައި އޮތް ނަހަމަ ކަމަކީ ހަމަ އެކަނި އަޅުގަނޑުމެން [ގައުމުތަކުގެ ސަރުކާރުތަކުން] ޒިންމާ އުފުލަން ޖެހޭ ކަމެއް. މި ބަލިމަޑުކަން ދިގު ދެމިގެންދާ ދިއުމަކީ ހަމައެކަނި އަޅުގަނޑުމެން ޒިންމާވާން ޖެހޭ ކަމެއް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް ދެވޭނެ ހަމައެކަނި ގޮތަކީ ގައުމުތައް ގުޅިިގެން މަސައްކަތްކުރުން ކަން ކޮވިޑް-19 ގެ ބަލިމަޑުކަމުން ދައްކައިދީފައިވާ ކަމަށެވެ. އެއްވެސް ގައުމަކަށް އެކަނި ކުރިއަށް ނުދެވޭނެ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކެކޭ އެއްފަދައިން މި ބަލިމަޑުކަމީ ވެސް ވަކިގައުމެއްގެ ބޯޑަރާ ހަމައަށް ހުއްޓިފައިވާ ކަމެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުﷲހަމީދު
24 September 2021
ހަމަ މައުމޫނުގެ ޓެކްޓިކްސް. ސަމިޓު ބާއްވާ ކޮމިޓީ ހަދާ ކޮމިޝަން ހަދާ ދުނިޔޭގެ ރައްޔިތުން ވާ ވާއްދާ. މި ބޭފުޅުން ރައްޓެހިންނާ އެކު ފޮޓާ ނަގަން އެކި ގައުމުތަކަށް. ވަރަށް މޮޅު. ޓެކްސް ފުރީ ޑޯނަރސްގެ ފައިސާ އާއި ރައްޔިތުންގެ ލާރި. ޑޯނަރުން ކުންފުނިތަކަށް ފައިދާވާނި. ފައިޒާއަކަސް ޒެނަކާއަކަސް ސިނޮވަކަކަސް.
ފުރީފަލަސްތީން
24 September 2021
މާގިނަދުވަހަކު ދެންނުތިބޭނެތާ އިސްރާއީލްމީހުން ފަލަސްތީންބިންތަކެއްގަ މިވަރުންދަންޏާ
ނަސޭހަތް
24 September 2021
ލަފްޒު ތަކުގެ އަޑު މަޚްރަޖާމެދު މިހާރު ވިސްނަން އެބަޖެހޭ. އިނގިރޭސި އަކުރުތަކުގެ “ޑަބްލިޔޫ” އާއި “ވީ” ގެ އަޑު ވަރަށް ތަފާތު. ބޮންތިއަށް ދަތުރުކުރާއިރު ހުރިހާ ކަމަކަށް ވިސްނަން ޖެހޭނެ. ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫ ގެ ރީތި ބަސްމަގު، ހުސްވަގުތު ތަކުގައި ޔޫ ޓިއުބުން ބަލައިގެން ދަސް ކުރަން ލަފާދެން.
މޯދީ
23 September 2021
ޝާހިދު އަކީ މުޅިން ބޮލުން އުޅޭ މީހެއް
ފަންސުރު
23 September 2021
މިދެން ކޮން ކަމެ އް؟ މިކަން ނިންމާކަށް މިމީހުން ބޭނުމެ އް ނުވޭ ދޯ؟
ބަބުރަންޖީ ހާޖީ
23 September 2021
ޝާހިދު ހާދަކުރިއަށްޖައްސާލައިފިއޭ. އ.ދ އިސްލާހުވާންވެސް ޝާހިދު ގޮވާލައިފި. ދުވަސްކޮޅެއްގެތެރޭގާ އ.ދ ވެސް އިސްލާހުވާނެ. ޝާހިދު ގޮވާލަންދެން މަޑުކޮށްގެން ގައުމުތަކުންއެތިބެނީ.